ޓޮމް ވެލިންގ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޓޮމް ވެލިންގ

އުފަން ނަންތޯމަސް ޖޯން ޕެޓްރިކް ވެލިންގ
އުފަންވީ (1977-04-26) އޭޕްރީލް 26, 1977 (46 އަހަރު )
ޕުޓްނަމް ވެލީ، ނޮއު ޔޯކް، އެމެރިކާ
ފާހަނގަ ކޮށްލެވޭ ރޯލްތައް ސްމޯލް ވިލް ގައި އަދާކޮށްފައިވާ ކްލާރކް ކެންޓް ގެ ރޯލް
ހަޔާތުގެ ބައިވެރިޔާ ޖެމީ ވައިޓް (2002-މިއަދާ ހަމަޔަށް)

ތޯމަސް ޖޯން ޕެޓްރިކް ވެލިންގ (އުފަންވީ 26 އޭޕްރީލް 1977 ގައި ނިއު ޔޯކުގެ ޕުޓްނަމް ވެލީ އަށް) އަކީ އެމެރިކާގެ ފިލްމު ކުޅޭ މަޝްހޫރު އެކްޓަރެކެވެ. އަދި ކުރީގެ ފެޝަން ދާއިރާގައި މޮޑެލް ކުރި ފރިހެނެއްވެސް މެއެވެ. ޓޮމް އެންމެ މަޝްހޫރުވެފައިވަނީ ޓީވީ ސިލްސިލާ ސްމޯލްވިލްގައި އޭނާ އަދާ ކޮށްފައިވާ ކްލާރކް ކެންޓްގެ ރޯލުންނެވެ.

ބަޔޯގްރަފީ[އުނިއިތުރު ގެންނަވާ]

ކުރީގެ ހަޔާތް[އުނިއިތުރު ގެންނަވާ]

ޓޮމް ވެލިންގ އުފަންވީ ނިއުޔޯކުގެ ޕުޓްނަމް ވެލީ އަށެވެ. ޓޮމް އަށް ވުރެ ބޮޑު ދެ ދައްތައިންނާއި ފރިހެން ކޮއްކޮ އެއް ޓޮމްގެ އާއިލާގައި ތިބެއެވެ. އެއީ ރެބޭކާ އާއި ޖޭމީއެވެ. އަދި ކޮއްކޮ މާކް އެވެ. މާކް އަކީ ވެސް އެކްޓަރެކެވެ. ޓޮމްގެ ބައްޕަގެ ވަޒީފާގެ ގޮތުން ވެލިންގ އާއިލާ މިޗިގަންގެ އޮކީމޯސްގައި ހަމަޖެހުމުގެ ކުރިން ނިއުޔޯކުގެ ޕުޓްނަމް ވެލީ އިން ވިސްކޮންސިންގެ ޖޭންސްވިލް އަދި އެއަށްފަހު ޑިލެވެއަރގެ ހޮކެސިން އަށް ވަނީ މީގެ ކުރީގައި ބަދަލުވެފައެވެ. މިޗިގަން ގެ އޮކީމޯސް އަށް ވެލިންގ އާއިލާ ބަދަލުވީ ޓޮމްގެ ހައިސްކޫލް ގެ ޖޫނިއަރ އަހަރުގައެވެ. ބޭސް ބޯލް އަދި ބާސްކެޓް ބޯލް ބައެއް ކުޅިވަރު ޓީމްތަކުގައި ވެސް ޓޮމް ހަރަކާތްތެރިވެފައިވެއެވެ. އޮކީމޯސް ހައި ސްކޫލް އިން ޓޮމް ފާސްވީ 1995 ގައެވެ. އެއަށްފަހު އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އޭނާ ދިރިއުޅެމުން ގެންދިޔައީ އޭނާގެ އާއިލާ އާއި އެކުއެވެ.

ކެރިއަރ[އުނިއިތުރު ގެންނަވާ]

ޕާރސަނަލް ލައިފް[އުނިއިތުރު ގެންނަވާ]

ޓޮމް ކައިވެނީގެ ގޮތުން ގުޅުނީ ޓޮމްގެ ދުވަސްވީ އެކުވެރިއެއް ކަމަށްވާ ޖޭމީ ވައިޓް އާއި އެވެ. ޖޭމީ މިކައިވެނިވީ މާރތާސް ވައިންޔާޑް ގައި 25 ޖުލައި 2005 ގައެވެ.


ފިލްމީ ދާއިރާ[އުނިއިތުރު ގެންނަވާ]

Year Title
2005
2004 Television Specials
2003
2002 Television Specials
2001 ޓީވީ ސިލްސިލާ
  • ސްމޯލް ވިލް ގައި ކްލާރކް ކެންޓް ގެ ބައި
  • ޖަޖިންގ އޭމީ ގައި ރޮބް މެލްޓްޒަރ ގެ ބައި

އިތުރު މައުލޫމާތު[އުނިއިތުރު ގެންނަވާ]

  • އިސްކޮޅު : 6'3"
  • ބޮލުގެ އިސްތަށީގެ ކުލަ : ކަޅު
  • ލޯ : ފެހި