އަބީޝެކް ބައްޗަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަބީޝެކް ބައްޗަން

އަބީޝެކް ބައްޗަން ( އުފަންވެފައިވަނީ 5 ފެބްރުއަރީ 1976 ގައި އިންޑިޔާގެ ބޮމްބޭގެ މަހާރާސްތުރާ ސްޓޭޓް ގައި) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. އަބީޝެކް ބައްޗަން އަކީ މަޝްހޫރު ހިންދީ ފިލްމީ ތަރިން ކަމުގައިވާ އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަން ގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަދި އަބީޝެކް ބައްޗަން އަކީ ދުނިޔޭގެ ރީތީގެ ރާނީގެ މަގާމް ހޯދާފައިވާ ، އަދި ހިންދީ ފިލްމީ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން ގެ ފިރިމީހާ އެވެ.


ހަޔާތުގެ ކުރީކޮޅު[އުނިއިތުރު ގެންނަވާ]

އަބީޝެކް ބައްޗަން އަކީ މަޝްހޫރު ހިންދީ ފިލްމީ ތަރިން ކަމުގައިވާ އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަން ގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަބީޝެކް ގެ ކާފަ އަކީ ޑރ ހަރިވާންސް ރާއީ ބައްޗަން އެވެ. އޭނާ އަކީ ޅެންވެރިއެކެވެ. އަބީޝެކްގެ ބައްޕަ ފަރާތުގެ މާމައަކީ ސިކުންގެ މީހެކެވެ. މަންމަ ފަރާތުގެ މީހުންނަކީ ބެންގާލީ ބައެކެވެ.

އަބީޝެކް ތަޢުލީމް ހާޞިލް ކުރީ ޖަމްނާބާއީ ނަރްސީ ސުކޫލުންނެވެ. އަދި ބޮމްބޭ ސްކޮޓިސް ސުކޫލުންނެވެ. މީގެ އިތުރުން ދިއްލީގެ ވަސަންޓް ވިހާރުގައި ހުންނަ މޮޑަން ސުކޫލުންނާއި ސްވިޒަލޭންޑްގެ އެޖިއަން ކޮލެޖުން ތައުލީމް އުގެނިފައި ވެއެވެ. އޭގެ ފަހުން އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީގައި ތައުލީމް އުގެނިފައިވެއެވެ. ބޮސްޓަން ޔުނިވަސިޓީގައި ތައުލީމީ މަރުހަލާ އަބީޝެކް ނިންމާފައެއް ނުވެއެވެ.


ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

އަބީޝެކް ބައްޗަން ފިލްމީ ދާއިރާ އަށް ނިކުތީ 2000 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޖޭޕީ ދައްތާގެ ރެފިއުޖީ އިން ފިލްމީ ތަރި ކަރީނާ ކަޕޫރު އާއެކުގައެވެ. 2000 ން ފެށިގެން 2004 ވަނަ އަހަރާއި ހަމައަށް ކުޅުނު ފިލްމް ތަކުން މާބޮޑު ކާމިޔާބެއް ނުލިބުނަސް 2004 ވަނަ އަހަރު ނިކުތް ދޫމް އަދި ޔުވާ ގައި ކުޅެފައިވާ ރޯލްގެ ސަބަބުން ބެލުންތެރިންގެ މަގުބޫލްކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ދޫމް އަކީ އަބީޝެކް ކުޅުނު ފުރަތަމަ ހިޓް ފިލްމެވެ. ޔުވާ އިން ފިލްމް ފެއަރ އެވޯޑްގެ ބެސްޓް ސަޕޯޓިންގ އެކްޓަރ ގެ މަގާމް އަބީޝެކް އަށް ލިބިފައި ވެއެވެ.

2005 ވަނަ އަހަރު ޖެހިޖެހިގެން އަބީޝެކް 4 ހިޓް ފިލްމް ނިކުމެފައި ވެއެވެ. އެއީ ބާންޓީ އައުރު ބަބްލީ'، ސަރުކާރު، ދަސް، އަދި ބްލަފް މާސްޓަރ އެވެ. ސަރުކާރު ގައި ކުޅެފައިވާ ރޯލްގެ ސަބަބުން ވެސް ފިލްމް ފެއަރ އެވޯޑްގައި ބެސްޓް ސަޕޯޓިންގ އެކްޓަރ ގެ މަގާމް ލިބިފައި ވެއެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ނިކުތް އަބީޝެކް ކުޅުނު ފުރަތަމަ ފިލްމް ކަބީ އަލްވިދާ ނާ ކެހެނާ އަކީ އެއަހަރު އެންމެ ރަގަޅު ފައިދާ ބޮކްސް އޮފީހުގައި ހޯދި ފިލްމް ތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ. އޭގެ ފަހުން ނިކުމެފައިވާ ދޫމް2 އަކީ ވެސް ކާމިޔާބު ފިލްމެކެވެ. 2007 ވަނަ އަހަރު ނިކުތް ގުރޫ އަކީ ވެސް ކާމިޔާބު ކަމާއެކު ހިގާފައިވާ ފިލްމެކެވެ.

އަބީޝެކް ބައްޗަން އަކީ ބައްޕަ އަމީތާބް ބައްޗަން ގެ ފިލްމް ކުންފުނި އޭބީސީއެލް ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރާ ފަރާތެކެވެ.


އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

އަބީޝެކް ބައްޗަން އާއި ފިލްމީ ތަރި ކަރިޝްމާ ކަޕޫރު ގެ އެންގޭޖްމަންޓް އިއުލާންކުރެވުނީ 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ އަމީތާބްގެ 60 ވަނަ އުފަންދުވަހުގައެވެ. މިއެންގޭޖްމަންޓް 2003 ގައި ރޫޅާ ލެވުނެވެ. އޭގެ ފަހުން 2005 ގައި އަބީޝެކް ވަނީ މޮޑެލް ދިޕަނީތާ ޝަރުމާ އާއި ރައްޓެހިވެފައެވެ. އަބީޝެކް އާއި އައިޝްވާރިޔާ ރާއީގެ އެންގޭޖްމަންޓް އިއުލާންކުރެވުނީ 14 ޖެނުއަރީ 2007 ގައެވެ. އެދެމީހުން ކައިވެނި ކުރީ 20 އޭޕްރީލް 2007 ގައެވެ.


ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ )
  • 2006 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ސަރުކާރު )
  • 2007 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ )

އައިފާ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ )
  • 2006 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ސަރުކާރު )

ޒީސިނެ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ފިރު މިލޭގީ )
  • 2006 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ސަރުކާރު )
  • 2007 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ )

ސްޓާރ ސްކްރީން އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ )
  • 2006 - ބެސްޓް ކޮމީޑިއަން ( ބާންޓީ އައުރު ބަބްލީ )
  • 2007 - ޖޯޅީ ނަންބަރ 1 ރާނީ މުކަރުޖީ އާއެކު ( ބާންޓީ އައުރު ބަބްލީ )

ސްޓާރޑަސްޓް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - ސްޓާރ އޮފް ދަޔިއަރ( ޔުވާ )
  • 2007 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ )

ބޮލީވުޑް މޫވީ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - ބެސްޓް ވިލަން( ޔުވާ )
  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ )
  • 2006 - ބެސްޓް ކޮމީޑިއަން( ބާންޓީ އައުރު ބަބްލީ )

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 2004 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ ) - އަޕްސަރާ އެވޯޑް
  • 2004 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ ) - ސްޕޯޓްސް ވޯލްޑް އެވޯޑް
  • 2004 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ ) - ސިނެޖިއަރސް އެވޯޑް
  • 2004 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ ) - ސަންސުއީ އެވޯޑް
  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ ) - ބީބީސީ ފިލްމް ކެފޭ އެވޯޑް
  • 2005 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ޔުވާ ) - ސާރވޭ ދަންދައުލަތު.ކޮމް
  • 2006 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ ) - ގްލޯބަލް އިންޑިއަން ފިލްމް އެވޯޑް
  • 2007 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ ) - ރޭޑިއޯ ސަރުގަމް ބޮލީވުޑް އެވޯޑް
  • 2007 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ ) - އެއިފާ އެވޯޑް
  • 2007 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ކަބީ އަލްވިދާ ނާކެހެނާ ) - ސޭން އެވޯޑް

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]