3 ނޮވެމްބަރ 1988

ވިކިޕީޑިއާ އިންވިކިޕީޑިއާ

3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާއަކީ ރާއްޖެއަށް ކުރިމަތިވި ވަރަށް ބޮޑު ޢުދުވާނެކެވެ. މިއީ ރާއްޖޭގެ މަދު ބަޔަކު އަޑީގައި ތިބެގެންނާއި ދިވެހި ޣައްދާރުންގެ ބަޔަކު އިސްކޮށް ހަރަކާތްތެރިވެގެން ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ( ޕްލޯޓް ) ޖަމާޢަތުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ރާއްޖެ ގެނެސްގެން ދީފައިވާ ނުރައްކާތެރި ޢުދުވާނީ ހަމާލާއެކެވެ. މި ހަމަލާގައި ދިވެހިރައްޔިތުންގެ ތެރެއިން 19 ބޭކަލަކު ޝަހީދުވެފައިވެއެވެ. އޭގެ ތެރެއިން 8 ބޭކަލުންނަކީ ސިފައިންގެ (އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާރވިސް ގެ) ބޭކަލުންނެވެ. އަނެއް 11 ބޭކަލުންނަކީ އާންމު ރައްޔިތުންނެވެ. މިހަމަލާއަކީ އޭރު ރާއްޖޭގައިއޮތްޤާނޫނީ ސަރުކާރު ވައްޓާލުމަށްޓަކައި ހިންގިއެކެވެ. އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ މއ. ކިނބިގަސްދޮށުގޭ އަލްއުސްތާޛު މައުމޫންހގޔހސގޔުސޖޖއނެހެ7ެ8 ޢަބްދުލްޤައްޔޫމެވެ.

3 ނޮވެމްބަރުގެ ޚާއިނުން[އުނިއިތުރު ގެންނަވާ]

3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާ ރާވާ ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް ( ޕައިލޮޓް ނަޢީމް )، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި ޢުމަރު ޖަމާލެވެ.





ޢަބްދުﷲ ލުޠުފީ އާއި ޕްލޯޓް ޖަމާޢަތް[އުނިއިތުރު ގެންނަވާ]

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ދިވެހިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. އޭނާއަކީ އޭނާގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން އެތައް ފަހަރެއްގެމަތިން އަދަބު ލިބިފައިވާ މީހެކެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަކޮށްލުމަށް ހަތިޔާރު އެތެރެކުރި މައްސަލައެއްގައިވެސް އޭނާވަނީ ބައިވެރިވެފައެވެ.

ލުޠުފީގެ ކުށުގެ ސިލްސިލާ ފެށިފައިވަނީ 1972 ގައެވެ. ތަފާތު ކުށްތަކުގައި އަދަބު ލިބެމުން އައިސް 1986 ވަނަ އަހަރު ކުރި ކުށަކާގުޅިގެން ލުޠުފީ ހުރީ ގޭގައި ބަންދުކޮށްފައެވެ. އެފަހަރު ގޭގައި ބަންދުގައި ހުރިހުރުމުގައި ސަރުކާރު ބަދަލުކޮށްލުމުގެ ވާހަކަ އޭނާގެ ގާތް ބައެއް ރަޙުމަތްތެރިންގެ ކައިރީގައި ދައްކާފައިވެއެވެ. ލުޠުފީ މިނިވަންވެގެން ސްރީލަންކާއަށް ގޮސް އުޅުނު އުޅުމުގައި ބަބުޅަޕިޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ގޮސް އުޅުނު އުޅުމުގައި " ރުޑުލާ" ނަމަކަށްކިޔާ ތަމަޅައަކާ ރައްޓެހިވިއެވެ. 1987 ވަނަ އަހަރުގެ ޖޫންމަހު ޕްލޯޓް ޖަމާޢަތުގެ އެންމެ އިސްވެރިޔާ ލުޠުފީ އާ ބައްދަލުކުރަން ބޭނުންވާހަކަ ރުޑުލާ ބުންޏެވެ. އަދި ލުޠުފީ ޕްލޯޓް ޖަމާޢަތުގެ ކޮމާންޑަރ އިން ޗީފް މިސްޓަރ ޖާނޫ ( ވަސަންތީ ) އާ ބައްދަލުކުރިއެވެ. 1987 ވަނަ އަހަރުގެ ފަހުކޮޅު ވަސަންތީ ބުނެގެން ލުތުފީ އުމާ މަހޭޝްވަރަމް އާ ބައްދަލުކުރިއެވެ. ފުރަތަމަ ދެކެވުނީ ވިޔަފާރީގެ ވާހަކައެވެ. ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލުމުގެ ވާހަކަ ދެކެވުނީ 1988 ފެބްރުއަރީ މަހު މިދެމީހުންގެ ދެމެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމުގައެވެ. އެއަހަރުގެ މާޗް މަހުގެ ތެރޭގައި ތަމަޅަ ހަނގުރާމަވެރިން،ދިވެހި ސިފައިން ބޭނުންކުރާ ހަތިޔާރާއި ސިފައިން ޑިއުޓީ މަރާ ތަންތަންބަލާ ރެކީ ކުރުމަށް ރާއްޖެއައެކެވެ. ޢަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރު ބައްދަލުވީ އެއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ޖުލައި 26 އާ ދިމާކޮށް ވަސަންތީ މާލެ އައިސް ސިފައިންގެ ރަސްމީ ޕެރޭޑާއި ކުޅިވަރު ބަލަން މަސައްކަތް ކުރިއެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ވަސަންތީ އާއި އުމާ މަހޭޝްވަރަމް އާއި ލުޠުފީ އާ ތިންމީހުންވެގެން ސިފައިންގެ ޗާޓު ކުރަހާ ޙަމަލާއަށް ތައްޔާރުވާން ފެށިއެވެ. ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް ( ޕްލޯޓް ) އަކީ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް ( އެލް.ޓީ.ޓީ.އީ) ގެ ވެރިޔާ ވެލުޕިއްލައި ޕްރަބާކަރަންގެ ނައިބެއްގެ ގޮތުގައި ހުރި އުމާ މަހޭޝްވަރަމް އާއި ޕްރަބާކަރަން އާ ދެމެދު ޖެހުނު މައްސަލައެއްގައި އެލް.ޓީ.ޓީ.އީ އިން ވަކިވެގެން އުމާ މަހޭޝްވަރަމް އުފެއްދި ހަނގުރާމަވެރި ޖަމާޢަތެކެވެ. މި ޖަމާޢަތް އުފެދުނުކަން އިޢުލާން ކުރެވުނީ 1981 ގައެވެ. ޕްލޯޓް ޖަމާޢަތް ތަމަޅަ މުޖްތަމަޢުގައި މަޝްހޫރުވެގެން ދިޔައީ 22 އޮކްޓޯބަރ 1981 ގައި އެޖަމާޢަތުން "ކިލިނޮންޗީ" ގެ ބޭންކެއް ފަޅާލި ހާދިސާއާ ގުޅިގެންނެވެ.

ތިނެއް ނޮވެމްބަރުގެ ބަޠަލު[އުނިއިތުރު ގެންނަވާ]

ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމަކީ ، ތިނެއް ނޮވެމްބަރުގެ ބަޠަލުގެ ގޮތުން ފާހަގަކުރެވޭ ޝަހުސިއްޔެވެ. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް އުފަން ބޭކަލެކެވެ. އޭނާގެ ބައްޕައަކީ ކުޅުދުއްފުށީ / މާވާގޭ އާދަމް މުޙައްމަދު (އާދަމްބެ) އެވެ. މަންމައަކީ ޢާއިޝަތު ޙަސަން އެވެ. ހުސައިންއިންއާދަމް އުފަންވެފައިވަނީ 1968 ވަނަ އަހަރުގައެވެ. އެދުވަސްވަރުގެ ލިޔެކިޔުން ހުރިގޮތުން ކަނޑައެޅިގެން ދުވަސް ރެކޯޑްކުރެވިފައެއްނެތެވެ. ތަޢްލީމު ޙާޞިލުކުރެއްވީ ކުޅުދުއްފުށީ " އަމީރު އަމީން " ސްކޫލުންނެވެ. ހުސައިން އާދަމަކީ އަމީރުއަމީން ސްކޫލުން އައި ގްރޫޕްގެ ތެރޭގައި ހިމެނުނު ބޭކަލެކެވެ.

ހުސައިންއާދަމްގެ ސްކޫލްދައުރުގައި އެސްކޫލުގައި ހިންގި ކެޑޭޓް ޚަރަކާތުގައި ބައިވެރިވެ ލެއްވިއެވެ. ޙުސައިންއާދަމް ހިމެނޭ ބެޗަކަށް ކެޑޭޓް ދަސްކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ސިފައިންގެތެރެއިން އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ތަމްރީނު ޙާސިލް ކުރައްވަން ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ހިމެނޭ އައްސައްޔިދު ޢައްބާސް އަލީ ހިމެނިވަޑައިގެންނެވިއެވެ. ޢައްބާސް ވިދާޅުވެފައިވާގޮތުގައި އޭނާ އަމީރުއަމީން ސްކޫލްގައި ކެޑޭޓް ދަސްކޮށްދެއްވި އިރު ޙުސައިން އާދަމަކީ އެބެޗްގައިވެސް އާދަޔާ ޚިލާފަށް ފާހަގަ ކުރެވޭ ތޫނުފިލި ކުއްޖެކެވެ.

ނޮވެމްބަރ 3 ރޭ ފަތިހު 4 އިން 6 އަށް ބަނޑޭރިގޭ ބޭރުގޭޓް ހުޅަނގު ފަޅީގެ ޑީއުޓީއަށް ދުރުވީ ޕްރައިވެޓް ޙުސައިން އާދަމް އެވެ. ބޭރުގޭޓޫގެ އިރުމަތިފަޅީގައި ހުރީ ޕްރައިވެޓް އާދަމް މުޙައްމަދު (ގުލްބަކާ) އެވެ. ގޭޓް އެތެރޭން އުތުރުފަޅީގައި މުގުރުފޯރީގައި ހުރީ ޕްރައިވެޓް ޖިހާދު އަޙްމަދެވެ. ގޭޓްގެ އެތެރޭން ދެކުނު ފަޅީގައި ހުރީ ޕްރައިވެޓް އިބްރާހީމް މޫސާ ފިކުރީ އެވެ. ޑިއުޓީ ސަރުދާރަކީ ލާންސް ކޯޕްރަލް އަޙުމަދު ރިޒާއެވެ.

އެމީހުން ޑިއުޓީއާ ހަވާލުވެގެން އާދައިގެ މަތިން އެކަކު އަނެކަކާ ވާހަކަ ދައްކަ ހަދަމުން ދިޔައެވެ. އެރޭގެ 4:25 ނުވަތަ 4:30 ހާއިރު ބަޑިއެއް ގޮއްވަލިއަޑު އިވުމުން އެވަގުތު މިމީހުންގެ ތެރޭގައި "ރައީސް އޮފީހުގެ ޑިއުޓީ މީހުންކުރެ މީހަކު ވަޒަނެއް ގޮއްވާލިއޭ" ކިޔާވާހަކަ ދެކެވެނިކޮށް"މިތާ ސޯޓްބުރިއެއް ލައިގެން އުޅޭބައަކު އެބައުޅެޔޭ" ޙުސައިން އާދަމް ބުނުއްވިއެވެ. އެވަގުތު ޑިއުޓީ ސަރުދާރު "ރަނގަޅަށް ބަލައްޗޭ" ބުނުއްވިތަނާ، ޙުސައިން އާދަމް އޭނާގެ ބަޑި ރެޑީކުރިއެވެ. އެވަގުތު އިތުރު ވަޒަންތަކެއް ރައީސް އޮފީހާދިމާލުން ގޮވި އަޑުއިވުނެވެ. އަދި އެވަގުތު ބަނޑޭރިގޭ ގޭޓަށް އެރިވަޒަނަކުން މަތިން ސިމެންތިތައް ބުރައިގެން ދިއުމާއިއެކު ޙުސައިން އަދަމް ހަމަ ވަގުތުން ރައްދުގައި ހަމަލާދޭން ފަށައިފިއެވެ. ޙުސައިން އާދަމް ޙަމަލާ ދެމުން ދިޔައިރު ޑިއުޓީގައި ތިބި އެހެން މީހުންނާ ވާހަކަ ދެއްކެވިއެވެ. ޙުސައިން އަދާމް ފުރަތަމަ މެގަޒިން ހުސްވުމުން އިތުރުވަޒަން ބޭނުންކަމަށް ޑިއުޓީ ސަރުދާރަށް އެންގެވީ ޕްރައިވެޓް ޖިހާދު އަޙްމަދު މެދުވެރިކޮށެވެ. ޙުސައިން އާދަމް ހުރީ ގޭޓްގެ ބޭރުގައި ވާރެޔާ ހިޔާވުމަށް ހަދާފައިހުރި ތަނުގައެވެ. އެތަނަކީ މީހަކަށް ކަވަރ ނަގައިގެން ޙަމަލާދެވޭ ގޮތަށް ހަދާފައި ހުރި ތަނެއްނޫނެވެ. ދޮރުގެ ދެފަރާތުގައި ނާރާފައިހުރި ފާރުކޮޅުގެ ފުޅާމިނަކީ ގާތްގަނޑަކަށް 6 އިންޗިއެވެ. މިއީ ސީދާ ކުރިމަތިން ނިކުމެގެން ނޫނީ ދެވޭގޮތަށްނެތް ތަނެކެވެ.

ޙުސައިން އާދަމް އަތުގައި އޮތް ދެ ވަނަ މެގަޒިން ލޯޑްކުރިއަޑުވެސް ގޭޓްގެ އުތުރުކޮޅުން ހުޅަނގުފަޅީގައި ހުރި ޖިހާދު އަޙުމަދު އެހިކަމަށް ވެއެވެ. އަދި ވަކިވަރަކަށް ވަޒަންޖަހާފައި އަދިވެސް ވަޒަން ނުލިބޭތޯ އެހިކަމަށްވެސް ވެއެވެ. އެވަގުތު އެތެރެއަށް އާދެވޭނެތޯވެސް ޙުސައިން އާދަމް ކައިރި ޖިހާދު އަޙްމަދު ސުވާލުކުރިއެވެ. އެކަމަކާއެއްވެސް ވާހަކައެއް އޭނާ ނުބުނުއްވައެވެ. އޭރުވެސް މެދުނުކެޑި ޙުސައިން އާދަމް ގެންދެވީ ޙަމަލާ ދެމުންނެވެ. މިހުރިހާ ވަހަކައެއް ޙުސައިން އާދަމް ދައްކަވަމުން ދުޝްމިނުންނާ ޙަމަލާދެއްވަމުން ދިޔައިރު ގޭޓްގެ އިރުފަޅީގައި ހުރި އާދަމް މުޙައްމަދު (ގުލްބަކާ)އޭނާގެ މަޤާމު ދޫކޮށް އިރުމަތީކޮޅަށްގޮސް ފުލުސް އޮފީހުގެ ދޮރުއަށިން އެތެރެއަށް ( މަގުފާރުން އެތެރެއަށް ) ވަދެއްޖެއެވެ. އޭރު ފުލުސް އޮފީސް ހުންނަނީ ސިފައިންގެ އިރު އުތުރު ކަނުގައި މިހާރުގެ ޑިފެންސް މިނިސްޓްރީ ހިންގާ ބައިގައެވެ. ޙުސައިން އާދަމް ގޭޓް ދޫކޮށްނުލާ ހުރެ ޙަމަލާ ދިނުމުގެ ނަތީޖާއަކަށްވީ ސިފައިންގެ ތެރޭގައި ތިބި މީހުންނަށް ސިފައިންގެ ދިފާޢުކުރުމުގެ ފުރުސަތު ލިބުމެވެ. އަދި ސިފައިންގެ އެކިއެކި ސަރަޙައްދަށް ހަތިޔާރައެކު ސިފައިން ފޮނުވައި ދުޝްމިނުންނަށް ސިފައިންގެއަށް ނުވަދެވޭނެގޮތަށް ސިފައިންގެ ތެރޭގައި ދިފާޢީ ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ ފުރުސަތު ލިބުމެވެ. ޙުސައިން އަދަމް އެހަމަލާގައި އެގޮތަށް ދެމިހުންނަވައި ޤައުމާ ވަތަނުގެ ޙައްގުގައި ލެޔާފުރާނައިން ޤުރުބާންވީއެވެ. މިދިވެހި ފަސްގަނޑު އަންނަން އޮތްޖީލުތަކަށް ޙިމާޔަތް ކޮށްދީ ޝަހީދުވީއެވެ.އެޅަޒުވާން ޙުސައިން އާދަމް ދެއްކެވި ހިތްވަރާއި ފަންވަރުން ދުޝްމިނުންގެ މޮމެންޓަމް ގެއްލި ސިހުން ލިބުނެވެ. ތަމަޅައިންނަށް ދިވެހި ސިފައިންގެ ފެންވަރާއި ފަންވަރު ވަޒަންކުރެވުނެވެ. ދިވެހީންގެ އެންމެ ފަރުދަކު ދިރިހުއްޓައިވެސް ރުހުމުން މިޤައުމު ތަމަޅައިގެ އަތްދަށަށް ދިޔަ ނުދޭނެކަން، ޙުސައިން އާދަމް ސާބިތުކޮށްދެއްވިއެވެ.

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެއަށް ވަންނަން މަސައްކަތްކުރި ދުޝްމިނުން ވަނަނުދީ ހިފަހައްޓާލެއްވީ، ޙުސައިން އާދަމްގެ ޙިކުމަތާ ހުނަރު ޤައުމީ ހިތްވަރު އޭގެ އެންމެ މަަތިވެރި ދަރަޖައިގައި ބޭނުން ކުރައްވައިގެން އަތުގައި އޮތް އެންމެ 60 ވަޒަނުންނެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލަ ނާކާމިޔާބުވެގެން ދިއުމާއި ދުޝްމިނުންނަށް ރައްދު ހަމަލާދިނުމަށް ސިފައިންނަސް މަޤާމުތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދިޔައީ ޙުސައިން އާދަމުގެ ހިކުމަތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ސަބަބުންނެވެ. އެއްވެސް މީހެއްގެ ކޮމާންޑެއްނެތި އަމިއްލައަށް އިސްނަގައި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރައްވާ، ރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ރަމުޒުކަމުގައިވާ ސިފައިންގެ ބޭރުފާރު އޭނާގެ ޤައުމީ ޖޯޝުން ފުރިގެންވާ ޒުވާން ހޫނު ލެއިން ތެންމާލިއެވެ. ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަޚުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހި ސިފައިންނަށް ހޯދައިދީފައެވެ. މިސަބަބުތަކަށްޓަކައި ޝަހީދު ކޯޕްރަލް ޙުސައިން އަދާމް ގުނާލެވެނީ ޤައުމުގެ އެންމެ މަތިވެރި މުޖާހިދުންގެ ތެރޭގައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ މްތިވެރި ޖިހާދުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ޝަހީދު ޕްރައިވެޓް ޙުސައިން އާދަމް ކޯޕްރަލަކަށް ޑަބަލް ޕްރޮމޯޝަން ދެއްވައި، އޭނާގެ މަތިވެރި ޤުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުން މެޑެލްފޯ އެކްޝެޕްޝަނަލް ބްރައިވަރީ (ހުރަވީރަންމެޑަލް) އާއި ޖިހާދުގެ ރަންމެޑެލް އާއި ނޮވެމްބަރ 3 ގެ މެޑެލް އޭނާގެ ހަނދާނަށް އެރުވުނެވެ. އޭނާ ޝަހީދުވެގެން ވެއްޓިވަޑައިގެން ތަނާ ދާދިކައިރީގައި ޢިމާރާތްކުރި ފުލުހުންގެ މައިމަރުކަޒަށް އެ ޝަހީދުގެ ނަންފުޅު "ޝަހީދު ޙުސައިން އާދަމް ބިލްޑިންގ" މިނަމުން ނަންދެއްވާފައި ވެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަސްދާނުލެވިފައި ވަނީ ރަސްމީ އިއްޒަތުގައި ހެންވޭރު ގަބުރުސްތާނުގައި ހެދިފައިވާ ޝަހީދުގެ ދަނާވަތީގައެވެ.


ސިފައިންގޭގައި ތިއްބެވި ވެރިންގެ ދައުރު[އުނިއިތުރު ގެންނަވާ]

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ސިފައިންގެ އެތެރޭގައި ސީނިއަރ އޮފިސަރުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އަސްކަރީ ތަމްރީނުތަކެއް ހައްދަވައިގެން ތިއްބެވި ބޭފުޅުންނަށް ނުވާތީ، އެފަދަ ތަމްރީނު ހައްދަވައިގެން ތިއްބެވި އެބޭފުޅުންނަށްވުރެ އޮޕަރޭޝަން ކުރިއަށް ގެންދެވުމަށް އޮތީ ވަރަށް ބޮޑަށް ދޫކޮށްލައްވާފައެވެ. އެހެންކަމުން ޖޫނިއަރ ބޭފުޅުން ދެއްވި އިރުޝާދާއި ލަފާ އަދި ކޮމާންޑްތަކަށް އެބޭފުޅުން ގެންދެވީ ތަބާވެ ވަޑައިގަންނަވަމުންނެވެ. މުޅި އޮޕަރޭޝަންގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވީ މޭޖަރ މުޙައްމަދު ޒާހިރެވެ. މޭޖަރ މުޙައްމަދު ޒާހިރާއެކު ޢަމަލީގޮތުން އޮޕަރޭޝަން ކާމިޔާބު ކުރުމަށް އެންމެ އިސްދައުރެއް އަދާކުރެއްވީ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލެވެ.


ބަޑިގުދަނުގެ ތަޅުދަނޑި ބޭރުން އެތެރެއަށް ގެނައުން[އުނިއިތުރު ގެންނަވާ]

1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ސިފައިންގެ ބަޑިގުދަނުގެ ތަޅުގަނޑި އޮންނަނީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ އަތްޕުޅުގައެވެ. އިލްޔާސް އިބްރާހީމް ދިރިއުޅުއްވަމުން ގެންދަވަނީ މއ. ކިނބިގަސްދޮށުގޭގައެވެ. ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ތަޅުގަނޑި އޮތީ އެގޭގައި އޮތް އެގޭގައެވެ. ތަޅުދަނޑި ސިފައިންގެއަށް ގެނައުމުގައި ހަރަކާތްތެރިވި ދެބޭފުޅުންނަކީ އޭރުގެ ދެކޯޕްރަލުން ކަމަށްވާ ކޯޕްރަލް އިބްރާހީމް މުޙައްމަދު ދީދީ ( މިހާރުގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ) އާއި ކޯޕްރަލް ފަރުޙަތު ޝަހީރު ( މިހާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު ) އެވެ. ސިފައިންގެއަށް ތަޅުދަނޑިފަތި އެއްލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީއެވެ.


