Jump to content

ޚިޔާލު:ދިވެހިރާއްޖެ

Page contents not supported in other languages.
ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

Editing Talk:ގުޖޭއްރާޔާއްރިހޫމްޖ


Here you should have used the DHIVEHI unicode font and this heading would have come in a niceway with proper dhivehi charcters. In the present form theis heading is comming in reverse font. Our Dhivehi language is written from right to left like in arabic language.

Best regards. Hassan Saeed

Hi Hassan. It is written in Unicode. The direction of the entire site is backwards, though. The text has been typed correctly... the site just needs to be changed.

including of business topic in this page.

[އުނިއިތުރު ގެންނަވާ]

as it has touched every area of the economy in a brief manner, i think it would be a good idea to include something about the business transactions done within the maldives and with its respected trading countries. dont you agree?? i mean, the maldives is currently a huge part of asia's business transactions, every day a huge number of trade occurs, so i just wanted to declare my thoughts for the benefit of the article. have a nice day... --LeX 04:14, 25 ޖޫން 2007

ރާއްޖެ އިސްލާމްވުން، މިސުރުޚީގެ ދަށުން ލިޔެފައިވާ މައުލޫމާތުތަކުގައި ހުރި ބައެއް ކުށް އިސްލާހުކުރުން.

[އުނިއިތުރު ގެންނަވާ]

ރާއްޖެ އިސްލާމްވުން މިސުރުޚީގެ ދަށުން ލިޔެފައިވާ މައުލޫމާތުގައި ބައެއް ކުށް ހުރުމުން އެތަންތަން ރަނގަޅުކުރަން ފެނެއެވެ. އެގޮތުން ހުރިބައެއް ކުށްތައް މިތާނގައި ފާހަގަކޮށްލާނަމެވެ. ވިކިޕިޑިއާއގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ކޮންމެ ފަރާތަކަށްވެސް އެލިޔުމަށް އިސްލާހު ގެނެވިދާނެކަން އަޅުގަނޑަށް އެނގޭއިރުވެސް ޚިޔާލު ސަފުހާގައި އެބައި ހިމަނާލަން ބޭނުންވީ އެތަންތަން އިސްލާހުކުރަން ޖެހޭ ސަބަބު ހާމަކޮށްދިނުމަށެވެ. އެހެންނޫނީ އެއީ "އާޓިކަލްތައް ހަލާކުކުރުން" ކަމުގައިވެދާނެތީއެވެ.

"އަދި މައުރިބަކީ މެދުއިރުމަތީގެ ގައުމެއްކަމުގައި ވެފައި، ފާރިސްކަރައަކީ ޔޫރަޕްގެ ޤައުމަކަށް ވީކަމެވެ." ލިޔުމުގައި އޮތް މިއިބާރާތުގައި މައުލޫމާތުގެ މައްސަލަ އެބަހުއްޓެވެ. އެހެނީ މަޣްރިބު (މޮރޮކޯ) އަކީ އެފްރިކާގެ ހުޅަނގުބިތުގައި ޔޫރަޕު ބައްރާ އެންމެ ކައިރީގައި އޮންނަ ގައުމެވެ. މެދުއިރުމައްޗޭ ބުނެވެނީ މެދުތެރޭ އޭޝިޔާގެ އިރުމަތީބިތުގެ ގައުމުތަކަށެވެ. ފަލަސްޠީނު، ސީރިއާ، ލުބުނާން ފަދަ ގައުމުތަކެވެ.

ފާރިސްކަރަ (އީރާން) އަކީ މެދުތެރޭ އޭޝިޔާގެ ގައުމެކެވެ. އެއީ ޔޫރަޕްގެ ގައުމެއް ނޫނެވެ. މައުލޫމާތުގެ ކުށްތައް މަތީގައިވާ ގޮތަށް އިސްލާހު ކުރެވިދާނެއެވެ. އަދި ދަންނަވަމެވެ. ލިޔުމުގައި ދައްކާފައިވާ ވާހަކަތަކަށް މާބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭ އިބާރާތަކަށް އެ އިބާރާތް ވާކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެއިބާރާތް އުނިކޮށްލިއަސް ލިޔުމުގެ މައުލޫމާތާއި އިބާރާތަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. ދެން އޮތް އަނެއް ވާހަކައަކީ "ތިރީގައި އެވަނީ އެފަދަ އިޞްތިލާޙުތައް ދިވެހި، ޢަރަބި އަދި ފާރިސީ ބަހުން ބޭނުންކުރާގޮތެވެ." މިއިބާރާތް ގެނެސްފައިވާއިރު އެ ވިދާޅުވި އިސްތިލާހުތައް ލިޔުމުގައި ނެތް ވާހަކައެވެ. އެއިސްތިލާހުތައް ހިމަނާލުން ރަނގަޅުކަމުގައި ދެކެމެވެ. ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އަރަތްބެއްގެ އައްމައްޗަށް ނަމަ، އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަންތަކުގެ ނަންތައް ހުރީހީ އަރަބި ލަފުޒުތަކުގެ އަސްލުންނެވެ. ނަމަވެސް އެ ނަންތައް ހުރީ ފާރިސީ ބަހުގެ އަސްލުންނެވެ. މިސާލު: ނަމާދު (ދިވެހި)، ނަމާޒު (ފާރިސީ)، ޞަލާތު( އަރަބި). ރޯދަ (ދ)، ރޯޒާ (ފ)، ޞިޔާމް (އ). ބަންގި (ދ)، ބަންގި (ފ)، އާޛާން (އ)

ވީމާ މިބަދަލުތައް ގެންނަން ތިޔަބޭފުޅުންނަށް ފެނޭތޯ ދަންނަވާލީމެވެ.

އިޝު 06:54, 17 މާރޗް 2010 (UTC)

ވަރަށް ބޮޑަށް ފެނޭ Deviathan 21:32, 18 މާރޗް 2010 (UTC)