ނޫމަރާ (ށ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފަންވަތް:Unreferenced

Noomaraa
Inhabited island
{{{pushpin_map_alt}}}
Noomaraa
Noomaraa
Location in Maldives
Coordinates: 06°26′01″N 73°04′02″E / 6.43361°N 73.06722°E / 6.43361; 73.06722Coordinates: 06°26′01″N 73°04′02″E / 6.43361°N 73.06722°E / 6.43361; 73.06722
ޤައުމުދިވެހިރާއްޖެ
Geographic atollMiladhummadulhu Atoll
Administrative atollShaviyani Atoll
މާލެއާއި ހުރި ދުރުމިން255 km (158 mi)
Dimensions
 • ދިގުމިން0.900 km (0.559 mi)
 • ފުޅާމިން0.480 km (0.298 mi)
Population (April 2012)
 • Total426 (as at 30 April 2,012)
Time zoneMST (UTC+05:00)


ނޫމަރާއަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުމަތީ ބިތުގައި، އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫ އާއި 40.2 ކިލޯމީޓަރު ދުރުގައި އަދި ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ 255 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މިރަށަކީ އަތޮޅުގެ ނިސްބަތުން ބިން ކުޑަ، އާބާދީގެ ގޮތުންވެސް އެންމެ މަދުން މީހުން ދިރިއުޅޭ ރަށެވެ. މިރަށަށް ދީފައިވާ ނަންބަރަކީ C2 އެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 41.3 ހެކްޓަރެވެ. ދިގުމިނުގައި 900 މީޓަރު (2970 ފޫޓް)، ފުޅާމިނުގައި 480 މީޓަރު (1584 ފޫޓް) ހުރެއެވެ. މިރަށަކީ ރާއްޖޭގެ ގިނަރަށްތަކެކޭ އެއްފަދައިން ލަފާފުރުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ގުދުރަތީ ފަޅެއް ނެތް، މާކަނޑުގެ ބޮޑެތި ރާޅުތަކަށް ހުޅުވިފައިވާ ގާމަތި ރަށެކެވެ. މިކަމުގެ ސަބަބުން އަހަރުގެ ގިނަ ދުވަސްތަކުގައި ރަށުން ފުރުމަކީ ދަތި އުނދަގޫ ކަމެކެވެ. ރަށުން ފުރަން އުޅުމުގެ ތެރޭގައި ރާޅުދަށުލައިގެން ހިތާމަވެރި ހާދިސާތައް ހިނގައި މީސްމީހުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން ފެއްޓެވި ބަނދަރު ހެދުމުގެ މަސައްކަތް، 2012 އެޕްރީލްގައި ވަނީ ނިމި ރަށުކައުންސިލާ ހަވާލުކޮށްފައެވެ. މި ބަނދަރަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 27.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން، އެއްގަމު ތޮށި ޝީޓްފައިލްކޮށް، ބޭރު ތޮށި ބޮޑުހިލަ އަތުރައިގެން ހަދައިފައިވާ ބަނދަރެކެވެ. މިރަށް މަޝްހޫރުވެފައި ވަނީ ރަށަށްއަރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށެއްގެ ގޮތުގައެވެ.


އާބާދީ[އުނިއިތުރު ގެންނަވާ]

2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނޫމަރާގެ އާބާދީގެ ޖުމުލައަކީ 426 މީހުންނެވެ. އެއީ 220 ފިރިހެނުންނާއި 206 އަންހެނުންނެވެ. މިރަށުގެ އާބާދީ އިތުރުވާ ނިސްބަތް އުޅެނީ ގާތްގަނޑަކަށް %1.88 ގައެވެ.

އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް[އުނިއިތުރު ގެންނަވާ]

ނޫމަރާގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކީ ރިސޯޓް ވަޒީފާ އަދާކުރުމާއި މަސްވެރިކަންކުރުމާއި ސަރުކާރުގެ ވަޒީފާއަދާކުރުމާއި ފަންގެ ވިނުމާއި ރޯނުވެށުމާއި ވިޔަފާރި ކުރުމާއި ދަނޑުވެރިކަންކުރުން އަދި ވަޑާންކުރުމެވެ.