ރެކީ ޕެޓިރޯލަށް ނުކުތުން[އުނިއިތުރު ގެންނަވާ]

އެދުވަހުގެ މެންދުރެއްހާއިރު ފުލުސް އޮފީހުގެ ގޭޓުން ބަޔަކު ނެރެން މަސައްކަތްކުރިއެވެ. ބޭރަށް ނިކުން ބޭކަލުންގެ ކޮމާންޑަރަކަށް ހުންނެވީ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ( މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ) އެވެ. ބޭރަށް ނިކުތީ ޖުމުލަ 11 ބޭކަލުންނެވެ. އެއީ:- 1. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލް (ސނ: 601 ) 2. ލ. ކޯޕްރަލް ޢަބްދުﷲނަސީމް (ސނ: 347 ) 3. ޕްރައިވެޓް ޙުސައިން މަނިކު (އުލަގަލަ) (ސނ: 502 ) 4. ޕްރައިވެޓް ޢަބްދުﷲ މުފީދު (ޅައިމަގު) (ސނ: 733 ) 5. ލ. ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) (ސނ: 635 ) 6. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި) (ސނ: 821 ) 7. ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) (ސނ: 606 ) 8. ކޯޕްރަލް ޙުސައިން ޢަލީ ( ފުއްކަފަ ދޮންތުއްތު ) (ސނ: 133 ) 9. ޕްރައިވެޓް އިބްރާހީމް ޝަރީފް (އޮނުތޫރި) (ސނ: 704 ) 10. ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި) (ސނ: 853 ) 11. ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލި) (ސނ: 531 ) މަތީގައި ލިސްޓް ކުރެވިފައި އެވާ ތަރުތީބަކީ ރެކީ ޕެޓްރޯލަށް ސިފައިންގެއިން ބޭކަލުން ނިކުންނެވި ތަރުތީބެވެ. މި ބޭކަލުންގެ ތެރެއިން ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލީ) އާއި ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި) ފިޔަވައި އެންމެންވެސް ފުލުސް އޮފީހު ގޭޓުން ނުކުތެވެ.މި ދެބޭކަލުން ބޭރަށް ނިކުތުމަށްޓަކައި ފުލުސް އޮފީހުގެ ދޮރުން ބޭރަށް ނިކުންނަވައި މަޑުކުރައްވައިގެން ތިއްބެވީ ފުލުސް އޮފީހުގެ އިމާރާތާއި މަގުމަތީ ފާރާއި ދޭތެރޭގައި އޮތް ހުސްތަނުގެ ތެރޭގައެވެ.

ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމުގެ ތެރޭގައި ޝަހީދުވި ތިން ބޭފުޅުންނަކީ :- 1. ލ. ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) 2. ޕްރައިވެޓް މުހައްމަދު އިބްރާހިމް (މެކާނޯ) 3. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލީ) އެވެ.

ބޭރަށް ނުކުތް ބޭކަލުންގެ ތެރެއިން ޝަހީދުވި 3 މީހުންގެ އިތުރަށް ޢަބްދުﷲ މުފީދު ފިޔަވައި އެހެން ބޭކަލުން ސިފައިންގެއަށް އެނބުރި އައިސްވަނީ ފުލުސް އޮފީސް ގެޓުންބޭރުގައި ވަޒަންއަރައިގެން ޒަޚަމުވެފައިއޮތް ޕްރައިވެޓް އަހުމަދު ބުޝްރީވެސް ގޮވައިގެންނެވެ. އެބޭކަލުން ބޭރަށް ނިކުންނަވާ ދިހަވަރަކަށް މިނިޓްގެ ތެރޭގައި އެތެރެއަށް ވަންނަވައިފިއެވެ.ޢަބްދުﷲ މުފީދަށް ވީގޮތަކީ ބޭރަށް ނިކުންވަގުތު ލިބުނު ކުއްލި ޝޮކެއްގެ ސަބަބުން ހަމަވިސްނުން ގެއްލި ވާހަކަ ނުދެކޭ ޙާލަތަށް މީހާ ދިޔައީއެވެ.


ތަމަޅައިންނަށް ކުރިމަތިވި ނާކާމިޔާބީއާއި އެކަމުގައި މެދުވެރިވި ކަންތައްތައް[އުނިއިތުރު ގެންނަވާ]

