ޖޯން އެޑަމްސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ John Adams އިން)
ޖޯން އެޑަމްސް
އެމެރިކާގެ ދެވަނަ ރައީސް
In office
މާރޗް 4 1797 – މާރޗް 4 1801
Vice Presidentތޯމަސް ޖެފަރސަން
ކުރިން މަގާމްގައި ހުންނެވީޖޯޖް ވޮޝިންގޓަން
Succeeded byތޯމަސް ޖެފަރސަން
Personal details
އުފަން ތާރީހްއޮކްޓޯބަރު 30، 1735
ބްރެއިން ޓްރީ، މާސަޗޫސިޓްސް
Diedޖުލައި 4 1826 (90 އަހަރުގައި)
ބްރެއިން ޓްރީ, މާސަޗޫސިޓްސް
Nationalityއެމެރިކަން
Spouse(s)އަބީޖައިލް ސްމިތު
Occupationގާނޫނީ ވަކީލުކަން (ގާނޫނީ ވަކީލެއް)
ދީންޔުނިޓޭރިއަން/ޔުނިޓޭރިއަން
Signature

ޖޯން އެޑަމްސް އަކީ އެމެރިކާގެ ދެވަނަ ރައީސެވެ. އޭނާ ރައީސް ކަން ކުރައްވާފައިވަނީ 1797 ން 1801 އަށެވެ. 1800 ވަނަ އަހަރުގެ އިންގިލާބާއި ގުޅިގެން ބޭއްވުނު އިންތިޚާބުގައި ތޯމަސް ޖެފަރސަން އާއި ވާދަ ކުރައްވައި ބަލިވެ ވަޑައިގެންނެވި އެވެ. ޖޯން އެޑަމްސް އަކީ އެެމެރިކާގެ ފުރަތަމަ ރިޔާސީ ދައުރުގެ ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނާއިބު ރައީސް ކަމުގައި 1789ން 1797 އަށް ހުންނެވި އެވެ.

30 އޮކްޓޯބަރު 1735 ގައި އުފަންވެ ވަޑައިގަތް ޖޯން އެޑަމްސް އަކީ އެމެރިކަން އިންގިލާބުގައި މާސަޗޫސެޓްސްގައި ހުންނެވި ސްޕަންސަރ އެވެ. އަދި 1770ގައި މާސަޗޫސިޓްސްގެ ޑިޕްލޮމެޓަކަށް ހަމަޖެހުނެވެ. 1776 ގައި އެމެރިކާ މިނިވަން ކުރުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގަތް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. ތޯމަސް ޖެފަރސަން ވިސްނަވާގޮތުން ޖޯން އެޑަމްސް އަކީ ކްލޯސަސް އޮފް އިންޑިޕެންޑެންސް އެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން އެމެރިކާގެ ސިޔާސީ ނިޒާމް ބައްޓަން ކުރުމަށް ތަފާތު ޚިޔާލުތައް ޖޯން އެޑަމްސް ދެއްވާފައި ވެއެވެ.


ދިރިއުޅުމުގެ ކުރީކޮޅު[އުނިއިތުރު ގެންނަވާ]

ޖޯން އެޑަމްސް އުފަންވެފައިވަނީ 22 އޮކްޓޯބަރު 1735ގައި ކަމަށް ބައެއް ލިޔުން ތަކުގައި ވާއިރު އަނެއްބައި ލިޔުންތަކުގައި އޮކްޓޯބަރު 30 އަދި އޮކްޓޯބަރު 19 ކަމަށް ވެސް ލިޔެފައި ވެއެވެ. ޖޯން އެޑަމްސް އަކީ އާއިލާގެ 3 ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާ އެވެ. އޭނާ އުފަންވީ މާސަޗޫސިޓްސްގެެ ބްރެއިންޓްރީ އޭ ކިޔުނު އަވަށަކަށެވެ. 1792ގައި މިއަވަށްވަނީ މާސަޗޫސިޓްސްގެ ކްއިންސީ އަވަށުގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައެވެ. ޖޯން އެޑަމްސް އުފަންވި ތަނަކީ މިހާރު އެޑަމްސް ނޭޝަނަލް ހިސްޓޮރިކަލް ޕާރކްގެ ބައެކެވެ. ޖޯން އެޑަމްސް ގެ ބައްޕަ ހެންރީ އެޑަމްސް އަކީ އިގިރޭސި ވިލާތުން މާސަޗޫސިޓްސް އަށް ހިޖުރަކުރި މީހެކެވެ.