ދަނޑުވެރިކަން[އުނިއިތުރު ގެންނަވާ]

ނޫމަރާގައި އެންމެ ގިނައިން ހެދޭ ބާވަތަކީ ދިވެހިރުކެވެ. ދެން އެންމެ ގިނައިން ހައްދާ ބާވަތަކީ ފަތްކޭލެވެ. ފަތްކޭލުގެ ތަފާތު ވައްތަރުތައް ހައްދައެވެ. ފަތްކެޔޮ ހައްދަނީ ގޯތިތެރޭގަޔާއި ޗަސްބިންތަކުގައެވެ. މީގެ އިތުރުން ހައްދާ ތަފާތު ބާވަތްތަކުގެ ތެރޭގައިން މިރުސް، އަންނާރު، ކުންނާރު، ފޭރު، އަތަ، ބަށި، ކަރާ، ކިއުކަންބާ، ޖަނބުރޯލް، ޓޮމާޓޯ، މުރަނގަތޮޅި، ފާގަ، ފަޅޯ، ބަރަބޯ، ބޮނޑިކޮޕީ، ބަނބުކެޔޮ، ކައްޓަލަ، އަލަ ފަދަ ބާވަތްތައް ހިމެނެއެވެ.

މަސްވެރިކަން[އުނިއިތުރު ގެންނަވާ]

މަސްވެރިކަމަކީވެސް ޒަމާނުއްސުރެ މިރަށުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. މިމަސައްކަތް ކުރުމަށްތަކައި މިރަށުގައި އިންޖީނުއެޅި 08 ދޯނި ބޭނުން ކުރެއެވެ. މީގެއިތުރުން ރިޔާނެގި 16 ދޯނި މިރަށުގައި ހުންނަ އިރު 06 ބޮއްކުރާވެސް މިރަށުގައި ހުރެއެވެ. މިރަށުގެ މަސްވެރިން ތަފާތު ވައްތަރުތަކުގެ މަސްވެރިކަން ކުރެއެވެ. އޭގެ ތެރޭގައި ވަދު މަސްވެރިކަމާއި ފާނައިގެ މަސްވެރިކަމާއި ކަނދުފަތި މަސްވެރިކަން ހިމެނެއެވެ. ފަޅުގެ ދަތިކަން ބޮޑުކަމުން އޮޑިދޯނިފަހަރު ގެންގުޅޭވޭ ވަރުނުވާތީ، ކުރިން މަސްވެރިކަން އެންމެ އެދެވޭވަރަކަށް ނުކުރެވުނެވެ.

ވަޑާންކުރުން[އުނިއިތުރު ގެންނަވާ]

މިރަށުގެ ވަޑިން ކިއްސަރު ވަޑާމާއި ތެދު އުއި ވަޑާން ކުރެއެވެ. މިރަށުގެ ވަޑިން ނަކީ އަތޮޅުގެ އިތުރުން ހއ، ހދ، ނ، ރ އަދި ބ އަތޮޅުގައިވެސް ކިއްސަރު ވަޑާމަށް މަޝްހޫރުވެފައިވާ ބައެކެވެ. ކުރިން ސުރެވެސް ވަޑާމުގައި ނޫމަރާ ވަޑިންގެ މަސްހޫރުކަން ހާމަވާ ތަފާތު ޅެންތަކުން އެކަން އެގެން އެބަހުއްޓެވެ. އަދި މިޒަމާނާއި ހަމައަށް ފެންނަންހުރި މަދު އޮޑިދޯނި ފަހަރުގެ ތަފާތުކަމާއި ރީތިކަން އެކަމަށް ހެކިދެއެވެ. ޒަމާނީ ބޮޑެތި ބޯޓު ފަހަރާއި , ސަފާރީ ދޯނި ފަހަރާއި , މުދާއުފުލުމަށް ހާއްސަ ދޯނި ފަހަރުވެސް ބަނުމުގައި މިރަށުގެ ވަޑިން ފާހަގަކުރެވެއެވެ.

ފަންގެ ވިނުމާއި ރޯނުވެށުން[އުނިއިތުރު ގެންނަވާ]

ފަންގެ ވިނުމާއި ރޯނުވެށުމަކީ މިރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ކުރީޒަމާނުގައި ކެއުމަށް ބޭނުން ކުރާ ތަކެތި ގަނެ އުޅެނީ ރޯނާއި ފަންވިއްކައިގެންނެވެ. މީގެ އުތުރުން ރޯނު ބޮނޑީގެ ބަދަލެއްގެ ގޮތުން ކާޑުގެ ބާވަތްތައްވެސް ދެއެވެ. ސާންތި ވިޔުމަކީ އިހު ޒަމާނުގައި މިރަށުގައި އާއްމު ދަނީ ހޯދުމަށް ކުރި އެހެނަށް މިހާރު ހުއްޓިފައިވާ އެކަށީގެންވާ ރަނގަޅު އާއްމުދަނީއެއް ލިބުނު މަސައްކަތެކެވެ.