• އެދުވަހު ދިވެހިރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވަރުގަދަ ރޫޙް • ރައްޔިތުންގެ މެދުގައި އޮތް ޤައުމީ އަދި ދީނީ ލޯބީގެ މަތިވެރިކަން • ދިވެހިންގެ ކުރިމަތީގައި ޤައުމުގެ މިނިވަންކަމުގެ އަގު ބޮޑުކަން • ދުޝްމިނުން ހީކުރިގޮތަށް ދިވެހިން އެމީހުންނާ ބައިވެރިނުވުމާއި ތާއީދު ނުކުރުން • ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި ހުޝިޔާރުކަމާއި ޙިކުމަތްތެރިކަން. • ރެކީ ޕެޓްރޯލަށް ބޭރަށް ނިކުން ސިފައިންގެ ޖެހިލުން ކުޑަކަން. • ދުޝްމިނުން ހީކުރި ވަރަށްވުރެ ދިވެހި ސިފައިން ހިތްވަރުގަދަވެފައި ޖެހިލުން ކުޑަވެފައި ހުޝިޔާރުވުން. • ދިވެހި ސިފައިންގެ ދީނާއި ޤައުމަށްޓަކައި ކުރި މަތިވެރި ޖިހާދު • ދިވެހި ސަރުކާރުގެ ފޮރިން ޕޮލިސީ އާއި ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް ތާޢީދު • ދިވެހި ރައްޔިތުންގެ ކެތްތެރިކަމާއި ސިފައިންނަށް ކުރި އިތުބާރު • ދިވެހި އެންމެހާ ރައްޔިތުންގެ އަޤީދާގެ ހަރުދަނާ ކަމާއި މާތްﷲ ގެ ޙަޟްރަތުގައި ދެންނެވި މަތިވެރި ދުޢާތައް • އިންޑިއާ ސަރުކާރުގެ އަސްކަރީ އެހީ ދުޝްމިނުންގެ ހަމަލާދޭން ފެށުމާއެކު އެމީހުންގެ ކޮމާންޑަރަކަށް ހުރި ވަސަންތީ ދިވެހި ސިފައިންގެ ހަމަލާއަކުން މަރުވުމާއި ދުޝްމިނުން ހަދާފައިވާ ޕްލޭންތައް އެކިއެކި ސަބަބުތަކާއެކު ފޭލް ވުމަކީ ތަމަޅައިންނަށް ނާކާމިޔާބު ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޝަހީދުވި ސިފައިންނާބެހޭ މަޢުލޫމާތު[އުނިއިތުރު ގެންނަވާ]

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކު ޝަހީދުވިއެވެ. އެބޭކަލުންގެ ވަޅުލާފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. ޝަހީދުންގެ ދަނާވަތި ހެދިފައިވަނީ މާލޭ ހެންވޭރު ސަހަރާގައެވެ. ޝަހީދުގެ ހަނދާންތައް ދިރުވާ އާލާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގައި ޝަހީދުންގެ މާލަމެއް ތައްޔާރުކުރެވިފައިވެއެވެ. ތިރީގައި މިވަނީ 3 ނޮވެމްބަރ ގައި ޝަހީދުވި ސިފައިންގެ ޝަހީދުންނާ ބެހޭ މަޢުލޫމާތެވެ.

ކޯޕްރަލްޙުސައިންއާދަމް (ސ.ނ 856) ހދ. ކުޅުދުއްފުށި / މާވާގެ (އުމުރު 20 އަހަރު)

ސިފައިންގެމައިމަރުކަޒަށްޙަމަލާދިންވަގުތުއެމަރުކަޒުގެމައިގޭޓުގައިޓާސްކްފޯސްޑިއުޓީގައިތިއްބެވިދެބޭކަލުންގެތެރެއިންއެއްބޭކަލަކީކޯޕްރަލްޙުސައިންއާދަމެވެ. މިމަޤާމުގައިފިސާރިސާބިތުކަންމަތީހުންނަވައިކޯޕްރަލްޙުސައިންއާދަމް، ދުސްމިނުންދެމުންގެންދިޔަބަޑީގެވަރުގަދަޙަމަލާތަކުންސިފައިންގެމައިމަރުކަޒުދިފާޢުކުރުމަށްޓަކައިމަސައްކަތްކުރައްވަމުންގެންދަވަނިކޮށް، ކޯޕްރަލްޙުސައިންއާދަމުގެހަށިގަނޑުގެއެތަންމިތަނަށްވަޒަންއަރައިޝަހީދުވިއެވެ. ކޯޕްރަލްޙުސައިންއާދަމްމިޢުދުވާނީޙަމަލާގެއެންމެފުރަތަމަވަގުތުކޮޅުގެތެރޭގައިސިފައިންގެމައިމަރުކަޒުދިފާޢުކުރުމުގައިއެންމެމުހިންމުބައިކުޅުއްވާ، ހިތްވަރުގަދަކެރޭސިފައިންގެމީހެއްކަންސާބިތުކޮށްދެއްވިއެވެ. ކޯޕްރަލްޙުސައިންއާދަމް، މިކުރެއްވިހިތްވަރުގަދަޤައުމީޖިހާދުގެއަގުދިވެހިދައުލަތުންވަޒަންކުރައްވައި، ޕްރައިވެޓެއްގެމަޤާމުންކޯޕްރަލްގެމަޤާމަށްޕްރޮމޯޓްކުރައްވައިމެޑަލްފޮރއެކްސެޕްޝަނަލްބްރޭވަރީ (ހުރަވީރަންމެޑަލް)،އާއި 3 ނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ކޯޕްރަލްޙުސައިންއާދަމްޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާހަތަރުއަހަރާއިފަސްމަހާއިސައުވީސްދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްޙުސައިންއާދަމްގެފުރާނައަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން.


ލެފްޓިނަންޓްމޫސާއަޙުމަދު (ކުޑަނެވިތުއްތުމަނިކު) ސ.ނ 243 މއ. ދާރީގެ (އުމުރު 51 އަހަރު)

ސިފައިންގެ ވެރިޔާގެ ނައިބު ހުންނަވާ ގެކޮޅަށް ޙަމަލާ ދެނިކޮށް ލެފްޓިނަންޓް މޫސާ އަޙުމަދު ކުޑަނެވި ތުއްތު މަނިކު) ގެއަތުގައި އެއްވެސް ހަތިޔާރެއްނެތި އެބައިމީހުންނާއި ކުރިމަތިލެއްވުމުން ދުސްމިނުންގެ ބަޑީގެވަޒަންލެފްޓިނަންޓްމޫސާއަޙުމަދުގެގަޔަށްއަރައިޝަހީދުވިއެވެ. ލެފްޓިނަންޓްމޫސާއަޙުމަދުޝަހީދުވެގެންވެއްޓިފައިވަނީމއ. ކިނބިގަސްދޮށުގޭކުރިމަތިންޒަމާނީހިގުމަށެވެ. ލެފްޓިނަންޓްމޫސާއަޙުމަދުސިފައިންގެވެރިޔާގެނައިބުދިފާޢުކުރުމަށްކުރެއްވިމަތިވެރިހިތްވަރުގަދަމަސައްކަތް، ދިވެހިދަޢުލަތުންވަޒަންކުރައްވައިސާރޖެންޓެއްގެމަޤާމުންލެފްޓިނަންޓެއްގެމަޤާމަށްޕްރޮމޯޓްކުރައްވައި، މެޑަލްފޮރއެކްސެޕްޝަަނަލްބްރޭވަރީ (ހުރަވީރަންމެޑަލް) އާއި 3 ނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ލެފްޓިނަންޓްމޫސާއަޙުމަދުޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާސަތާރައަހަރާއިތިންމަހާއިއަށާރަދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްލެފްޓިނަންޓްމޫސާއަޙުމަދުގެފުރާނަޔަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން .


ސާރޖަންޓްއާދަމްނަޞީރު (ސ.ނ 635) ޝޭޑީވިލާ (އުމުރު 28 އަހަރު)

ސިފައިންގެއިންރެކީޕެޓްރޯލެއްގެގޮތުގައިނުކުންނެވި 10 ބޭކަލުންގެތެރެއިންސާރޖަންޓްއާދަމްނަޞީރު (ޝޭޑީ) ނިކުންނެވިވަގުތުދުސްމިނުންދިންބަޑީގެޙަމަލާގައިވަޒަންއަރައިޝަހީދުވިއެވެ. ސާރޖަންޓްއާދަމްނަޞީރުޝަހީދުވެގެންވެއްޓިފައިވަނީސިފައިންގެމައިމަރުކަޒުގެއިރުއުތުރުކަނާދިމާއިންއަމީރުއަޙުމަދުމަގަށެވެ. ސާރޖަންޓްއާދަމްނަޞީރުމިސާބިތުކޮށްދެއްވިޤައުމީޖިހާދުގެއަގުދިވެހިދަޢުލަތުންވަޒަންކުރައްވައިލާންސްކޯޕްރަލެއްގެމަޤާމުންސާޖަންޓްގެމަޤާމަށްޕްރޮމޯޓްކުރައްވައިމެޑަލްފޮރބްރޭވަރީ (ހުރަވީރިހިމެޑަލް) އާއި 3 ނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ސާރޖަންޓްއާދަމްނަޞީރުޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާ 8 އަހަރާއި 23 ދުވަސްވެއްޖެއެވެ. މާތް ﷲ މަރުޙޫމްއާދަމްނަޞީރުގެފުރާނަޔަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން.


ކޯޕްރަލްމުޙައްމަދުއިބްރާހީމް (މެކާނޯ) (ސ.ނ 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (އުމުރު: 31 އަހަރު)

ސިފައިންގެއިންރެކީޕެޓްރޯލެއްގެގޮތުގައިނުކުންނެވި 10 ބޭކަލުންގެތެރޭގައިކޯޕްރަލްމުޙައްމަދުއިބްރާހީމް (މެކާނޯ) ނިކުންނެވިވަގުތުދުސްމިނުންދިންބަޑީގެޙަމަލާގައިވަޒަންއަރައިޝަހީދުވިއެވެ. ކޯޕްރަލްމުޙައްމަދުއިބްރާހީމްޝަހީދުވެގެންވެއްޓިފައިވަނީސިފައިންގެމައިމަރުކަޒުއުތުރުކަނާދިމާއިންއަމީރުއަޙުމަދުމަގަށެވެ. ކޯޕްރަލްމުޙައްމަދުއިބްރާހީމްމިސާބިތުކޮށްދެއްވިޤައުމީޖިހާދުގެއަގުދިވެހިދަޢުލަތުންވަޒަންކުރައްވައި، ޕްރައިވެޓެއްގެމަޤާމުންކޯޕްރަލްގެމަޤާމަށްޕްރޮމޯޓްކުރައްވައި، މެޑަލްފޮރބްރޭވަރީ (ހުރަވީރިހިމެޑަލް) އާއި 3 ނޮވެމްބަރުމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ކޯޕްރަލްމުޙައްމަދުއިބްރާހީމްޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާއަށްއަހަރާއިފަސްމަސްދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްމުޙައްމަދުއިބްރާހީމްގެފުރާނައަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން.


ކޯޕްރަލްމުޙައްމަދުޙަސަން (ސ.ނ 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (އުމުރު 28 އަހަރު)

ސިފައިންގެއިންރެކީޕެޓްރޯލެއްގެގޮތުގައިނުކުންނެވި 10 ބޭކަލުންގެތެރޭގައިކޯޕްރަލްމުޙައްމަދުޙަސަންނުކުންނެވިވަގުތުދުސްމިނުންދިންބަޑީގެޙަމަލާގައިވަޒަންއަރައިޝަހީދުވީއެވެ. ކޯޕްރަލްމުޙައްމަދުޙަސަންޝަހީދުވެގެންވެއްޓިފައިވަނީސިފައިންގެމައިމަރުކަޒުއިރުއުތުރުކަނާދިމާއިންއަމީރުއަޙުމަދުމަގަށެވެ. ކޯޕްރަލްމުޙައްމަދުޙަސަންމިސާބިތުކޮށްދެއްވިޤައުމީޖިހާދުގެއަގުވަޒަންކުރައްވައި، ޕްރައިވެޓެއްގެމަޤާމުންކޯޕްރަލެއްގެމަޤާމަށްޕްރޮމޯޓްކުރައްވައި، މެޑަލްފޮރބްރޭވަރީ (ހުރަވީރިހިމެޑަލް) އާއިތިނެއްނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ކޯޕްރަލްމުޙައްމަދުޙަސަންޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާހަތަރުއަހަރާއިދިހަމަހާއިއަށްދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްމުޙައްމަދުޙަސަންގެފުރާނަޔަށްސުވަރުގޭގެދާއިމީނިއުމަތްލައްވާށިއެވެ. އާމީން.