ޖޯން އެޑަމްސް ގެ އުމުރުން 15 އަހަރުގައި ހާރވަޑް ކޮލެޖް އަށް ކިޔަވަން ދިޔައެވެ. ތިއޮލޮޖީ އިން ޑިގްރީ އެއް ޙާޞިލް ކުރުމުގެ ބަދަލުގައި އެކަން ދޫކޮށް ގާނޫނީ ދާއިރާ އަށް ލޯޔަރަކަށްވެ ވަޑައިގަތެވެ. 1755ގައި ހާރވަޑް ކޮލެޖުން ދަސްވެނިވުމަށްފަހު ދެތިން އަހަރު ވޯކެސްޓަރ ގެ ސުކޫލެއްގައި ކިޔަވައި ދިނުމަށް އުޅުނެވެ. އެއަށްފަހު ޖޭމްސް ޕުޓްނާމްގެ ލޯ ފާރމްގައި ގާނޫނީ ދާއިރާއިން ޢަމަލީ ތަޖުރިބާ ޙާޞިލް ކުރެއްވި އެވެ.

1764 ގައި ޖޯން އެޑަމްސް އާއި، މާސަޗޫސިޓްސްގެ ވޭމައުތުގައި ހުންނެވި ކޮންގްރެގޭޝަނަލް މިނިސްޓަރުގެ ދަރި ކަނބަލުން އަބީޖައިލް ސްމިތު އާއި ކައިވެނި ކުރެއްވި އެވެ. އެދެމަފިރިންނަށް 6 ކުދިން ލިބިލެއްވި އެވެ. އެއީ އަބީޖައިލް، ޖޯން ކްއިންސީ، ސުސާނާ، ޗާރލްސް، ތޯމަސް ބޯއިލްސްޓަން، އަދި އެލިޒަބަތު އެވެ. އެލިޒަބަތު ވަނީ ވިހެއުމުގެ ތެރޭގައި މަރުވެފައެވެ. ދެވަނަ ދަރިކަލުން ޖޯން ކްއިންސީ އެޑަމް އަކީ އެމެރިކާގެ 6 ވަނަ ރައީސެވެ.

ޖޯން އެޑަމްސް މަޝްހޫރު ވެގެންދިޔައީ އިގިރޭސިންގެ ޓެކްސް ނެގުމާއި އެއާ ބެހޭގޮތުން ގަވާއިދުތައް ހެއްދެވުމަށް ތައްޔާރު ކުރެއްވި ލިޔުންތަކުގެ ސަބަބުންނެވެ. 1774ގައި ޖޯން އެޑަމްސް ކޮންޓިނެންޓަލް ކޮންގްރެސްގައި ބައިވެރިވި އެވެ. 2 ޖުލައި 1776 ގައި ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ކޮންގްރެސް ގައި ގަބޫލުކުރި އެވެ.

ސިޔާސަތު[އުނިއިތުރު ގެންނަވާ]

އެޑަމްސް ގެ ކެބިނެޓް
އޮފީސް ނަން މުއްދަތު
ރައީސް ޖޯން އެޑަމްސް 1797 – 1801
ނައިބު ރައީސް ތޯމަސް ޖެފަރސަން 1797 – 17801
ސެކްރެޓަރީ އޮފް ސްޓޭޓް ޓިމޮތީ ޕިކެރިންގ 1797 – 1800
ޖޯން މާރޝަލް 1800 – 1801
ސެކްރެޓަރީ އޮފް ޓްރެޝަރީ އޮލިވަރ ވޮލްކޮޓް 1797 – 1801
ސެމުއެލް ޑެކްސްޓަރ 1801 – 
ސެކްރެޓަރީ އޮފް ވަރ ޖޭމްސް މެކް ހެންރީ 1796 – 1800
ސެމުއެލް ޑެކްސްޓަރ 1800 – 1801
އެޓަރނީ ޖެނެރަލް ޗާލްސް ލީ 1797 – 1801
ޕޯސްޓް މާސްޓަރ ޖެނެރަލް ޖޯސެފް ހެބަރޝަމް 1797 – 1801
Secretary of the Navy ބެންޖަމިން ސްޓޮޑާރޓް 1798 – 1801

ޖޯން އެޑަމްސް އަކީ 1765 ގައި ބޭއްވި ސްޓޭމްޕް އެކްޓް އާ ފާޅުގޮތެއްގައި ދެކޮޅު ހެއްދެވި ފަރާތެެކެވެ. މާސަޗޫސިޓްސްގެ ގާނޫނު ހަދާ މަޖުލީހުގެ މެންބަރުންނަށް ބްރެއިންޓްރީގެ އަހުލުވެރިންގެ ފަރާތުން ފޮނުވި ކަންތައްތައް ޑްރާފްޓްކޮށް ތައްޔާރު ކުރެއްވީ ޖޯން އެޑަމްސް އެވެ. ޖޯން އެޑަމްސް ތައްޔާރުކުރި މި ކަންތައްތައް ވެގެންދިޔައީ އެހެން ސްޓޭޓްތަކުގެ އަވަށްތަކުގެ އަހުލުވެރިންނަށް އެފަދައިން ޢަމަލު ކުރުމަށް ލިބުނު ނަމޫނާ މޮޑެލް އަކަށެވެ.