ވިޔަފާރިކުރުން[އުނިއިތުރު ގެންނަވާ]

އާއްމުދަނީ އެއް ހޯދުމުގެ ގޮތުން ވިޔަފާރި ކުރުމަކީވެސް މިރަށުގައި ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތެކެވެ. މިހާރުވެސް މިރަށުގެ ނިސްބަތުން އެކަށީގެންވާ ގޮތެއްގައި ވިޔަފާރި ކުރަމުން ގެންދެއެވެ. އެގޮތުން ވިޔަފާރި ކުރުމަށްޓަކައި މިރަށުގައި މިހާރު 5 ފިހާރަ ހުލުވާފައި ހުރެއެވެ. ރެސްޓޯރެންޓެއް އަދި ނެތް ކަމުގައިވިޔަސް 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސައިހޮޓާ ކެފޭ ފަދަ ތަންތަނުގެ ގޮތުގައި 2 (ދެ) ތަނެއްގެ ޚިދުމަތް ލިބެމުން ދެއެވެ .

ރިސޯޓް ވަޒީފާއާއި ސަރުކާރުގެ ވަޒީފާއަދާކުރުން[އުނިއިތުރު ގެންނަވާ]

ރިސޯޓްގައާއި ސަރުކާރުގެ ވަޒީފާތަކުގައިވެސް މިރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސައްކަތް ކުރަމުން ގެންދެއެވެ.

އަސާސީ ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

ބަނދަރު[އުނިއިތުރު ގެންނަވާ]

ނޫމަރާ ބަނދަރު. އެތައް އަހަރެއްގެ ދަތިއުނދަގޫތަކަށް ފަހު މިހާރުވަނީ ލަފާފުރުމަށް އިތުރު ފަސޭހަތަކެއް ލިބިފައި....


ތައުލީމު[އުނިއިތުރު ގެންނަވާ]

ނޫމަރާގައި ފުރަތަމަ ކިޔަވައިދޭން ފަށާފައިވަނީ 1986 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އޭރުގެ ނަމުން ނަމަ ނޫމަރާ މަކްތަބުގައެވެ. ނޫމަރާ މަކްތަބުގެ ނަން ނޫމަރާ ސްކޫލަށް ބަދަލުކޮށް އައު ޢިމާރާތެއްގައި ކިޔަވައިދޭން ފެށީ 1991 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ރަސްމީކޮށް މިސްކޫލް ހުޅުވާފައިވަނީ 24 ސެޕްޓެމްބަރ 1991 ގައެވެ. މިރަށުގައި ރާއްޖޭގެ ރަސްމީ މުގައްރަރަށް ކިޔަވައިދޭން ފެށީ 1991 ސެޕްޓެމްބަރގައެވެ. މިރަށުގެ ގިނަ މީހުންނަކީ އަސާސީ ތައުލީމުގެ ފެންވަރަށް ތަކެތި ދަންނަ ބައެކެވެ. ރާއްޖޭގެ ރަށްރަށުގެ މައުލޫމާތު ބަލަހައްޓާ ރަސްމީ ވެބްސައިޓްގައި ވާގޮތުން ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 94.03 އިންސައްތައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އިލްމީ މީހުން ވަރަށް މަދެވެ. ޑިގްރީ މާސްޓަރ ފެންވަރުގެ މީހުންގެ އަދަދު އިނގިލިތަކުން ގުނާލެވޭހައި މަދެވެ. 2006 ވަނަ އަހަރާ ހަމައަށް މިސްކޫލު ހިންގީ ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް 2006 ވަނަ އަހަރުން ފެށިގެން މިސްކޫލަކީ ސަރުކާރުގެ ސްކޫލެކެވެ. މިހާރު މިސްކޫލުގައި 95 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އަދި ނޫމަރާ ޕްރީސްކޫލުގައިވެސް 35 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. މިސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 ހަމައަށެވެ. ސެކަންޑަރީއަށް ކިޔަވައިދޭން ފެށީ 2005 ވަނަ އަހަރުގައެވެ. މިސްކޫލުގައި ފުރަތަމަ ކިޔވައިދޭން ފެށީ ކޮމާސް ސްތްރީމަށެވެ. ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން ކިޔވައިދެމުން ގެންދަނީ ކޮމަބައިންށް ސްތްރީމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ތައުލީމު އުނގަންނައިދިނުމަށް ޕްރީސްކޫލް ކުދިންނަށް ފުރަތަމަ ކިޔަވައިދޭން ފެށީ 1998 ގައެވެ. ނަމަވެސް އޭރު ރަޖިސްޓްރީ ކޮށްގެން ހިންގާ ޕްރީސްކޫލެއް ނުހުރެއެވެ. އޭގެ 8 އަހަރު ފަހުން ނޫމަރާ ޕްރީސްކޫލުގެ ނަމުގައި ޕްރިސްކޫލެއް ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށުނެވެ. ނޫމަރާ ޕްރީސްކޫލުގެ ނަމުގައި ރައްޔިތުން ހިންގާ މިސްކޫލުގައި ޕްރީސްކޫލުގައި ހަތަރު ގްރޭޑަށް ކިޔަވައިދެއެވެ. ޕްރީ ސްކޫލުގައި އެންމެ މައްޗަށް ކިޔަވައިދެނީ ޔޫ.ކޭ.ޖީ އާ ހަމައަށެވެ.