ސާރޖަންޓްކުޑައާދަމްކުޑަތުއްތު (ސ.ނ 120) ހ. އަންހީޓް (އުމުރު 49 އަހަރު)

ސާޖަންޓްކުޑައާދަމްކުޑަތުއްތުޝަހީދުވީޒޯންޑިއުޓީގައިމެދުޒިޔާރަތްމަގުގައިއުޅުއްވަމުންގެންދަވަނިކޮށްދުޝްމިނުންދިންބަޑީގެޙަމަލާއިންވަޒަންއަރައިގެންނެވެ. ސާރޖަންޓްކުޑައާދަމްކުޑަތުއްތުޝަހީދުވެގެންވެއްޓިފައިވަނީއިސްލާމީމަރުކަޒުގެކައިރިންމެދުޒިޔާރަތްމަގަށެވެ. ސާރޖަންޓްކުޑައާދަމްކުޑަތުއްތުޝަހީދުވެފައިވަނީސިފައިންގެޑިއުޓީގައިހުންނަވަނިކޮށްކަމަށްވާތީދިވެހިދަޢުލަތުންމިކަންވަޒަންކުރައްވައިލ.ކޯޕްރަލެއްގެމަޤާމުންސާރޖެންޓެއްގެމަޤާމަށްޕްރޮމޯޓްކުރައްވައި، މެޑަލްފޮރބްރޭވަރީ (ހުރަވީރިހިމެޑަލް) އާއި 3 ނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ސާރޖަންޓްކުޑައާދަމްކުޑަތުއްތުޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާހަތާވީސްއަހަރާއިއެއްމަހާއިސައުވީސްދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްކުޑައާދަމްކުޑަތުއްތުގެފުރާނައަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން.

ކޯޕްރަލްޙުސައިންމުޙައްމަދު (ސ.ނ 246) ބ. ތުޅާދޫ / މަބުސްތާނުގެ (އުމުރު 38 އަހަރު)


ކޯޕްރަލްޙުސައިންމުޙައްމަދު (މަސްތަކާ)، ޝަހީދުވީޒޯންޑިއުޓީގައިއުޅުއްވަމުންގެންދަވަނިކޮށްމެދުޒިޔާރަތްމަގުންމުލިއާގޭމައިގޭޓާއިހިސާބުންދުޝްމިނުންދިންބަޑީގެޙަމަލާއެއްގައިވަޒަންއަރައިގެންނެވެ. ކޯޕްރަލްޙުސައިންމުޙައްމަދުވެއްޓިފައިވަނީމުލިއާގޭމައިގޭޓާއިދިމާއިންމެދުޒިޔާރަތްމަގަށެވެ. ކޯޕްރަލްޙުސައިންމުޙައްމަދުޝަހީދުވެފައިވަނީސިފައިންގެޑިއުޓީގައިހުންނަވަނިކޮށްކަމަށްވާތީ، ދިވެހިދަޢުލަތުންމިކަންވަޒަންކުރައްވައިޕްރައިވެޓެއްގެމަޤާމުންކޯޕްރަލެއްގެމަޤާމަށްޕްރޮމޯޓްކުރައްވައި، މެޑަލްފޮރބްރޭވަރީ، (ހުރަވީރިހިމެޑަލް) އާއި 3 ނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ކޯޕްރަލްޙުސައިންމުޙައްމަދުޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާސަތާރައަހަރާއިތިންމަހާއިއަށާރަދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްޙުސައިންމުޙައްމަދުގެފުރާނައަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން.


ކޯޕްރަލްޢަބްދުﷲ ޒުހައިރު (ސ.ނ 830) ގދ. ތިނަދޫޝަރީފާމަންޒިލް (އުމުރު 33 އަހަރު)

ކޯޕްރަލްޢަބްދުﷲ ޒުހައިރުޝަހީދުވީރައީސުލްޖުމްހޫރިއްޔާގެއޮފީހުގެހުޅަނގުގޭޓްޑިއުޓީގައިހުންނަވަނިކޮށްދުޝްމިނުންދިންބަޑީގެޙަމަލާއަކުންވަޒަންއަރައިގެންނެވެ. ކޯޕްރަލްޢަބްދުﷲ ޒުހައިރުޝަހީދުވެފައިވަނީސިފައިންގެޑިއުޓީގައިހުންނަވަނިކޮށްކަމަށްވާތީދިވެހިދަޢުލަތުންއެކަންވަޒަންކުރައްވައިޕްރައިވެޓްގެމަޤާމުންކޯޕްރަލްގެމަޤާމަށްބަދަލުކުރައްވާ، މެޑަލްފޮރބްރޭވަރީ (ހުރަވީރިހިމެޑަލް) އާއި 3 ނޮވެމްބަރުގެމެޑަލްއަދިޖިހާދުގެރަތްމެޑަލްދެއްވާފައިވެއެވެ. ކޯޕްރަލްޢަބްދުﷲ ޒުހައިރުޝަހީދުވިއިރުއޭނާސިފައިންގެޚިދުމަތުގައިއުޅުއްވާތާފަސްއަހަރާއިހަތްމަހާއިވިހިދުވަސްވެއްޖެއެވެ. މާތްﷲ މަރުޙޫމްޢަބްދުﷲ ޒުހައިރުގެފުރާނަޔަށްސުވަރުގޭގެދާއިމީނިޢުމަތްލައްވާށިއެވެ. އާމީން.


--Allosaeed 15:57, 26 ޖެނުއަރީ 2012 (UTC)