އޮގަސްޓް 1765 ގައި ބޮސްޓަން ގެޒެޓް ކިޔާ މަޖައްލާ އެއްގައި ޖޯން އެޑަމްސް ގެ ފާހަގަކުރެވޭ ތަފާތު 4 ލިޔުމެއް ޝާއިޢުކޮށްފައި ވެއެވެ. މިލިޔުންތަކުގައި ސްޓޭމްޕް އެކްޓާއި ދެކޮޅު ހެއްދެވީ ކީއްވެގެންކަން ޖޯން އެޑަމްސް ބަޔާންކޮށް ދެއްވާފައި ވެއެވެ.

ކޮންޓިނެންޓަލް ކޮންގްރެސް[އުނިއިތުރު ގެންނަވާ]

1774ން 1778 އަށް ކޮންޓިނެންޓަލް ކޮންގްރެސްގައި މާސަޗޫސިޓްސްގެ ފަރާތުން ބައިވެރިވެފައިވަނީ ޖޯން އެޑަމްސް އެވެ. ކޮންޓިނެންޓަލް ކޮންގްރެސް ގައި ފެށުނީއްސުރެ ޖޯން އެޑަމްސް ގެ ވާހަކަ ބިނާކޮށްފައި އޮތީ އިގިރޭސީންގެ ބާރުގެ ދަށުން ވަކިވެ، އަމިއްލަ ދައުލަތެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުމުގެ މައްޗަށެވެ.

15 މެއި 1776 ގައި އެމެރިކާގެ ކޮންމެ ސްޓޭޓަކުންވެސް އެސްޓޭޓެއްގެ ދުސްތޫރުތައް އެކުލަވާލުމަށް ކޮންޓިނެންޓަލް ކޮންގްރެސް ގައި ނިންމުނެވެ. މިއަދު ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް ސިފަކުރެވެނީ އިންގިލާބީ ބޮޑު ހަރަކާތެއްގެ ގޮތުގައެވެ. އަދި ކޮންގްރެސްގައި ކުރިން ބުނި ނިންމުންތައް ކަނޑައެޅިފަހުން އެކި ސްޓޭޓްތަކުން މަންދޫބުން އެއްތަނަކަށް އެއްވެ، ގައުމު ހިންގާނޭ ރަގަޅު ދުސްތޫރީ އޮނިގަނޑެއް ބިނާކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ.

ޔޫރަޕްގައި[އުނިއިތުރު ގެންނަވާ]

ކޮންޓިނެންޓަލް ކޮންގްރެސް ގައި މިނިސްޓަރ އޮފް ޕްލެނިޕޮޓެންޝަރީ ގެ މަގާމަށް ޖޯން އެޑަމްސް ހޮވުނެވެ. މިމަގާމްގެ ހުންނަ ބޭފުޅެއްގެ ބޭނުމަކީ އިގިރޭސި ސަރުކާރާއި އެކު، ޞުލްޙަޔާއި ވިޔަފާރީގެ އެއްބަސްވުން ތަކުގައި އެމެރިކާގެ ފަރާތުން ވާހަކަ ދައްކައި އެމެރިކާ ތަމްސީލު ކޮށްދިނުމެވެ. އެގޮތުން އިގިރޭސިންނާއި ވާހަކަ ދެއްކުމަށް 1779ގައި އެގައުމަށް ޖޯން އެޑަމްސް ގޮސްފައި ވެއެވެ.

ޖޯން އެޑަމްސް އަށް އެހީތެރިވުމަށް ތޯމަސް ޖެފަރސަން، ބެންޖަމިން ފްރެންކްލިން، ޖޯން ޖޭ ، އަދި ހެންރީ ލައުރެންސް ކަނޑައެޅުނެވެ. އަދި އިގިރޭސިންނާއި އެކު ބޭއްވި ވާހަކަ ތަކުގައި މައި ދައުރެއް އަދާކުރީ ޖޯން އެޑަމްސް، ޖޯން ޖޭ، އަދި ބެންޖަމިން ފްރެންކްލިން އެވެ. ފަރަންސޭސިންނާއި ވާހަކަ ދެއްކުމުގެ ބަދަލުގައި ޖޯން އެޑަމްސް ގެ ޓީމުން ސީދާ އިގިރޭސި ކޮމިޝަނަރާއި ބައްދަލުކޮށް ވާހަކަތައް ބޭއްވި އެވެ.