ސިއްހަތު[އުނިއިތުރު ގެންނަވާ]

ރަށުގެ ސިއްހީ ޚިދުމަތް ދޭ ތަނެއްގެ ގޮތުގައި ހިންގަމުންއައި ހެލްތުޕޯސްޓް ސިއްހީ މަރުކަޒަކަށް ބަދަލު ކުރެވުނީ 2008 ގައެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އާ އިމާރާތެއް ބިނާކޮށް ހުޅުވާފައިވަނީ 2008 ވަނައަހަރުގައެވެ. އޭގެކުރިން މިޚިދުމަތް ދެމުން ގެންދިޔައީ ރަށު އޮފީހުގައާއި ރައްޔިތުންގެ އިދާރާއެއްގައެވެ. މިހާރު މި މަރުކަޒުގެ ޚިދުމަތް، ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 15:00 ށް ލިބެން ހުރެއެވެ. މިތަނުގައި ޚިދުމަތް ދޭން ހުންނަނީ ޑޮކްޓަރަކާއި 3 ނަރުހަކާއި ފޫޅުމައެކެވެ. ރައްޔިތުންގެ ބޭސް ފިހާރައިގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ބޭސްފިހާރައެއް މިރަށުގައި 2008 ވަނަ އަހަރުވަނީ ހުޅުވާފައެވެ. އާންމުންގެ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މަދުމަދުން ހިންގައެވެ.

ކަރަންޓް[އުނިއިތުރު ގެންނަވާ]

މިރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ މަތި އުތުރު ލުޓިލިޓީ ކުންފުނިން ހިންގާ އިންޖީނުގެއިންނެވެ. ޔުޓިލިޓީ ކުންފުނިން އިންޖީނުގެއާ ހަވާލުވުމުގެ ކުރިން އިންޖީނުގެއަކީ ރައްޔިތުންގެ އިންޖީނުގެއެކެވެ. ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ރަށަށް ކަރަންޓު ދޫކުރަން ފެށުމުގެ ކުރިން ކަރަންޓުގެ ޚިދުމަތްދިނީ އަމިއްލަ ފަރާތްކުންނެވެ. ނަމަވެސް 1998 ގައި ނޫމަރާ ރައްޔިތުންގެ އިންޖީނުގެ ބިނާކޮށް ހުޅުވުނު ފަހުން ޔުޓިލިޓީ ކުންފުނިން އިންޖީނުގެއާ ހަވާލުވުމުގެ ކުރިން ކަރަންޓުގެ ޚިދުމަތް ދެމުންއައީ ރައްޔިތުންގެ އިންޖީނުގެއިންނެވެ. ފުރަތަމަ ޚިދުމަތް ދޭން ބޭނުންކުރީ ސަރުކާރުން ދެއްވި 12 ކިލޯވޮޓްގެ ޖަނަރޭޓަރަކެވެ. އޭރު ކަރަންޓްގެ ޚިދުމަތް ދެނީ ހަވީރު 6:00 ން ރޭގަނޑު 12:00 ށް، ޖުމުލަ 6 ގަޑިއިރަށެވެ. ނަމަވެސް 2002 ވަނަ އަހަރު ރައްޔިތުން ގަތް 23 ކިލޯވޮޓްގެ 2 ޖަނަރޭޓަރުން އެ އަހަރުގެ ތެރޭގައި ޚިދުމަތް 12 ގަޑި އިރަށް ބަދަކު ކުރިއެވެ. އަދި ހަމަ އެއަހަރު 18 ގަޑިއިރަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތް ދެމުން ގެންދިޔައެވެ. 2003 ވަނަ އަހަރު ރައްޔިތުންގެ ޚަރަދުގައި އިތުރު 25 ކިލޯވޮތްގެ ޖަނަރޭތަރެއް ގެނެސް ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރިއެވެ. މިޚިދުމަތަށް އެހީއެއްގެ ގޮތުން 2005 ވަނަ އަހަރު ސަރުކާރުން 48 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހަދިޔާ ކުރެއްވިއެވެ.

