ޚިޔާލު:ދިވެހިން

Page contents not supported in other languages.
ވިކިޕީޑިއާ އިންވިކިޕީޑިއާ

މިނަސްލަށް ދެވިފައިވާ ޙަޤީޤީ ރަނގަޅު ނަމަކީ ދިވެހިންނެވެ. އެންތްރޮޕޮލޮޖިސްޓުން މިނަސްލަށް ކަނޑައަޅާފައިވާ ނަމަކީ މިއެވެ. ކަނޑައެޅި ނިމިފައި އޮތް ނަމެއް ބަދަލެއްނުކުރެވޭނެއެވެ. މިގޮތަށް ނަންނަން އުފެއްދުމަކީ ވިކިޕީޑިޔާގެ ޤަވާއިދުތަކާވެސް ޚިލާފުކަމެކެވެ. މިނަސްލުގެ ގިނަ މީހުން އެބައިމީހުންނަށް ނިސްބަތްކުރަނީ ދިވެހީންގެ ގޮތުގައެވެ. މަލިކު މީހުންވެސް އެމީހުންނަކަށް މަހަލުންނެކޭ ނުކިޔައެވެ. އެމީހުން އެމީހުންނަށް ނިސްބަތްކުރަނީ މަލިކުންގެގޮތުގައެވެ. ދިވެހިރާއްޖޭގެ ރަށްތަކުގައިވެސް މިގޮތަށް ރަށަށްނިސްބަތްކޮށް މީހުން އެމީހުން ސިފަކޮށްއުޅެއެވެ. ނަމަވެސް އެންމެންވެސް އެއްބަސްވާ އެއްކަމަކީ އެންމެންނަކީވެސް ތަރިކައިގެ ގޮތުން ދިވެހީންކަމުގައެވެ. މަލިކުގެ ދުވަސްވީ ހަރުމީހުންނާ ވާހަކަ ދައްކާލުމުން އެމީހުންވެސް ބުނަނީ ތިމަންމެންނަކީ ދިވެހީންކަމުގައެވެ. ރާއްޖޭގެ ދިވެހިންނާއި އިންޑިޔާގެ ދިވެހިންއެއީ އެއްބައެއްކަމުގައެވެ. ސަޤާފީގޮތުންނާއި ބަހުގެ ގޮތުންނާއި ނަސްލާއި ތަރިކައިގެ ގޮތުން ތިމަންމެންނަކީ ދިވެހީންކަމުގައެވެ. މަހަލުންނޭ ކިޔަންމިފެށުނީ މާފަހަކުންނެވެ. މިހާރުވެސް އަތުކުރިން ގުނާލެވޭވަރަށް މަދުންނޫނީ މިހެން ކިޔާ ތަނެއް ނުފެންނާނެއެވެ. ބައެއް ފަރާތްތަކުން މިހާރަކަށްއައިސް ދިވެހިންނޭ ނުކިޔޭނެކަމަށް ދައްކާ ބަހަނާއަކީ ދިވެހި ރަދީފެވެ. މިއީ ޙަޤިޤަތުގައި ބޮޑު އޮޅުމެކެވެ. ރަދީފުގައިވާ "ދިވެހިން"ގެ މާނައިގަވެސް މަލިކުގައިވާ މިނަސްލުގެ މީހުން އިސްތިސްނާކޮށްފައެއްނުވެއެވެ. އަދި އިސްތިސްނާކުރެވޭކަށްވެސް ނެތެވެ. ދިވެހިރާއްޖޭގެ އަހުލުވެރިންނޭ އޮތްއޮތުމުގައި މަލިކު ރައްޔިތުން އިސްތިސްނާކުރެވޭކަށްނެތެވެ. އަހުލުވެރިންގެ މާނަ ބައްލަވާށެވެ. ވިސްނިވަޑައިގަންނަވާނެއެވެ. އަދި ދިވެހި މިނަމުގެ އުފެދުމަށް ބަލާއިރުވެސް މިނަމަށްވުރެ މިހާލަތުގައި ބޭނުންކުރުން ރަނގަޅު ނަމެއްނެތެވެ. މިނަމުން ދޭހަކޮށްދެނީ މިނަސްލަކީ ރަށްތަކުގެ އަހުލުވެރީންކަމުގައެވެ.

ދެން އެނބުރި ޕޮއިންޓަށް ދާއިރު އެންތްރޮޕޮލޮޖިސްޓުން މިނަސްލަށް ދިވެހީންނޭ ކިޔާފައިވަނީވެސް ތާރީޚަށާއި އުފެދުމަށާއި ހުރިޙާކަމަކަށް ބަލައިގެން ކަމުގައި މެނުވީނުވާނެއެވެ. މި ނަސްލުގެ މީހުންނަކަށް ދުވަހަކުވެސް މަހަލުންނެކޭ ކިޔާފައެއް ނެތެވެ. މަހަލުންނަކީ ވަރަށް ފަހަކަށްއައިސް މަދުމަދުން އިވެން ފަށައިފައިވާ ނަމެކެވެ. މިނަމެއް އުފެދުމުގެ އަސްލަކަށް އޮޅުމަކުން މަލިކުގައި މަހަލްބަހޭކިޔަންފެށި ފެށުން ވެދާނެއެވެ. ނަމަވެސް މިއީ ރަނގަޅުގޮތެއް ނޫނެވެ. ރަދީފުގައިވާ މާނައާމެދު އުފެދިފައިވާ އޮޅުންބޮޅުންތަކެއްގެ ސަބަބުން ނުވަތަ އެމާނަތައް ރަނގަޅަށް ފަހުމްނުވުމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިނަސްލަށް ދެވިފައިވާ ނަމަކީ ދިވެހިންނެވެ. އެނަން ބަދަލެއްނުކުރެވޭނެއެވެ. ނަންނަން އުފެއްދުމަކީ ވިކިޕީޑިޔާގެ ޤަވާއިދުތަކާއި ޚިލާފުކަމެކެވެ. ޤަވާއިދުތަކުގައިވެސް ވަނީ އެމައުޟޫއުއެއްގައި އާންމުކޮށް ބޭނުންކޮށްއުޅޭ ނަމެއް، ނުވަތަ އެދާއިރާއަކުން ޚާއްސަވެފައިވާ ފަންނީ މީހުން ޚިޔާރުކޮށް އާންމުކޮށްފައިވާ ނަމެއް ޚިޔާރުކުރުމަށެވެ. މިގޮތުން ބަލާއިރު މިނަސްލުގެ 95 ޕަސެންޓަށްވުރެ ގިނަމީހުން އެމީހުން ލޭބެލެކުރަނީ ދިވެހިންގޮތުގައެވެ. އަދި ފަންނީ މާހިރުން ޚިޔާރުކޮށް އާންމުކޮށްފައިވަނީވެސް މިނަމެވެ. ރާއްޖޭގެ މީހުން ދިވެހިބަހުން ވާހަކަދައްކާއިރު ތިމަންނަމީ ދިވެއްސެކޭ ބުނާބުނުމަކީ ބަންގާޅިން ބަންގާޅިބަހުން، ތަމަޅައިން ތަމަޅަބަހުން އަދި ދެންވީ ނަސްލެއްގެ ބަޔަކު އެބައެއްގެ ބަހަކުން ވާހަކަދައްކާއިރު އެބައެއްގެ ނަސްލަށް ނިސްބަތްކޮށް އެމީހާ ލޭބެލްކުރާފަދައިން ލޭބެލްކުރާކުރުމެކެވެ. ބަންގާޅިންނަކީ ބަންގްލަދޭޝްގެ މީހުން އެކަންޏެއްނޫނެވެ. އިންޑިޔާގެ ވެސްޓްބެންގާލްވެސް މީގަ ޝާމިލުވެއެވެ. ތަމަޅައިންވެސް މިކަހަލަގޮތެކެވެ. ނަމަވެސް އެތަންތަނުގައިވެސް ޤައުމިއްޔަތަށް ރުޖޫއަވާއިރު ބަންގާޅިން އިންޑިއަނުންނަށާއި ބަންގްލަދޭށީންނަށް ބެހިގެންދެއެވެ. މިގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ދިވެހިން ވެގެންދަނީ މޯލްޑިވިއަނުންނަށެވެ. އިންޑިއާގެ ދިވެހިން ވެގެންދަނީ އިންޑިއަނުންނަށެވެ. ނެދަލޭންޑުގައި ޑަޗުންނޭ ކިޔުނުފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތުގައި އެޤައުމުގެ ރައްޔިތުންނަށް ޑިމޮނީމެއެގެގޮތުން ދިވެހިންނެކޭކިޔާފައެއްނުވެއެވެ. އެއީ މޯލްޑިވިއަނުންނެވެ.
