ހިޔަނި ދަންބޮޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ހިޔަނި ދަންބޮޑު

ހިޔަނި ދަންބޮޑު (ސައިންޓިފިކް ނަން: Myripristis adusta)ނުވަތަ (އިނގިރޭސި ބަހުން: Shadowfin soldierfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި 30 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭ މަހެކެވެ. ދަންބޮޑުގެ އެހެން ބާވަތްތަކެކޭ އެއްފަދައިން ދުވާލުގެ ވަގުތުތަކުގައި ގަލުގެ ހޮހަޅަތަކުގައްޔާއި، އެކި ގަލުގެ ނިވަލުގައި އުޅޭ ރޭގަނޑަށް ބޭރަށް ނިކުމެއުޅޭ މަހެކެވެ. މިއީ ދިވެހިން މަސްވެރިން ރޭގަނޑު ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ އެހެނަސް އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ.

ހިޔަނި ދަންބޮޑުގެ އަނގަޔާއި ލޯބޮޑެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 14 އާއި 16 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 12 އާއި 14 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކަށިތަކުގެ ތެރެއިން 3 ވަނަ ކައްޓަކީ އެހެނިހެން ކަށިތަކަށްވުރެ ފަލަކޮށް އަދި ގަދަކޮށް ހުންނަ ކައްޓެކެވެ. މަހުގެ މަތީބައިގެ ހުޅުނބުތަކުގެ ކައިރިފަށް ހުންނަނީ ގަދަނޫކުލަ އެއްގައެވެ. މަހުގައި ހުންނަނީ ރަތްމުށި ކުލައެކެވެ. މަހުގެ މަތީބައި ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ މަތީބައިގެ ފަނޑުކަމަށް ވިސްނާ މިމަހަށް އިގިރޭސިބަހުން ކިޔާއުޅޭ ނަމާއި ގުޅޭގޮތުން ހިޔަނި ދަންބޮޑު ކިޔާ ނަންދީފައިވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސ.މ އަށެވެ. މަހުގެ ކާނާ އަކީ ބޮޑެތި ފަނިފަކުސައެވެ.