ދަތުރުފަތުރު[އުނިއިތުރު ގެންނަވާ]

ދަތުރު ފަތުރު ކުރުމަށްޓަކައި މިރަށުގައި 8 އިންޖީނުލީ ދޯނި އޮވެއެވެ. އަދި 1 ސްޕީޑް ލޯންޗްވެސް މިރަށުގައި ބޭނުންކުރެއެވެ. މިރަށަށް ބޭނުންވާ ހުރިހާ މުދަލެއް ކަހަލަގޮތަކަށް މިރަށަށް ގެންނަނީ ހދ. ކުޅުދުއްފުށިންނެވެ. މިރަށަށް ރަށުކައުންސިލްގެ ފަރާތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ހިލޭ ދަތުރު ކޮށްދެއެވެ. މީ މިރަށުގެ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވަނީ ވެފައެވެ. މީގެ އިތުރުން އަތޮޅު ފެރީ މިރަށަށް ކޮންމެ އަންގާރަ، ބުދަ އަދި ހޮނިހިރު ދުވަހެއްގަ އޮވެއެވެ. ހެނދުނު 7:00 ގައި މިރަށުން ފުރާއިރު ހަވީރު 4:30 ށް މިރަށަށް މިފެރީ އަންނާނެއެވެ. މިފެރީންވެސް މިރަށުގެ ގިނަ ޢަދަދެއްގެ ރައްޔަތުން ދަތުރުކުރެއެވެ.

މުވާޞަލާތު[އުނިއިތުރު ގެންނަވާ]

ރާއްޖެތެރޭގެ ރަށްރަށަށް މުވާބަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ނޫމަރާގައި ފުރަތަމަ ދިރާގުގެ ބޫތެއް ބެހެއްޓީ 1998 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އޭރު މިޚިދުމަތަކީ އައު ޚިދުމަތަކަށް ވި ނަމަވެސް މިޚިދުމަތް ބޭނުން ކުރި މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފުރަތަމަ ފަހަރަށް ނޫމަރާއަށް މޯބައިލް ފޯނު ރޭންޖުގެ ޚިދުމަތް ދިނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 01 ވަނަ ދުވަހު ވަތަނިއްޔާގެ ޚިދުމަތް ފެށުމުން ވަތަނިއްޔާގެ ފަރާތުންނެވެ. އޭގެ 2007 ވަނަ އަހަރުގެ ފަހުކޮޅު ދިރާގުންވެސް މޯބައިލް ފޯނު ރޭންޖު ނޫމަރާއަށް ދޫކުރިއެވެ. މިހާރު ނޫމަރާއަށް ދިރާގާއި ވަތަނިއްޔާގެ ޚިދުމަތް ބަރާބަރަށް ލިބެމުންދެއެވެ. މޯބައިލް ޚިދުމަތުގެ އިތުރުން ދިރާގާއި ވަތަނިއްޔާގެ ބްރޯޑް ބޭންޑްގެ ޚިދުމަތްވެސް މިހާރު ނޫމަރާއިން ލިބެއެވެ. ރާއްޖޭގެ ރަށްރަށުގެ މައުލޫމާތު ބަލަހައްޓާ ރަސްމީ ވެބްސައިޓްގައި ވާގޮތުން މޮބައިލް ފޯނު ބޭނުންކުރާ މީހުންގެ ނިސްބަތަކީ 78 އިންސައްތައެވެ.

ތާރީޚީ ގޮތުން ނޫމަރާ[އުނިއިތުރު ގެންނަވާ]