މިވާހަކަ ތަކުގައި އެޓްލާންޓިކް ކަނޑުގެ އައްސޭރީގައި އެމެރިކާ މީހުންނަށް މަސްވެރިކަން ކުރުމުގެ ޙައްގު ލިބެން ޖެހޭނެ ކަމަށް ޖޯން އެޑަމްސް ބުނެފައި ވެއެވެ. އިގިރޭސިންނާއި އެކު ބޭއްވި ވާހަކަ ތަކުގައި މިސިސިޕީ ކޯރުގެ އިރުން އޮތް ބިންތަކުގެ ތެރެއިން ފްލޮރިޑާ ފިޔަވައި އެހެން ބިންތައް އެމެރިކާ އަށް ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 30 ނޮވެެންބަރު 1782 ގައެވެ. ފްލޮރިޑާ ލިބުނީ ސްޕޭން އަށެވެ. މިވާހަކަތަކުގެ ކުރިން ޖޯން އެޑަމްސް ނެދަލޭންޑް އަށް ގޮސްފައި ވެއެވެ.

ނެދަލޭންޑް އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެމެރިކާ ދައުލަތެއްގެ ގޮތުގައި ގަބޫލުކޮށް އެމްބެސެޑަރު ކަނޑައެޅި ގައުމެވެ. އަދި ނެދަލޭންޑަށް އެމެރިކާ އިން ކަނޑައެޅި ފުރަތަމަ ސަފީރަކީ ވެސް ޖޯން އެޑަމްސް އެވެ. އޮކްޓޯބަރު 1782 ގައި ނެދަލޭންޑާއި އެމެރިކާ އާއި ދެމެދު ޓްރީޓީ އޮފް އެމިޓީ އެންޑް ކޮމާރސް އޭ ކިޔުނު އެއްބަސްވުމުގައި ސޮއިކުރެވުނެވެ. ނެދަލޭންޑްގައި ޖޯން އެޑަމްސް ހުންނެވި ގެއަކީ ބޭރުގައުމެއްގައި އެމެރިކާ އިން ހުޅުވި ފުރަތަމަ އެމްބަސީ ނުވަތަ ސަފާރާ ކަމަށް ވެގެން ދިޔައެވެ. 1785 ގައި އެމެރިކާއިން އިގިރޭސި ވިލާތެއް ކަނޑައެޅި ފުރަތަމަ ސަފީރަކަށް ޖޯން އެޑަމްސް ހަމަޖެހިގެން ދިޔައެވެ.

ގާނޫނީ ޚިޔާލުތައް[އުނިއިތުރު ގެންނަވާ]

މާސަޗޫސިޓްސްގެ އާ ދުސްތޫރު 1780 ވަނަ އަހަރު ތަޞްދީގުކޮށް ލިޔުނީ ޚުދު ޖޯން އެޑަމްސް އަމިއްލަ ނަފްސަށެވެ. ލަންޑަންގައި ހުރެ ޖޯން އެޑަމްސް އެމެރިކާ ސަރުކާރުގެ ދުސްތޫރު ހިމާޔަތްކުރުން މިސުރުޚީ އަށް ރިޕޯޓެއް ލިޔެ ޝާއިޢު ކޮށްފައިވެއެވެ. ޖޯން އެޑަމްސް ގެ ހަޔާތުގައި އަޅުން ގަނެގެން އަޅުން ލައްވައި މަސައްކަތް ކުރެއްވުމަށް ލޯބި ކުރައްވާފައެއް ނުވެއެވެ. އަދި ކަޅު ނަސްލުގެ މީހުން ސިފައިންގެ ގޮތުގައި އިންގިލާބުގައި ހަރަކާތްތެރިވުމާ ޖޯން އެޑަމްސް ވަނީ އިދިކޮޅު ހައްދަވާފައެވެ.

ނައިބު ރައީސްކަން[އުނިއިތުރު ގެންނަވާ]

1789 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ދެވަނަ ހޯއްދަވައިގެން އެމެރިކާގެ ފުރަތަމަ ރިޔާސީ ދައުރުގެ ނައިބު ރައީސެއްގެ މަގާމް ޖޯން އެޑަމްސް އަށް ލިބިވަޑައިގެންނެވި އެވެ. އަދި 1792 ވަނަ އަހަރު އަލުން މިމަގާމަށް ހޮވި ވަޑައިގަތެވެ. ސިޔާސީ ޕާޓީތައް އުފެދުމާއި ގުޅިގެން ޖޯން އެޑަމްސް ގުޅި ލެއްވީ ފެޑެރަލިސްޓް ޕާޓީ އާއި އެވެ. ފެޑެރަލިސްޓް ޕާޓީ އުފެއްދެވި އެލެގްޒެންޑަރ ހެމިލްޓަން އާއި ޖޯން އެޑަމްސް ގެ ގުޅުން އެއްވެސް ދުވަސްވަރެއްގައި އެހާ ރަގަޅެއް ނޫން ކަމުގައި ބުނެވެއެވެ. ނަމަވެސް ޖޯން އެޑަމްސް މަގާމުގެ ގޮތުން އިސްވުމުގެ ސަަބަބުން 1796ގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ތޯމަސް ޖެފަރސަން އާއި ވާދަކުރައްވާނެ ބޭފުޅަކަށް ފެޑެރަލިސްޓް ޕާޓީގެ ފަރާތުން ޖޯން އެޑަމްސް ހަމަޖެހިގެން ދިޔައެވެ.

1796ގެ އިންތިޚާބު[އުނިއިތުރު ގެންނަވާ]

ގެ ރިޔާސީ އިންތިޚާބުގައި ފެޑެރަލިސްޓް ޕާޓީގެ ކެންޑިޑޭޓަކީ ޖޯން އެޑަމްސް އެވެ. މީގެ އިތުރުން ދެކުނު ކެރޯލީނާގެ ގަވަރުނަރު ތޯމަސް ޕިކްނޭ ވެސް ފެޑެރަލިސްޓް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އެވެ. ފެޑެރަލިސްޓުން ބޭނުންވީ ޖޯން އެޑަމްސް ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް ކުރިމަތި ލައްވައި ތޯމަސް ޖެފަރސަން ބަލިކުރެއްވުމަށެވެ. މީގެ އިތުުރުން ވަރަށް ގިނަ ފެޑެރަލިސްޓުން އެލެގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓުންގެ ކެންޑިޑޭޓަކަށް ހަމަޖެހުމަށް ބޭނުންވި އެވެ. ނަމަވެސް ހެމިލްޓަން އުފަން ގައުމުގައި އެވަގުތު ދިރި ނޫޅޭތީ އޭނާ އަށް އެފުރުޞަތު ގެއްލުނެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޖޯން އެޑަމްސް ހުންނެވީ އުފަން އަވަށް މާސަޗޫސިޓްސްގެ ކްއިންސީ ގައެވެ. އޭނާ ބޭނުންވީ ހަމަޖެހިލައިގެން ހުރެ އިންތިޚާބު ކުރިއަށްދާ ގޮތް ބެލުމަށެވެ. ނަމަވެސް ފެޑެރަލިސްޓް ޕާޓީ އިން ވަރަށް ވަރުގަދަ އަށް ޖޯން އެޑަމްސް އަށް ކެމްޕޭން ކޮށްފައިވެއެވެ. އިންތިޚާބުގައި ޖޯން އެޑަމްސް އަށް ކުރި ލިބުނީ އެންމެ 3 ވޯޓް ކުރިހޯދައިގެންނެވެ. އިންތިޚާބީ ވޯޓްގައި ޖޯން އެޑަމްސް 71 ވޯޓް ހޯއްދެވިއިރު ޖެފަރސަން ލިބިވަޑައިގަތީ 68 ވޯޓެވެ. ޖެފަރސަން އަކީ ޖޯން އެޑަމްސް ރިޔާސީ ދައުރުގެ ނައިބު ރައީސެވެ. އަދި ޖޯން އެޑަމްސް އަށްފަހު އެމެރިކާގެ 3ވަނަ ރައީސްގެ ގޮތުގައި ރައީސްކަމަށް އިސްވި ބޭފުޅާ ވެސް މެއެވެ.

އެމެރިކާގެ ރިޔާސަތުގައި[އުނިއިތުރު ގެންނަވާ]

އެމެރިކާގެ ރައީސެއްގެ ހައިސިއްޔަތުން ޖޯން އެޑަމްސް ވިސްނުން ގެންގުޅުއްވީ ފަރަންސީސި އަދި އިގިރޭސިންގެ ވަކިތަކުން ދުރުވެ، ވޮޝިންގޓަން ގެންގުޅުއްވި ސިޔާސަތު ދެމެހެއްޓުމަށް ޓަކައެވެ. އިގިރޭސިންނާއި އެކު ހެދި ޖޭ ޓްރީޓީ ގެ އެއްބަސްވުމަށްފަހު ފަރަންސީސިން އެމެރިކާގެ ވިޔަފާރި ބޯޓްތައް ހިފަހައްޓަން ފެށިއެވެ.


ސިޔާސަތުތައް[އުނިއިތުރު ގެންނަވާ]

ޖޯން އެޑަމްސް މަސައްކަތް ކޮށްފައިވަނީ ވޮޝިންގޓަންގެ އުޞޫލްތަކާއި އެއްގޮތަށް ޖުމްހޫރީ ވެރިކަމެއް މިސާލެއް ދެއްކެވުމަށް ކަމަށްވުމާއެކު އޭނާގެ ވެރިކަމުގައި އެއްވެސް ކަހަލަ ސިޔާސީ ފަޟީޙަތެއް ކުރިމަތި ވެފައެއް ނުވެއެވެ. ބައެއް ތާރީޚީ މުޙައްލިލުން ދެކެލައްވާގޮތުން ޖޯން އެޑަމްސް ހެއްދެވި އެންމެ ބޮޑު ގޯހަކީ ޖޯން އެޑަމްސް އަމިއްލައަށް އިޚްތިޔާރުކުރި ކެބިނެޓްގެ ބަދަލުގައި އެލްގްޒެންޑަރ ހެމިލްޓަން އިޚްތިޔާރު ކުރި ކެބިނެޓެއް ދެމެހެއްޓެވުން ކަމެެވެ.

އެމެރިކާގެ ރިޔާސަތުގައި ޖޯން އެޑަމްސް ހޭދަކުރެއްވި މުއްދަތުގެތެރޭގައި އިގިރޭސިންނާއި ފަރަންސީސިންގެ ދެމެދުގައި ހަގުރާމަ ދިޔައީ ކުރެވެމުންނެވެ. ޖޯން އެޑަމްސް އާއި ފެޑެރަލިސްޓުން އިގިރޭސިންގެ ކޮޅަށް ޖެހުނު އިރު ތޯމަސް ޖެފަރސަން އާއި، ޑިމޮކްރެޓިކް ރިޕަބްލިކަންސް އޮތީ ފަރަންސީސިންގެ ކޮޅަށް ޖެހިފައެވެ. 1798 ގައި ފަރަންސީސިންނާއި އެމެރިކާ އާއި ދެމެދު ކްއޭސީ-ހަގުރާމަ ހިނގި އެވެ. އަދި 1798 ގައި އެލައިން އެންޑް ސެޑިޝަން އެކްޓްސް ގައި ޖޯން އެޑަމްސް ސޮއި ކުރިއެވެ.

ބަޔާންކުރެވުނު އެކްޓް ތައް ވަނީ ތަފާތު ވަކި 4 ބަޔަކަށް ބަހާލެވިފައެވެ. އެބައިތައް ތިރީގައި މިވަނީ އެވެ.

  • ނިއުޓްރަލައިޒޭޝަން އެކްޓް - ސޮއިކުރެވުނީ ކުރެވުނީ 18 ޖޫން 1798
  • އެލައިން ފްރެންޑް އެކްޓް - ސޮއިކުރެވުނީ 24 ޖޫން 1798
  • އެލައިން އެނެމީޒް އެކްޓް - ސޮއިކުރެވުނީ 6 ޖުލައި 1798
  • ސެޑިޝަން އެކްޓް - ސޮއިކުރެވުނީ 14 ޖުލައި 1798

ނިއުޓްރަލައިޒޭޝަން އެކްޓްގެ ދަށުން އެމެރިކާ އަށް އުފަންވާ ބޭރުމީހުންނަށް އެމެރިކާގެ ދޭސީއަކަށްވުމަށް ހޭދަކުރަން ޖެހޭ މުއްދަތު 14 އަހަރަށް އިތުރުވެގެން ދިޔައެވެ. އެލައިން ފްރެންޑް އެކްޓް އަދި އެލައިން އެނެމީޒް އެކްޓްގެ ދަށުން އެމެރިކާ އަށް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭ މީހެއް ކަމަށް ހީވާނަމަ އެމީހަކު އަބުރާ އެމެރިކާއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ ބާރު ރައީސަށް ލިބިދެއެވެ. ސެޑިޝަން އެކްޓްގެ ދަށުން ފެޑެރަލް ސަރުކާރަށް ޢާންމުންގެ ތެރޭގައި ފާޑުކިޔާ މީހުން ގާނޫނީގޮތުން ކުށްވެރި ވެއެވެ. އަދި އަދަބެއްގެ ގޮތުން 5-2 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުމާއި، 5-2 ހާހާއި ދެެމެދުގެ އަދަދަކަށް އެމެރިކާގެ ޑޮލަރުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

