ދެނެވަޑައިގަންނަވަމުތޯ؟؟ (އަރުޝީފް)

ވިކިޕީޑިއާ އިން
(މިސްރާބުކުރެވުނީ Did You Know Archives އިން)
ފުންމަވާ: ސަމުގާ, ހޯއްދަވާ

މިސަފްހާގައި އެކުލެވިގެންވާނީ ކޮންމެ މަހަކު މައި ސަފްހާގައި އެކުލެވިފައިވާ ދެނެވަޑައިގަންނަވަމުތޯ؟؟ ބައިގައި އަޅުގަނޑުމެން ހިމަނާފައިވާ މައުލޫމާތެވެ. ވިދާޅުވެލައްވާށެވެ!

02/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟

Ostritch.gif
  • 200,000 އޮސްޓްރިޗާއި ބޭހޭގޮތުން 80 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކުރެވިފައިވާ ދިރާސާއެއްގައި އޮސްޓްރިޗެއް ބިމުގެ ތެރެއަށް ބޯލައި އެސޮރުގެ ބޯ ބިމުގެ އަޑީގައި ވަޅުލި ކަމަށް އެއްވެސް މީހެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
  • ކޮންމެ އިނަސާނެއްވެސް ދުވާލެއްގެ މައްޗަށް 1 ލިޓަރު ކުޅު އަނގައި ގެ ތެރޭގައި އުފައްދައެވެ.
  • އެންމެ ފުރަތަމަ މިލްކް ޗޮކުލެޓް އުފެއްދީ ޑެނިއެލް ޕީޓާރ އެވެ. ނަމަވެސް މީނާ ފަހުން މިލްކް ޗޮކުލެޓް ހަދާގޮތާއި އޭގެ ސިއްރުތައް ހެންރީ ނެސްޓްލޭ އަށް ވިއްކާލީއެވެ.
  • މޮޓޯރ ކާރުގެ ކުރީގައިވެސް ދުނިޔޭގައި ޓުރެފިކް ބައްތި ބޭނުން ކުރިއެވެ.
  • ދުނިޔޭގައި ކުރެވުނު އެންމެކުރު ހަނގުރާމައެއް ކަމަށް ލިއެވިފައިވަނީ ޒަންޒިބަރ އާއި އިނގިރޭސީންނާ ދެމެދު ކުރެވުނު ހަނގުރާމައެވެ. ޒަންޒިބަރ ހަނގުރާމައިން އަމާން ދިނީ ހަނގުރާމަ ފެށިތާ 38 މިނެޓު ފަހުންނެވެ.


03/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟

Taj.jpg
  • ބްލޫ ވޭލްގެ ދޫ މަތީގައި އެއްފަހަރާ 50 މީހުންނަށް ތިބެވިދާނެވެ. ބޮޑު މަހުގެ ދުލަކީ އެހާމެ ބޮޑު އެއްޗެކެވެ.
  • 1999 ގައި ޓައިވާނުގައި ލިން ޗީ-ފާ ނަމަކަށް ކިޔުނު މީހަކަށް 03 ބޯ ލާފައިވާ ވެލާ ކަހަނބެއް ފެނުނެވެ.
  • އިންޑިޔާގެ ތާޖް-މަހަލް ބިނާކުރުމަށް 11 އަހަރު ނެގިއެވެ. އެއީ 1643-1632 އެވެ.
  • ޓައިޓޭނިކް އަޑިޔަށް ދިޔައިރު އޭގައި 2،227 މީހުން ތިއްބެވެ. އޭގެ ތެރެއިން ސަލާމަތްވީ އެންމެ 705 މީހުންނެވެ.
  • ޤުދުރަތީ މުސީބާތް ތަކުގެ ތެރެއިން 20 ވަނަ ޤަރުނުގައި ބިންހެލުމުގެ ސަބަބުން 03 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
  • ދުނިޔޭގައި މަރުވުމަށް ފަހުގައި ދިރުމެއްވާކަން ޤަބޫލު ކުރަނީ 10 މީހުންގެ ތެރެއިން އެންމެ ދެ މީހުންނެވެ.