ބެލެވޭ ގޮތުގައި ނޫމަރާއަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ދުވަސްވީ ރަށެކެވެ. މިގޮތަށް ބެލެވެނީ މިރަށުގެ ނަމަށް ބަލައިގެންނެވެ. މިއީ ސާންސްކުރިތު ބަހުން އައިސްފައިވާ ނަމެއްކަމަށް ބެލެވެއެވެ. ( ސާންސްކުރިތަކީ، އީސާގެފާނުގެ މީލާދުގެ ގާތްގަނޑަކަށް 1000-1500 އަހަރު ކުރިން އިންޑިއާއަށް ޑްރެވީޑިއަނުން އައުމަށްފަހު އެތަނަށް މެދު އިރުމަތީންނާއި ޔޫރަޕުން އައި މީހުންނެވެ. ) ރާއްޖޭގެ ގިނަ ރަށްރަށަށް ނަންދެވިފައިވަނީ ސާންސްކްރިތުބަހުގެ ލަފުޒުތަކުންނެވެ. ސާންސްކުރިތުބަސްތައް އައިސްފައިވަނީ އިންޑޯއިރާނިއަން ބަހުންނާއި އިންޑޯ ޔޫރަޕިއަންބަހުންނެވެ. ނޫމަރާ މިނަމާއި އެންމެ އެއްގޮތް ސާންސްކުރިތުބަސް ތަކަކީ "ނަމްރާ"، "ނަމުރާ" މިބަސްތަކެވެ. މިބަސްތަކުގެ މާނައަކީ ކައިރި ނުވަތަ ކައިރީގައިވާއެވެ. ބުނެވޭ ގޮތުގައި ނޫމަރާ އަކީ ތިން ފަހަރަށް މީހުން ޚިޖުރަކޮށްފައިވާ ނުވަތަ އާބާދުވެފައިވާ ރަށެކެވެ. މިރަށުން އެޒަމާނުގައި ފޭބިމީހުން ކޮންމެ ފަހަރަކުވެސް ފައިބާފައިވަނީ މިއަތޮޅު ނެޔޮ (މިހާރު ފަޅުރަށެއް) ކިޔާ ރަށަކަށެވެ. މިރަށުގައި މިހާރުވެސް މީހުން ދިރިއުޅެފައިވާ ކަމުގެ ނިސާންތައް ފެންނަން އެބަހުއްޓެވެ. ކޮންމެ ފަހަރަކުވެސް ނޫމަރާގައި އުޅެން އުނދަގޫ ވުމުގެ ސަބަބުން ނޫމަރާ ދޫކޮށް ދަނީއެވެ. ބުނެވޭ ގޮތުގައި ނޫމަރާގައި އޭރު މިނި އާލާ ނުވަނީއެވެ.

އެންމެ ފަހުން މިރަށުގައި މީހުން އާބާދުވެފައި މިވަނީ ދެކުނު އަތޮޅެއްގެ މީހަކު ފަންޑިތަ ހަދައިގެން ކަމަށް ބުނެވެއެވެ. އެމީހާ ފަންޑިތަ ހަދާފައި ވަޅުލާފައިވާ ކަމަށް ބުނާ ހިލައެއް މިހާރުވެސް ނޫމަރާ ހުކުރު މިސްކިތް ކައިރީގައި ހުރި ގެއެއްގެ ގޯތިތެރޭގައި އެބަހުއްޓެވެ. މިހިރީގައި ލޯވަޅެއް އަޅައި އެލޯވަޅުގައި ދަނޑިއެއް ޖަހާފައި މި ބޭ ބުނިކަމަށްވެއެވެ. މިދަނޑި ހުރިހާތަށް ދުވަހު މިރަށުން ފައިބައިގެން ދާކަށް ނުޖެހޭނެއެވެ. ކޮންމެ އަކަސް މިދަނޑި ނެއްޓިތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރުފަހުން މިރަށުން ބަޔަކު ވަނީ އެހެން ރަށަކަށް ޚިޖުރަކޮށްފައެވެ. ނޯޓް: މީ ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކައެއް

ނޫމަރާއަކީ ވެސް 1821 ވަނަ އަހަރު (މުޙައްމަދު މުޢީނުއްދީން 1 ގެ ރަސްކަމުގައި) ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އެރި ބާރުގަދަ ތޫފާނުގައި ( ކޭލަކުނު ތަޅާލި ވިއްސާރައިގައި ) ބޮޑެތި ގެއްލުން ލިބުނު ރަށްރަށުގެ ތެރެއިން ރަށެކެވެ.

އާސާރީގޮތުން ފާހަގަކޮށްލެވޭ އެއްވެސް ތަނެއް މިޖީލުގެ ދަރިންނަށް ފެންނާނެހެން މިރަށުގައިނެތެވެ.


ކުޅިވަރު[އުނިއިތުރު ގެންނަވާ]

މިރަށަކީ ޒަމާނުއްސުރެ ތަފާތު ކުޅިވަރުތައް ކުޅޭ ރަށެކެވެ. މީގެ ތެރޭގައި މިހާރު ރާއްޖެއިން އުވެމުންދާ ސަގާފީ ތަފާތު ކުޅިވަރުތައްވެސް ހިމެނެއެވެ.