މީގަ ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ދިވެހިޖުމްހޫރިއްޔާގެ 100 ޕަސެންޓް ރައްޔިތުންނަކީ ދިވެހިންކަމެވެ. މިއީ ބަހާއި ސަގާފަތާއި ތަރިކައިގެގޮތުން ދެބަސްނުވެވޭނޭ ހަގީގަތެކެވެ. އާންމުގޮތެއްގައި ބަހާއި ނަސްލަކީ ވަކިކުރެވޭނެ ދޭއްޗަކަށްނުވެއެވެ. ކޮންމެ ނަސްލެއްގެ ބަޔަކުވެސް އެބައެއްގެ ބަހުން ވާހަކަ ދައްކާއިރު އެބައެއްގެ ނަސްލުގެ ނަމުން އެބައިމީހުން ލޭބެލްކުރެއެވެ. ދިވެހިޖުމްހޫރިއްޔާގައިވެސް ކަންއޮތީ މިހެންނެވެ. ނަމަވެސް ޤައުމުތަކުގެ މީހުން ވަކިކޮށްދޭ ސިޔާސީ ބައުންޑްރީއެއްގެ ގޮތުގައި ނަސްލުބޭނުންކޮށްފައިވާތަނެއް ރާއްޖެއަކުން ނުފެންނާނެއެވެ. ނަސްލީގޮތުން މަލިކާއި ދިވެހިރާއްޖޭގެ މީހުންނަކީ ދިވެހިންނެވެ. ދިވެހިންނަކީ ހަމައެކަނީ ރާއްޖޭގެ މީހުން އެކަންޏެއްނޫނެވެ. އިންޑިއާއާއި ލަންކާގައި ތަމަޅައިން އަދި ބަންގްލަދޭޝާއެކު ބަންގާޅީން ތިބޭ ފަދައިންނެވެ. މިނަސްލަކީ ދިވެހިންނެވެ. އިނގިރޭސި ވިކިޕީޑިޔާގައިވެސް މިނަން އޭގެ ރަނގަޅުގޮތަށް މިހާރުވަނީ ބަދަލުކުރެވިފައެވެ. http://en.wikipedia.org/wiki/Talk:Dhivehi_people މިލިންކު ބައްލަވާލެއްވީމަ އިތުރަށް އެނގިވަޑައިގަންނަވާނެއެވެ. ނިންމާލުމުގެ ކުރިން އަދި އިތުރު ޕޮއިންޓެއްވެސް ފާހަގަކޮށްލާނަމެވެ.

މަލިކުގައި މަހަލުން މިނަން ވުޖޫދަށްގެނައުމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނުއްވަނީ އިންޑިޔާގެ ސަރުކާރުގައި މަހަލުންގެ ގޮތުގައި ތިމަންމެން ރަޖިސްޓްރީކޮށްފައިވާކަމަށެވެ. ޙަޤީޤަތުގައި މިއީ އެއްގޮތަކުން ބަލާއިރު މައްސަލައެކެވެ. ސަބަބަކީ މާބޮޑަށް ދިރާސާކުރުމެއްނެތި ތާރީޚަށް ބެލުމެއްނެތި އަދި ބަހާއި ތަރިކައިގެ ގޮތުން ފެންނަންހުރި އެތަކެއް ހަގީގަތްތަކެއް އެއްފަރާތްކުރެވޭތީއެވެ. އެންތޮރޮޕޮލޮޖިސްޓުން ނިންމާފައިވާ ނިންމުމަކަށް ބަދަލުގެނެވޭތީއެވެ. ތާރީޚަށް ދާއިރުވެސް މިނަސްލަށް ނިސްބަތްކުރެވިފައިވަނީ ދިވެހިންގެގޮތުގައެވެ. ރޯމަނުންގެ ޒަމާނުގެ ލިޔުންތައްވެސް ހެއްކަކަށްފުދެއެވެ. އެހެންކަމުން އިންޑިޔާގައި މިގޮތަށް ވެފައިވާނަމަ މިނަސްލުގެ ނަން އިންޑިޔާގައިވެސް ދިވެހިންނަށް ބަދަލުކުރުން މާބުއްދިވެރިއެވެ. އެފުރުސަތު އިންޑިޔާގައި އެބައޮތެވެ. އަޅުގަނޑަކަށް އިންޑިޔާ ސަރުކާރުގެ އެއްވެސް ލިޔުމަކުން އަދި މިފަދަ ކަމެއް ނުފެނެއެވެ. އެހެންކަމުން ކޮންމެވެސް ފަރާތަކުން މިފަދަކަމެއް ހިނގާފައިވާނަމަ އޭގެ ހެކި މިތަނުގައި ޝާއިއުކުރުންއެދެމެވެ. ހަމަމިއާއެކުވެސް ބުނަންޖެހެނީ އެންތްރޮޕޮލޮޖިސްޓުން މިނަސްލުގެ މީހުންވެސް ތިން ބަޔަކަށް ބަހާފައިވާކަމެވެ. އެއީ މަލިކުންނާއި، ރާއްޖޭގެ ދެކުނުގެ ތިންއަތޮޅުގެ މީހުން (ސުވައިދީވީން) އަދި ބާކީތިބިރަށްރަށުގެ މީހުންމިއެވެ. މިތިންބަޔަށްބަހާފައިވިއެއްކަމަކު އެންތްރޮޕޮލޮޖިސްޓުން ހުރިހާ އެންމެނަށްވެސް ކިޔާފައިވަނީ ދިވެހިންނެވެ.

އަޅުގަނޑު ބުނަންމިއުޅޭ އެއްޗަކީ އިންޑިޔާގެ ސަރުކާރުގައި މަހަލުންގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވާނަމަ އެއީވެސް އަދި ނިމުނީކީ ނޫނެވެ. އިންޑިޔާގެ ދިވެހީންނަށް އޮފިޝަލީ ކިޔާއުޅެނީ މަހަލުންކަމުގައި މިލިޔުމުގައި ހިމެނިދާނެއެވެ. އިންޑިޔާގެ ދިވެހީން ނުވަތަ މަހަލުންނަކީ ދިވެހީންގެ ގޮތްޕެއްކަމީ އިންކާރުނުކުރެވޭނޭ ހަގީގަތެކެވެ. ގޮފިގޮފިތަކަށްވަކިން ނަންނަންކިޔާފައިހުންނަ ނަސްލުތައްވެސް ފެނެއެވެ. މިސާލަކަށް މައިތިލީންނާއި ބުމިހާރުންއެކުވެގެން ބިހާރީންއުފެދެއެވެ. ނަމަވެސް އިންޑިޔާ ސަރުކާރުގައި މަހަލުންގެ ގޮތުގައި ރަޖިސްޓްރީވެފައިނުވާނަމަ ރަނގަޅުގޮތަކީ ހަމަ ކުރިއަށް އޮތް ތަނުގައި ދިވެހިންގެ ގޮތުގައި ރަޖިސްޓްރީކުރުމެވެ. ކުރެވިފައިވިޔަސް ބަދަލުކުރުމުގެ ފުރުސަތު އިންޑިޔާގައި އެބައޮތެވެ. މިހާރު އިނގިރޭސި ވިކިޕީޑިޔާގައި އެއޮތްގޮތަށް މިދިވެހި ލިޔުމުގަވެސް ހިމަނަންވީއެވެ. މަހަލުންނަކީ އިންޑިޔާގެ ދިވެހިންނަށް ކިޔާއުޅޭ ނަމެއްގެގޮތުގައި މިލިޔުމުގައި ހިމަނާލާނީއެވެ. އެނޫންއެހެންގޮތެއް ނެތެވެ. ނަމަވެސް މިގޮތަށް ހިމެނޭނީވެސް ހަގީގަތުގައި އިންޑިޔާގައި މިގޮތަށް ރަޖިސްޓްރީވެފައިވާނަމައެވެ. ކޮންމެގޮތެއްވިޔަސް މިލިޔުމުގައި މައިގަނޑު ނަމަކަށް އޮންނަން ޖެހޭނީ ދިވެހިންނެވެ. ސަބަބު މަތީގައި ހާމަކުރެވި ހިނގައްޖެއެވެ. އިނގިރޭސި ވިކިޕީޑިޔާގައި ވާ މިލިޔުމުގެ މައިގަނޑު އަސްލަކަށް ބެލެވޭލިޔުންވެސް މިސާލަކަށް ނަގަންޖެހެއެވެ. Nxxxn 11:05, 15 ނޮވެމްބަރު 2010 (UTC)