04/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟

Barbie.jpg
* ފުރާ ފުރިހަމަވެފައިވާ އިންސާނެއްގެ ހަށިގަނޑުގައިވާނީ 206 ކަށިގަނޑެވެ. އެހެންނަމަވެސް ކުޑަކުއްޖެއްގެ ހަށިގަނޑު އެކުލެވިފައިވަނީ 300 ކަށި ކޮޅުގެ މައްޗަށެވެ. ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް އެއްކަށިކޮޅު އަނެކައްޗާއި ގުޅި އެކަތިގަނޑަކަށް ވެއެވެ.
  • އީ-މެއިލްގެ ޒަރިއްޔާ އިން 35 ބިލިއަން އީ-މެއިލް ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަން ކޮޅުތަކަށް އެކި ގޮތް ގޮތުން ފޮނުވާލެވެއެވެ.
  • ދުވާލަކު ދަސްކޮށް ހަނދާންކުރާ ތެކެތީގެ ތެރެއިން %80 އަހަރެމެން ހަނދާން ނެތެއެވެ.
  • ބާރބީ ގެ ފުރިހަމަ ނަމަކީ ބާރބަރާ މިލިސެންޓް ރޮބާޓްސް އެވެ.
  • 12,345,678,987,654,321 = 111،111،111 × 111،111،111
  • ކޯމަހަކީ އޭތި ނިދާ އިރު އެއް ލޯ ހުޅުވައިގެން ނިދާ މަހެކެވެ.
  • ބިމުން މައްޗަށް ނުފުންމޭ ހަމައެކަނި މަންމަލި ޖަނަވާރަކީ އެތެވެ.


05/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟

Man-kartoon.gif
* ދުނިޔޭގައި 2700އަށް ވުރެ ގިނަ ބަހުރުވައިން މީހުން ވާހަކަ ދައްކައެވެ.
  • ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން މީހުންގެ މަގްބޫލު ކަން އެންމެ ލިބިފައިވަނީ ޓޮމާޓޯ އަށެވެ.
  • ޓައިޕް ރައިޓަރެއްގެ އެހީގައި އެންމެ ފުރަތަމަ ލިޔެވުނު ވާހަކަ އަކީ ޓޮމް ސޯޔަރ އެވެ.
  • އަންހެނުންގެ އިވުމުގެ ހިއްސު ފިރިހެނުންނަށް ވުރެ ގަދަވާނެއެވެ. އެހެންނަމަވެސް ފިރިހެނުންގެ ފެނުމުގެ ހިއްސު އަންހެނުންގެ ފެނުމުގެ ހިއްސަށް ވުރެ ދެރައެވެ.
  • ފަހަތަށް އުދުހުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ހަމަ އެކަނި ދޫންޏަކީ ހަމިން ބާޑް އެވެ.
  • ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 50% އަށް ވުރެ ގިނަ މީހުން ދުވަހަކުވެސް ފޯން ކޯލެއް ކޮށްފައެއްނުވެއެވެ. އަދި ފޯން ކޯލެއް ލިބިފައެއްވެސް ނުވެއެވެ.


06/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟

Giraffe-kartoon.jpg
  • ހިޕޮޕޮޓަމަސް ނުވަތަ ނީލަގެރި އަކީ މިބިމުގައި 3 ވަނަ އަށް ދިރިއުޅޭ އެންމެ ބޮޑު ޖަނަވާރެވެ.
  • ދުނިޔޭގައި އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ ދިގު ޖަނަވާރަކީ ޖިރާފް އެވެ.
  • އެންމެ ފުރަތަމަ މަތިންދާ ބޯޓު އުފައްދާފައިވަނީ ދެބެއިން ކަމަށްވާ އޯރވިލް ރައިޓް އާއި ވިލްބަރ ރައިޓް އެވެ.
  • ލައިބީރިޔާ މިނިވަން ވެފައިވަނީ 26 ޖުލައި 1847 ގައެވެ.
  • އެންމެ ފުރަތަމަ ބައިސްކަލް އުފައްދާފައިވަނީ 1817ގައި ބެރޮން ވެން ޑްރެއިސް ނަމަކަށް ކިޔާ މީހެކެވެ.
  • އޯލްޒައިމަރސް ޑިޒީޒް އެންމެ ފުރަތަމަ ހޯދާފައިވަނީ އެލޮއިސް އޯލްޒައިމަރ ކިޔާ މީހެކެވެ.
  • އިންސާނާގެ ސިކުނޑީގެ %75 އަކީ ފެނެވެ.


07/2007 - ދެނެވަޑައިގަންނަވަމުތޯ؟؟؟

Giraffe-kartoon.jpg
  • ބޮޑުވެފައިވާ ބުޅަލަކަށް ގަޑިއަކު 20 ކިލޯމީޓަރަށް ދުވެވޭނެއެވެ.
  • ދެ އިންސާނެއްގެ ފިންގަރ ޕްރިންޓް އެއްގޮތް ނުވާފަދައިން ދެ ޒިބްރާއެއްގެ ރޮނގު ތަކެއް އެއްގޮތެއް ނުވާނެއެވެ.
  • 24 ގަޑި އިރުގެތެރޭގައި އިންސާނަކު 23,040 ފަހަރު ނޭވާލައެވެ.
  • އަންހެނެއްގެ އެވްރެޖް އިސްކޮޅު ފިރިހެނެއްގެ އިސްކޮޅާއި ބަލައި 5 އިންޗް ކުރުވާނެއެވެ.
  • އާދީއްތަ ދުވަހަކުން މައްސަރު ފެށޭނަމަ އެމަހެއްގެ 13 ވަނަ ދުވަސް އަންނާނީ ހުކުރު ދުވަހަކަށެވެ.
  • އޮސްޓްރިޗް ނަމަކަށް ކިޔޭ ދޫނީގެ ލޯ އޭތީގެ ސިކުނޑިއަށް ވުރެ ބޮޑެވެ.
  • ޓައިޕް ރައިޓަރެއްގެ އެހީގައި އެންމެ ފުރަތަމަ ލިޔެވުނު ވާހަކަ އަކީ ޓޮމް ސޯޔަރ އެވެ.
  • އަންހެނުންގެ އިވުމުގެ ހިއްސު ފިރިހެނުންނަށް ވުރެ ގަދަވާނެއެވެ. އެހެންނަމަވެސް އަންހެނުންގެ ފެނުމުގެ ހިއްސު ފިރިހެނުންގެ ފެނުމުގެ ހިއްސަށް ވުރެ ދެރައެވެ.
  • ފަހަތަށް އުދުހުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ހަމަ އެކަނި ދޫންޏަކީ ހަމިން ބާޑް އެވެ.
  • ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 50% އަށް ވުރެ ގިނަ މީހުން ދުވަހަކު ވެސް ފޯން ކޯލެއް ކޮށްފައެއްނުވެއެވެ. އަދި ފޯން ކޯލެއް ލިބިފައެއްވެސް ނުވެއެވެ.



03/2012 ދެނެވަޑައިގަންނަވަމުތޯ؟؟؟

ދުނިޔެ އޭގެ ނާރެސްމަތީގައި ފުރިހަމަ ބުރެއް ޖެހުމަށް ނަގަނި އެއް ދުވަހެވެ. އަދި އިރުގެ ވަށައިގެން ދުނިޔެ ބުރެއް ފުރިހަމަ ކުރަނީ އަހަރު ދުވަހުންނެވެ. ނަމަވެސް މިކަންކަން ހިނގާ ވަގުތުތައް ހީކުރާހައި ބަރާބަރެއް ނޫނެވެ. އެހެންކަމުން ކަލަންޑަރު އަހަރަކި 365 ދުވަހާއި 5 ގަޑިއިރާއި 48 މިނިޓު އަދި 45 ސިކުންތެވެ. މި އިތުރުވާ ގަޑިއާއި ސިކުންތު ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އިތުރު ދުވަހެއްގެ ގޮތުގައި، ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ގޮތުގައި، ގުނަނީ އެވެ. މިހެން ދިމާވާ އަހަރަށް ކިޔަނީ ލީޕް އަހަރެވެ. އެހެންކަމުން ކޮންމެ 4 އަހަރުން 1 އަހަރަކީ ލީޕް އަހަރެކެވެ.

2012 ވަނަ އަހަރަކީ ވެސް ލީޕް އަހަރެކެވެ. ހަމަ މިފަދައިން 2008، 2004 އަދި 2000 ވަނަ އަހަރަކީ ވެސް ލީޕް އަހަރެވެ.

ޗައިނާ މީހުންގެ ކަލަންޑަރުގައި ކޮންމެ 3 އަހަރަކުން އެއް އަހަރު ލީޕް މަހެއް އޮވެއެވެ. އެ މަހަށް ދޭ ނަމަކީ އޭގެ ކުރީ މަހުގެ ނަމެވެ. ޔަހޫދީންގެ ކަލަންޑަރުގައި ކޮންމެ 19 އަހަރުގެ ބުރެއްގައި 7 ލީޕް އަހަރު އޮވެއެވެ.

މީލާދީ ކަލަންޑަރުގެ ލީޕް ދުވަހު އުފަންވުމުގެ ފުރުސަތު ކަމަށް ބަލަނީ ކޮންމެ މިލިއަނަކުން 680 މީހުން ކަމަށެވެ. އެހެން ކަމުން 4 މިލިއަނަށް ވުރެ ގިނަ މީހުން (މިހާރު ދުނިޔޭގެ އާބާދީ އަކީ 7 ބިލިއަން) އެމީހުންގެ އުފަންދުވަހަކީ ލީޕް ދުވަސް، ނުވަތަ ފެބްރުއަރި މަހުގެ 29 ވަނަ ދުވަހެވެ. އަހަރުގެ އެނޫން ކޮންމެ ދުވަހެއްގައި 19 މިލިއަން މީހުންގެ އުފަން ދުވަސް ފާހަގަ ކުރެވެއެވެ.

ކަނބަލުން ނޭވެ. ތިޔަ ކަނބަލުންނަށް ލޯބިވެރިންގެ ދުވަހު ކައިވެނީގެ ހުށަހެޅުން ނުލިބިއްޖެ ނަމަ، ކަންބޮޑު ނުވާށެވެ. ފެބްރުއަރީ 29 އަކީ ތިޔަ ކަނބަކލުން ފިރިހެނުންގެ ފަރާތުން އެދެންވީ ދުވަސް ކަމުގައި ސަގާފީ ގޮތުން ގަބޫލުކުރެއެވެ.

ރިޔާދޯނި އެންމެ ފުރަތަމަ އުފެއްދީ މިސްރުގައެވެ. އެންމެ ފުރަތަމަ ހޮޓެލްޗެއިން އަކީ ހިލްޓަންއެވެ. ޔުނައިޓެޑް ސްޓޭޓްސްގެ ފުރަތަމަ ވެރިރަށަކީ ނިއުޔޯކެވެ. އިނގިރޭސި ބަހުގެ ފުރަތަމަ ރަދީފް ލިޔެވުނީ 1755 ގައެވެ. 1 މިލިއަން މީހުން ފުރަތަމ ހަމަވި ސިޓީއަކީ ލަންޑަނެވެ. ފުރަތަމަ ރޭލުގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 8 ކިލޯމީޓަރު (ގަޑިއަކު 5 މޭލު) އެވެ. ކަރުދާހު ފައިސާ އެންމެ ފުރަތަމަ ބޭނުންކުރެވުނީ ޗައިނާގައެވެ. ދަރިވައްޓަލުން ހުއްދަކުރި ފުރަތަމަ ގައުމަކީ އައިސްލެންޑް އެވެ. އަންހެނުންނަށް ވޯޓްލުން ހުއްދަކުރި ފުރަތަމަ ގައުމަކީ ނިއުޒިލެންޑްއެވެ. ދަތްއުނގުޅާ ބުރުސް އުފެއްދީ 1498 ގައެވެ.

02/2014 - ދެނެވަޑައިގަންނަވަމުތޯ؟؟؟

ރިޔާދޯނި އެންމެ ފުރަތަމަ އުފެއްދީ މިސްރުގައެވެ.

އެންމެ ފުރަތަމަ ހޮޓެލްޗެއިން އަކީ ހިލްޓަން އެވެ.

ޔުނައިޓެޑް ސްޓޭޓްސްގެ ފުރަތަމަ ވެރިރަށަކީ ނިއުޔޯކެވެ.

އިނގިރޭސި ބަހުގެ ފުރަތަމަ ރަދީފް ލިޔެވުނީ 1755 ގައެވެ.

1 މިލިއަން މީހުން ފުރަތަމ ހަމަވި ސިޓީއަކީ ލަންޑަނެވެ.

ފުރަތަމަ ރޭލުގެ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 8 ކިލޯމީޓަރު (ގަޑިއަކު 5 މޭލު) އެވެ.

ކަރުދާހު ފައިސާ އެންމެ ފުރަތަމަ ބޭނުންކުރެވުނީ ޗައިނާ ގައެވެ.

ދަރިވައްޓަލުން ހުއްދަކުރި ފުރަތަމަ ގައުމަކީ އައިސްލެންޑް އެވެ.

އަންހެނުންނަށް ވޯޓްލުން ހުއްދަކުރި ފުރަތަމަ ގައުމަކީ ނިއުޒިލެންޑް އެވެ.

ދަތްއުނގުޅާ ބުރުސް އުފެއްދީ 1498 ގައެވެ.