ހާސްވެ ކަންބޮޑުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ހާސްވެ ކަންބޮޑުވުން އަކީ ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމެކެވެ. ހާސްވެ ކަންބޮޑުވުން ގުޅިފައިވަނީ މީހާގެ ވިސްނުމާއި، ފިކުރާއި، އިހްސާސާައި، އުޅުމަށެވެ. މިކަންތައްތަކާއި ގުޅިގެން އަހަރެމެންނަށް އިހްސާސްވާ ހިތްހަމަނުޖެހުމާއި، އުދަގުލާއި، ކަންބޮޑުވުމާއި، ބިރެވެ. ނަމަވެސް ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު މާބޮޑު ކަމަކަށް ނުވެހިގައިދާނެއެވެ. މިކަން ބައްޔެއް ގޮތަށް ( އެންޒައިޓީ) ބެލެވެން ފަށަނީ މިކަމުގައި ހޭދަވާ މުއްދަތު ދިގުވުމާއި އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫ އަރަން ފެށުމުންނެވެ.

ހާސްވެ ކަންބޮޑުވާން މެދުވެރިވެދާނެ ބައެއް ސަބަބުތައް[އުނިއިތުރު ގެންނަވާ]

މިސާލަކަށް : ޖިސްމާނީ، ނަފްސާނީ ނުވަތަ ޖިންސީ ހާނީއްކައެއްގެ ސަބަބުން

  • ލޯބިވާ ގާތްމީހަކު މަރުވުން
  • ވަރިކުރުމުގެ ސަބަބުން
  • އާސުކޫލަކަށް ނުވަތަ އާވަޒީފާއަކަށް ބަދަލުވުން
  • އާގެއަކަށް ބަދަލުވުން
  • މާބޮޑަށް މަސައްކަތް ބުރަވުން
  • ނިކޮޓީން އަދި ކެފޭއިން އެކުލެވޭ ބާވަތްތައް ބޭނުންކުރުމަށްފަހު ކުއްލިއަކަށް ހުއްޓާލުން
  • ގައިގައި ހުރި ޞިއްޙީ މައްސަލަ އަކާމެދު މާބޮޑަށް ވިސްނުން
  • އެކިއެކި ޚަރަދުތައް ބެލެހެއްޓުމުގައި ދަތިތަކާއި ކުރިމަތިވުން
  • ބޭނުންކުރަމުންދާ ބޭހެއްގެެ ނޭދެވޭ އަސަރުކުރުން

މާހައުލުން : މިސާލަކަށް މަންމަ ފަސޭހައިން ކަންކަމާއި ހާސްވެ ކަންބޮޑުވާނަމަ ދަރިފުޅުވެސް ކަންތައްތައް ދިމާވުމުން ހާސްވެ ކަންބޮޑުވާ ކުއްޖަކަށް ވެއެވެ. މިއީ ވާރުތަވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ހާސްވެ ކަންބޮޑުވުމުން ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ނިދިމަދުވުން / މާގިނައިން ނިދުން
  • ބުނެދޭން ނޭގޭ އުދަގޫ އިހްސާސްތަކެއް ކުރެވުން
  • މީހުންނާއި ކުރިމަތިލާން ނުކުރުން
  • އިސްނަގަން ފަސްޖެހުން
  • ބޮލުގައި ރިހުން
  • ކުދިކުދި ކަންތައްތަކާ ވިސްނާ ފިކުރުބޮޑުވުން
  • ކަންތައްތަކަށް ދޭ ސަމާލުކުޑަވުން
  • ކަންތައްތަކާ ދޭތެރޭ ރަގަޅަށް ނުވިސްނުން
  • ނުތަނަވަސްވުން
  • ވަރުބަލިވުން
  • މާގިނައިން ދާހިއްލުން
  • ގިނައިން ފާހާނާއަށް ދާންޖެހުން
  • ތުރުތުރުއެޅުން
  • މޭނުބައިކުރުން
  • ނުކެވުން / މާގިނައިން ކެވުން

މިއީ ހާސްވެ ކަންބޮޑުވާމީހުންގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކެވެ. ހާސްވެ ކަންބޮޑުވާ ކޮންމެ މީހަކަށް މީގައި ބަޔާންކޮށްފައި ހުރި ހުރިހާ ކަމެއް ދިމާނުވެ ހިގައިދާނެއެވެ. ނަމަވެސް މީގެތެރެއިން 3 ކަމެއް ދިގުމުއްދަތަކަށް ހުންނަނަމަ އެއީ ހާސްވެ ކަންބޮޑުވުން ކަމަށް ވެދާނެއެވެ.

ހާސްވެ ކަންބޮޑުވުން ކުޑަކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ރަގަޅުކާނާ ކެއުން އަދި ގަޑިން ގަޑިއަށް ކެއުން
  • ކެފޭއިން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުން ނުކުރުން: މިސާލު ޗޮކްލެޓް، ކޯލާ، ކޮފީ، ކަޅުސައި ފަދަ ތަކެތި
  • ގަވާޢިދުން ކަސްރަތުކުރުން
  • ހިތްހަމަޖެހޭ ކަމެއްކުރުން: މިސާލު މިއުޒިކެއް އަޑުއަހާލުން، ފިލްމް ބެލުން، ރައްޓެއްސަކާ ބައްދަލުކުރުން
  • ހާސްވެ ކަންބޮޑުވުން މާގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކުލުނު 245 - އޮގަސްޓް 2008 - ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން