މެމްބަރު:202.21.176.50

ވިކިޕީޑިއާ އިންވިކިޕީޑިއާ

"ދީން" މި ޞުރުޙީގެ ދަށުން ލިޔެފައި އެވާ ޢިބާރާތް ކޮޅަކީ ޙަޤީޤަތެއް ކަމުގައި ނުބެލެވޭނެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ރައްޔިތަކަށް ވެވޭނީ މުސްލިމުންނަށް ކަމުގައި ޤާނޫނު އަސާސީގައި ހިމެނިފައި ވާތީއެވެ. ރާއްޖެ އިސްލާމްވިގޮތާމެދު އަޅުގަނޑުގެ ޚިޔާލު ދިވެހިރާއްޖެ އިސްލާމްވިކަމަށް ބެލެވިފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވެދެވަޑައިގަތް ދުވަސްކަމުގައި ބެލެވޭ ދުވަހެވެ. އެ ދުވަހަކީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ.

ދިވެހިރާއްޖެ އިސްލާން ކުރެއްވި ބޭފުޅަކާމެދު ތާރީޚު ލިޔުއްވާ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުކަރައިގެ ބޭފުޅެއް ކަމުގައިވާ މައުލާނަލް ޙާފިޡް އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އަދި މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ އެމަނިކުފާނުކަމުގައި  މުޙައްމަދު އަމީން ވިދާޅުވަނީ މައުރިބުކަރައިގެ ދަތުރުވެރިއެއް ކަމުގައިވާ އިބުނި ބަޠޫޠާ ގެ ދަތުރުނާމާ ގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ. މިދަތުރުނާމާ ލިޔުއްވާފައިވަނީ ބަޠޫޠާގެެ ހަނދާނުގެ މައްޗަށް ބުރަ ކުރައްވައިގެން، އެ ދަތުރުތައް ކޮށް ނިމުނުތާ އެތައް ދުވަހެއް ފަހުން، ކަމަށް އިބުނި ބަޠޫޠާގެ ދަރިވަރެއް ކަމުގައިވާ އިބުނި ޖަރޒީ އިއުތިރާފުން ސާބިތު ވެއެވެ. 

ދިވެހި ތާރީޚު ޢިލްމުގެ ބައްޕަ ކަމުގައި ބެލެވޭ އަލްޤާޟީ ޙަސަން ތާޖުދީނު، އޭނާގެ ތާރީޚުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވި ކަމަށް ލިޔުއްވާފައި ވަނީ މައުލާނައް ޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރޭޒީ ނަމަކަށްކިޔާ ފާރިސީއެކެވެ. ޙަސަން ތާޖުއްދީނުގެ މި ބަހުގެ ބިންގަލަކީ ހުކުރު މިސްކިތު މިހުރާބުގޭ ބިތުގައި ލިޔެވިފައިވާ ލިޔުމާއި ހުކުރު މިސްކިތުގައި ބެހެއްޓިފައި ހުރި ތާރީޚީ ފިލައެވެ. އަދި ހަމަ އެހެންމެ މައްޝޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ބުރަވެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުލާނަލް ޙާފިޡް ޔޫސުފު އައްތަބްރޭޒީ އެވެ. އެހެން ބޭފުޅަކު މި ސައިޓުގައި ލިޔުއްވާފައިވާ ފަދައިން އަޅުގަނޑަށްވެސް ބުރަ ވެވެނީ ދިވެހިރާއްޖެ އިސްލާމް ކުރެއްވީ ސަބަބަކީ މިދެންނެވި ބޭފުޅާވެސް ލިޔުއްވާފްއިވާ ފަދައިން، ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުގެ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވަނީ ހަމަ އެ މައުރިބުގެ ބޭފުޅާ ކަމުގައި ވެފައި، ދިވެހިރާއްޖޭގެ ތާރީޚު އިލްމުވެރީން ވިދާޅުވަމުން އައީ ރާއްޖެ އިސްލާމް ކުރެއްވީ ފާރިސްކަރައިގެ ބޭފުޅެއް ކަމަށްވާތީއެވެ. އަދި މައުރިބަކީ މެދުއިރުމަތީގެ ގައުމެއްކަމުގައި ވެފައި، ފާރިސްކަރައަކީ ޔޫރަޕްގެ ޤައުމަކަށް ވީކަމެވެ. އަރަބި ގައުމެއްގެ މީހަކު ދިވެހިރާއްޖެ އިސްލާން ކުރެއްވި ނަމަ ދިވެހިބަހުގައި ހުރި ދީނީ އިސްތިލާހުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އިސްތިލާހުތައް ހުރީހީ އަރަބި ބަހުން ކަން ކަށަވަރެވެ. ތިރީގައި އެވަނީ އެފަދަ އިޞްތިލާޙުތައް ދިވެހި، ޢަރަބި އަދި ފާރިސީ ބަހުން ބޭނުންކުރާގޮތެވެ. ދިވެހިބަހުން ކިޔާގޮތް ފާރިސީބަހުން ކިޔާގޮތް ޢަރަބިބަހުން ކިޔާގޮތް

   ނަމާދު	            ނަމާޛް	             ޞަލާތު
  ބަންގި	            ބަންގް	            އަޛާން
  ރޯދަ	          ރޯޛާ	             ޞައުމް
މިހުރިހާ ކަމަކުން ވެސް ސާބިތުވަނީ ދިވެހިރާއްޖެ އިސްލާން ކުރެއްވީ ފާރިސްކަރައަށް ނިސްބަތްވާ ބޭފުޅެއް ކަމެވެ. ކޮންމެ އަކަސް އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިން ދުށުމުގެ ކުރީގައި ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ތަބްރޭޒީގެފާނުގެ އަހަރުމަތިފުޅު ފާހަގަ ކުރުން އޮތެވެ. އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިންނަށް ލިބޭ ގޮތް ވުމުން އިބުނި ބަޠޫޠާ އަކީ އަރަބިންގެ މީހަކަށް ވާތީ އޭނާ ގެ ވާހަކަ ޒަމާނުއްސުރެ އެންމެހައި ދިވެހިން ތަވާތުރުގެ މަގުން ރިވާ ކުރަމުން އައި ވާހަކަ އަށް ވުރެ އިބުނި ބަޠޫޠާގެ ވާހަކަ އަށް އިސްކަމެއް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެއިރު ތިއްބެވި އިސްވެރީންނަށް ފެނުނީއެވެ. ބަހަވީ ހަމައަކުން ވިސްނާއިރު ދިވެހިރާއްޖެ އިސްލާން ކުރެއްވީ އަރަބި އަސްލަށް ނިސްބަތްވާ އަރަތްބެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ.