ހުއިސުން
| ހުއިސުން |
|---|
| Scientific classification |
|
|
ހުއިސުން (ނުވަތަ ހުއިޒުން) އިނގިރޭސިބަހުން: Indian costus (ސައިންސީ ނަން: Dolomiaea costus، ކުރީގެ ނަން: Saussurea costus) އަކީ ޒަމާނުއްސުރެ ތައާރަފުވެ އެނގިފައިވާ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކޮށްފައިވާ ހިންދުކަރައިގެ ގަހެކެވެ. އޭގެ މޫ (ހުއިސުނަކީ) ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. [1]
މާ ގިނައިން މި ގަސް ކަނޑާ ބޭނުންކޮށް ހެދުމުގެ ސަބަބުން، ނެތިހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ އެއްގަމުގައި ހެދޭ ގަސްގަހާގެއްސާއި ޖަނަވާރުންގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާހަދާ (ވޮޝިންޓަން މުޢާހަދާ) ގެ އެޕެންޑިކުސް 1 އަށް އިތުރުކޮށް، އެކުސްޕޯޓް ކުރުމަށްޓަކައި ގަސް ނެގުން ޤާނޫނީ ކުށަކަށް ހެދިއެވެ. [2]
ހިންދުކަރައިގެ ފަތްޕިލާވެއްޔަކީ ސިއްހީ ބައެއް މައްސަލަތަކަށް ފަރުވާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ބާވަތްތަކެއް ކަމަށް ފާހަގަކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ސީރިއަސް މައްސަލަތައް ވެސް ހިމެނެއެވެ. މި ފަތްޕިލާވެލީގެ ގިނަ ބާވަތްތަކެއް ހުރުމާއެކުވެސް ބައެއް ގަސްގަހާގެހި ހޯދުމަކީ އުނދަގޫ ކަމެކެވެ. ހުއިސުނަކީ ހިންދުކަރައިގެ ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން، ބޭސްވެރިކަމުގައި ގިނަ ފަރުވާތަކެއްގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބާވަތެވެ. [3]
- ↑ "GRIN Taxonomy for Plants". އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާ. Archived from the original on ސެޕުޓެންބަރު.
{{cite web}}: Check date values in:|archive-date=(help) - ↑
- ↑ نت, الميادين (2021-01-30). "فوائد وأضرار القسط الهندي.. ما هي؟". شبكة الميادين (in Arabic). Archived from the original on 2021-01-30. Retrieved 2021-02-05.