ޗިސްމޭގެ މަސައްކަތް ބެލުމަށްކުރެވޭ ޓެސްޓްތައް
ވިކިޕީޑިއާ އިން
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ބޮޑުކަމުދާ ތަކެތި ތަޙްލީލުކުރުން
ޗިސްމޭ ރަގަޅަށް މަސައްކަތް ނުކުރާނަމަ ބޮޑުކަމުދާ ތަކެތީގައި ގިނަ އަދަދަކަށް ޕްރޮޓީން އަދި ފެޓް ހުންނާނެއެވެ. އަދި ބޮޑުކަމުދާ ތަކެތީގެ މިންވަރު ގިނަވެ، ކުލަ މަޑުވެ، ދިޔާކަމާއި ތެޔޮކަން އިތުރުކަން ފާހަގަ ވާނެއެވެ. އަދި ބޮޑުކަމުދާ ތަކެތިން އާދަޔާ ޚިލާފަށް ނުބައި ވަސް ދުވާނެއެވެ.
[އުނިއިތުރު ގެންނަވާ] ޑުއަޑީނަމްގައި ހުރި ތަކެތި ތަޙްލީލުކުރުން
ޑުއަޑީނަމް ގައި ހުރިތަކެތި ތަޙްލީލު ކުރުމަށް އެންމެ ފުރަތަމަ ސިކްރީޓިން ގެ ޑޯޒެއް ލޭގެ ތެރެއަށް ފޮނުވާލާނީއެވެ. އެއަށްފަހު މިލަރ އެބަޓް ޓިއުބް ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ޑުއަޑީނަމް ގައި ހުރި ތަކެތި ނަގާނީ އެވެ. އަދި ނެގުނު ތަކެތީގެ އެހީގައި ޗިސްމޭ ޖޫސް ގައި ހިމެނޭ މާއްދާތަކުގެ މިންވަރު ބަލައިގެން ޗިސްމޭގެ މަސައްކަތް ހުރިނެތްގޮތް ދެނެގަނެވިދާނެއެވެ.
[އުނިއިތުރު ގެންނަވާ] ލޭގައި ލައިޕޭސް،އަދި އަމިލޭސް ހުރި މިންވަރު ބެލުން
އާންމު ގޮތެއްގައި މިއެންޒައިމްތައް ލޭގައި ހުންނަނީ ވަރަށް ކުޑަ މިންވަރަކަށެވެ. ނަމަވެސް ޗިސްމޭގެ ބައެއް ބަލިތަކުގައި މިސާލަކަށް ޕެންކްރީއެޓިކް ޑަކްޓް ބެދުން، އަދި ޗިސްމޭ ދުޅަވުން ފަދަ ޙާލަތްތަކުގައި މިއެންޒައިމްތައް ލޭގެ ތެރޭގައި އާދަޔާ ޚިލާފަށް އިތުރުވެގެން ދެއެވެ.
[އުނިއިތުރު ގެންނަވާ] ސިކްރީޓިން ޓެސްޓް
ސިކްރީޓިން ޓެސްޓް ހެދުމަށް އެންމެ ފުރަތަމަ ސިކްރީޓިން އާއި މޯރފިން ލޭގެ ތެރެއަށް އިންޖެކްޝަނުން ފޮނުވާލާނީ އެވެ. މޯރފިން ކުދި ޕެންކްރީއެޓިކް ޑަކްޓް ތައް ހަނިކޮށްލާއިރު، ސިކްރީޓިން އެޑަކްޓްތަކުން ޖޫސް ނުވަތަ ދިޔަ ބޭރުކުރުމަށް ބާރުއަޅައެވެ. އެހެން ކަމުން މިބުނި މާއްދާތައް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ތެރޭގައި ޗިސްމޭގެ އެންޒައިމްތަކުގެ މިންވަރު މަތިވާން ޖެހޭނެއެވެ. ނަމަވެސް އެގޮތަށް ލޭގެ ތެރޭގައި ޗިސްމޭ ގެ އެންޒައިމްތަކުގެ މިންވަރު އިންޖެކްޝަން ޖެހުމަށް ފަހު މަތި ނުވެއްޖެނަމަ ޗިސްމޭ މަސައްކަތް ރަގަޅު ނޫންކަމުގައި ތުހުމަތު ކުރެވިދާނެއެވެ.