ސަގާފީ ކުޅިވަރު[އުނިއިތުރު ގެންނަވާ]

-ބޮޑުމަސްނެރުން

ބޮޑުމަސް ނެރުމުގެ ހަރަކާތެއް. މިއީ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ރާއްޖެއިން ފެނުން މަދުވެފައިވާ ކުޅިވަރެއް. ނޫމަރާގައި 1990ގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެން “ބޮޑުމަސްނެރުން” އޮތެވެ. ނަމަވެސް އޭގެފަހުން މިކުޅިވަރު މެދުކެނޑިފައި އޮތުމަށް ފަހު 2007 ގެ ޑިސެމްބަރު މަހުގެ ތެރޭގައި (ޛުލް ޙިއްޖާ 1428ގައި) “ބޮޑުޢީދު” ގެ ތެރޭގައި އަލުން ބޮޑުމަސްކުޅުން ވަނީ ފަށައިފައެވެ. މިއީ މިރަށުގައި ވަރަށް ފޯރިއާއެކު ކުޅެމުން ގެންދިޔަ އަދި މިހާރު ކުޅެމުންގެންދާ ސަޤާފީ ކުޅިވަރެކެވެ.


މީގެ އިތުރުން ބޮޑުމަސް ނެރުމާ އެއްކޮށް ނާބޭލުމަކީވެސް މިރަށުގައި ޒަމާނުއްސުރެ ކުޅެމުން އަންނަކުޅިވަރެކެވެ. ފިރިހެން ވެރިން ނާހަދާފައި ބެރުޖަހަމުން ނަށަމުން ނާ ގެންގޮސް މޫދުގައި އަޅާނެއެވެ. ދެން އަންހެންވެރިން ނާ ކަނޑަށް މޫދަށް އެރޭނެއެވެ. ނާ ކަނޑާ އަންހެން މީހާ ފާހަގަ ކުރުމަށްފަހު ފެންވަރުވާ ރީތިކުރާނީ ފިރިހެނުންނެވެ.

- މަންޑިކުޅުން މަންޑިކުޅެނީ: މިއީ ޢީދުގައި ފިރިހެނުން ކުޅޭ ޚާއްސަ ކުޅިވަރެއް. މިކުޅިވަރަކީ 1990 ގެ ކުރިން ކޮންމެ ޢީދެއްގައި ކުޅޭ ކުޅިވަރެކެވެ. އޭގެފަހުން މިކުލިވަރުގެ ފޯރިވަނީ މަޑުވަން ފަށާފައެވެ. މިކުޅިވަރު ކުޅުމަށްޓަކައި ފުރަތަމަ ދެބައަށް ބަހާލަނީއެވެ. އެއަށް ފަހު ފުރަތަމަ ހޮވަން ދާނެ ބަޔަކު ކަނޑައެޅުމަށްފަހު، ކުޅޭޓީމުން މަންޑި ފޯލިޖެހުން އޮންނާނެއެވެ. މިހެން ޖަހާ ފޯލިތަކުން ފޮއެއް ހިފުމުން ފޯލިޖަހާ ކުޅުންތެރިޔާ ނުބައިވީއެވެ. މިގޮތަށް މިޓީމުގެ ހުރިހާ ކުލުންތެރިން ނުބައިވުމުން ހޮވަންތިބި ޓީމަށް ކުޅުމުގެ ފުރުޞަތުލިބި ކުޅުނު ތީމު ޖެހޭނީ ހޮވާށެވެ.

- ފަންކުޅުން އަންހެންވެރިން ފަނކުޅެނީ: މިއީ ޢީދުގައި ހުރިހާ އުމުރެއްގެ މީހުން ކުޅޭ ޚާއްސަ ކުޅިވަރެއް ފަންކުޅުމަކީ ދެބައަކަށް ބަހާލުމަށް ފަހު ފަންކުޅޭ ބިމުގެ ދެކޮޅުގައި ޖަހާފައި ހުންނަ “ފަން” ދަނޑިއެއް ގައި އަތްލުމަށް މަސައްކަތް ކުރުމެވެ. އިދިކޮޅު މީހުންނަށް އަތުނުވެ ދަނޑީގައި އަތްލާފައި “ފަނޯ” ގޮވާލުމުން އެބަޔަކަށް ޕޮއިންޓް ލިބޭނެއެވެ. އަލުން ކުޅުންފަށާނީ ފަނޯ ގޮވިމީހައިގެ ގައިގައި އަތްލައިގެން “ފަން ނަގައިގެން” ނެވެ. އަބަދުވެސް އެންމެ ފަހުން “ފަން ނެގި މީހާ” ގައިގައި އަތްލައިގެން އެހެން މީހަކަށް ފަނަކަށް ވެވިދާނެއެވެ. މިކުޅިވަރަކީ ވަރަށް ކުރިން ފެށިގެން ކުޅެމުން އަންނަ ހުރިހާ އުމުރެއްގެ މީހުންވެސް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް މިހާރު މިކުޅިވަރު އާއްމުކޮށްކުޅެނީ ޅަކުދިންނާއި މުސްކުޅިންނެވެ.