އާ ރިޔާސީ އިންތިޚާބު[އުނިއިތުރު ގެންނަވާ]

1799 ވަނަ އަހަރު ޖޯޖް ވޮޝިންގޓަން އަވަހާރަވުން ވެގެންދިޔައީ ފެޑެރަލިސްޓުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ. 1800 ވަނަ އަހަރު ގެ ރިޔާސީ އިންތިޚާބުގައި ޖޯން އެޑަމްސް ބަލިވެގެންދިޔައީ ވަރަށް ހަނިގޮތަކަށް އިންތިޚާބީ ވޯޓްގައި ނާކާމިޔާބު ވެގެންނެވެ. ބުނެވޭގޮތުގައި އެއިންތިޚާބުގައި ބަލިވުމުގައި ފެޑެރަލިސްޓުން މަތީ ބައެއް ބޭފުޅުން ޖޯން އެޑަމްސް އިދިކޮޅަށް ތިއްބެވުން ހިމެނެއެވެ. މިއިންތިޚާބުގައި ޖެފަރސަން ކާމިޔާބުކުރެއްވީ އެންމެ 8 ވޯޓްގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.

ރައީސް ކަމުގައި ކުރެއްވި މުހިއްމު ބައެއް ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • އެމެރިކަން ނޭވީ އުފެއްދެވުން
  • ފަރަންސޭސި ވިލާތާއި ދެމެދު ކްއޭސީ ހަގުރާމަ ހިނގުން
  • އެލައިން އެންޑް ސެޑިޝަން އެކްޓްސް ގައި ސޮއިކުރުން
  • ޑިޕްލޮމެޓިކުންގެ އެހީގައި ފަރަންސޭސި ވިލާތާއި ދެމެދު ހިނގި ހަގުރާމަ ނިންމެވުން

ރައީސް ކަމުގައި ހުންނަވައި ދެއްވި ތަގްރީރުތައް[އުނިއިތުރު ގެންނަވާ]

  • ރައީސްކަމަށް އިސްވެ ދެއްވި ތަގްރީރު - 4 މާރޗް 1797
  • ފުރަތަމަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 22 ނޮވެންބަރު 1797
  • ދެވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 8 ޑިސެމްބަރު 1798
  • ތިންވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 3 ޑިސެމްބަރު 1799
  • ހަތަރުވަނަ ސްޓޭޓް ޔޫނިއަންގެ ތަގްރީރު - 22 ނޮވެންބަރު 1800

ޖޯން އެޑަމްސް އެކުލަވާލި ކެބިނެޓް[އުނިއިތުރު ގެންނަވާ]

ރައީސް ކަމަށްފަހު[އުނިއިތުރު ގެންނަވާ]

1800 ވަނަ އަހަރު އިންތިޚާބު ތޯމަސް ޖެފަރސަން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޖޯން އެޑަމްސް އެބުރި އޭނާގެ އަވަށް ކްއިންސީ އަށް ދިޔައެވެ. ތޯމަސް ޖެފަރސަންގެ ރައީސްކަމަށް ހަވާލުވުމަށް ބޭއްވުނު ހަފްލާ އަކަށް ޖޯން އެޑަމްސް ޙާޟިރެއް ނުވެއެވެ. 1812 ވަނަ އަހަރު ޖެފަރސަން އާއި ޖޯން އެޑަމްސް އާއި ދެމެދު އޮތް ނުތަނަވަސް ފިލުވާލައި ތޯމަސް ޖެފަރސަން އާއި ރަހުމަތްތެރިކަން ގާއިމް ކުރިއެވެ. ޖޯން އެޑަމްސް ފޮނުވި ސިޓީ އަށް ފަހު ޖެފަރސަން ޖޯން އެޑަމްސް އާއި ރަހުމަތްތެރިކަން ގާއިމްކޮށް، ދާއިމީ ރަހުމަތްތެރި އަދި ލަފާދޭ މީހެއްގެ ގޮތުގައި ގަބޫލު ކުރިއެވެ.

ޖޯން އެޑަމްސް އަވަހާރަވުމުގެ 16 މަސް ކުރިން އެމެރިކާގެ 6 ވަނަ ރައީސް ކަމަށް ޖޯން އެޑަމްސް ގެ ދެވަނަ ދަރިކަލުން ޖޯން ކްއިންސީ އެޑަމްސް އިސްކުރެވުނެވެ. 2001 ގައި އެމެރިކާގެ ރައީސް ކަމަށް ޖޯޖް ވޯލްކަރ ބުޝް އިސްވުމާއި ހަމައަށް ޖޯން ކްއިންސީ އެޑަމްސް ވެފައިވަނީ އެމެރިކާގެ ތާރީޚްގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ ދަރިއެއްގެ ގޮތުގައި ރައީސްކަމަށް އެރުއްވި ފުރަތަމަ ބޭފުޅާގެ ގޮތުގައެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ޖޯން އެޑަމްސް އަވަހާރަވީ 4 ޖުލައި 1826 ގައި ކްއިންސީގައި ހުރި އޭނާގެ އަމިއްލަ ގެކޮޅުގައެވެ. ޖޯން އެޑަމްސް އެންމެ ފަހު ބަހަކަށް ބުނެފައިވަނީ ތޯމަސް ޖެފަރސަން ސަލާމަތްވާހުށި! މިހެންނެވެ. އެކަމަކު ޖޯން އެޑަމްސް މިހެން ބުނިއިރު އެދުވަހުގެ ތަންކޮޅެއް ކުރީގެ ވަގުތެއްގައި ޖޯން އެޑަމްސް ގެ ސިޔާސީ ވާދަވެރިޔާ، ދުވަސްވީ ރަހުމަތްތެރިޔާ، ތޯމަސް ޖެފަރސަންވަނީ އަވަހާރަ ވެފައެވެ. ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ 3ވަނަ ރައީސެވެ.

ޖޯން އެޑަމްސްގެ މަހާނަ

ޖޯން އެޑަމްސް ގެ މަހާނަ ނުވަތަ ސަންދޯން ބޭއްވިފައިވަނީ މާސަޗޫސިޓްސްގެ ކްއިންސީގައި ހުންނަ ޔުނައިޓެޑް ފަސްޓް ޕެރިޝް ފައްޅީ ގައެވެ. 2001 ގައި ރޮނާލްޑް ރޭގަން އަވަހާރަ ވުމާއި ހަމައަށް އެންމެ ދިގު މުއްދަތަކަށް ދިރި ދުނިޔޭގައި ހުންނެވި އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅާގެ ލަގަބު އޮތީ ޖޯން އެޑަމްސް އަށެވެ. އެއީ 90 އަހަރާއި 247 ދުވަހެވެ. އެހެން ކަމުން މިރިކޯޑް 175 އަހަރު ވަންދެން ޖޯން އެޑަމްސް އަށް ލިބިފައި އޮތެވެ. އޭގެ ފަހުން މިރިކޯޑް ވަނީ ގެރަލްޑް ފޯރޑް އަށް ލިބިފައެވެ. 26 ޑިސެމްބަރ 2006 ގައި ގެރަލްޑް ފޯރޑް އަވަހާރަވި އިރު އުމުރު ފުޅަކީ 93 އަަހަރާއި 165 ދުވަހެވެ.

ދީނީ ތަޞައްވުރު[އުނިއިތުރު ގެންނަވާ]

ޖޯން އެޑަމްސް އަކީ ކޮންގްރެގޭޝަނަލިސްޓެއްގެ ގޮތުގައި ހުރެފައި ޔުނިޓޭރިއަން އަކަށް ބަދަލުވި ބޭފުޅެކެވެ. އެއީ އެދުވަސް ވަރު ޖޯން އެޑަމްސް އުޅުއްވި ބޮސްޓަންގެ ފައްޅިތައް ޔުނިޓޭރިއަނިޒަމް އަށް ބަދަލުވެގެން ގޮސްފައިވާތީ އެވެ. ކެތޮލިކް ފައްޅިތަކާއި އިދިކޮޅަށް ޖޯން އެޑަމްސް މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެވެއެވެ. ޖޯން އެޑަމްސް ބުނެފައިވާ ތަފާތު ބަސްތަކުންނާއި. ލިޔެފައިވާ ތަފާތު ލިޔުންތަކުން އޭނާއަކީ އެތީސްޓެއް ނޫންކަން ވަރަށް ރަގަޅަށް ހާމަވެއެވެ. އެހެންކަމުން އޭނާ އަކީ އެތީސްޓެއްކަމަށް ބުނާބުނުން ގަބޫލުކުރަން ދަތިވެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]