ބޮޑުބެރު ޖެހުން[އުނިއިތުރު ގެންނަވާ]

ބޮޑުބެރު ޖެހުމަކީ ކުރީ ޒަމާނުގައި މިރަށުގައި ކުޅުނު ކުޅިވަރެވެ. ބޮޑުބެރު ޖެހުމުގެ ކުޅިވަރެއް މިހާރު ކުޅޭތަން ފެންނަނީ ވަރަށް މަދުންނެވެ. ކުރީ ޒަމާނުގައި ގޭގޭގައި ޚިތާނުކޮށްގެން އުޅޭ އިރުއާއި , އެކިއެކި މުނާސަބަތުތަކާއި ގުޅުވައިގެންނާއި , ދެއަވަށުގެ މެދުގައި ވާދައަށްވެސް ބެރުޖަހާއުޅުނެވެ. އަދި ހާއްސަކޮށް ދެ އީދު ގައި އެކިއެކި ކުޅިވަރުތަކާއި ގުޅުވައިގެން ބެރުޖަހާއުޅުނެވެ.ގައެވެ. މިހާރު މިކުޅިވަރު ކުޅެނީ ވަރަށް މަދުންނެވެ. ތަފާތު އެކި ސަބަބުތަކާހުރެ މިކުޅިވަރަށް މީހުން ދެމުންއައި އަހަން މިއްޔަތުކަން މަޑުމަޑުން ފަޑުވެފައިވެއެވެ.

ޒަމާނީ ކުޅިވަރު[އުނިއިތުރު ގެންނަވާ]

- މިޔުޒިކު ނޫމަރާ އަކީ މިއުޒިކަށް ލޯބިކުރާ ބަޔަކު އުޅޭރަށެކެވެ. މިކަން ފެށުނީ 1990 ގެ އަހަރުތަކުގައެވެ. އޭރު ރަށުގައި މިއުޒިކް ކުޅެނީ ރަށުގެ ދެ ޖަމިއްޔާއަކުންނެވެ. މިހާރު މިރަށުގައި އޮންނަނީ އެންމެ ޖަމިއްޔާއެކެވެ. ކޮންމެ ބޮޑު ޢީދެއްގައި އަމިއްލައަށް، ފިލަޔާ ތެޔޮ ހުސްކުރި ތާނގީ ބޭނުންކޮށްގެން ސްޓޭޖް އަޅައިގެން ޝޯކުޅެއެވެ. މިކަން ކުރަނީ ރަށުގައި އޮތް ހަމަ އެކަނި ޖަމިއްޔާ އެސޯސިއޭޝަން ފޯ ނޫމަރާ ޑިވެލޮޕްމަންޓްގެ ފަރަތުންނެވެ.

- ފުޓްބޯޅަ އާއި ވޮލީބޯޅަ


ފުޓުބޯޅައާއި ވޮލީބޯޅައަކީ އެންމެ ގިނަ މީހުން ތަރުހީބުދޭ ކުޅިވަރެވެ. މި ދެކުޅިވަރު ދިރުވާ އާލާ ކުރުމުގެ ގޮތުން ސްކޫލުގެ ދަރިވަރުންގެ މެދުގައިވެސް މި ދެކުޅިވަރު ކުޅެއެވެ. އަދި ކޮންމެ އަހަރަކު ރަށުގެ ޒުވާނުންނަށް ހުލުވާލައިގެން ބާއްވާ ވޮލީ އާއި ފުޓްބޯޅާ މުބާރާތްތައްވެސް މިރަށުގައި ކުޅެމުން ގެންދެއެވެ.


މިރަށުގައި ހަދާފައިވާ ވޮލީ ކޯޓަކީ ރޭގަނޑުގައިވެސް ދިއްލައިގެން ވޮލީ ކުޅެވޭ ފެންވަރަށް ލައިޓިންގ ސިސްޓަމް ހަދާފައިވާ ވޮލީ ކޯޓެކެވެ. ފުޓް ބޯޅަ ދަނޑަކީވެސް އެކަށީގެންވާ ވަރަށް ލެވެލް ކޮށް ވިނަ ހައްދާފައިވާ ދަނޑެކެވެ.


މަޢުލޫމާތު ހޯދީ[އުނިއިތުރު ގެންނަވާ]

  • އެޓޮލްސް ވެބްސައިޓް
  • ނޫމަރާ ކައުންސިލް އިދާރާއިން
  • ނޫމަރާގެ ބައެއް ރައްޔިތުންގެ ފަރާތުން


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް