ޖުމްހޫރީ މޭވާ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޕެސިފްލޯރާ އެޑޫލިސް ޢިލްމީ ނަމެއްގެ ގޮތުގައި ދެވިފައިވާ ޖުމްހޫރީ މޭވާ ވިޔަފާރީގެ ގޮތުގައި ހައްދާ ގައުމު ތަކުގެ ތެރޭގައި އިންޑިޔާ، ބްރެޒިލް، ހަވާއީ އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތައް ހިމެނެއެވެ. ޖުމްހޫރީ މޭވާގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ރީދޫ ނުވަތަ ރަން ކުލައަކަށް ހުންނަ ވައްތަރަކާއި ދަނބު ނުވަތަ ރަންގު ކުލައަކަށް ހުންނަ ވައްތަރެކެވެ.

ނަން[އުނިއިތުރު ގެންނަވާ]

ޖުމްހޫރީ މޭވާއަށް ޕްއެޓްރިކޯގައި ކިޔަނީ ޕާޗާ އެވެ. ވެނެޒުއޭލާގައި ކިޔަނީ ޕާޗިޓާ އެވެ. ޑޮމެނިކަން ރިޕަބްލިކް ގައި ކިޔަނީ ޗިނޯލާ އެވެ. އިންޑޮނޭޝިޔާ އަދި މެލޭޝިޔާގައި ކިޔަނީ މަރުކީސާ އެވެ. ހަވާއީ ގައި ކިޔަނީ ލިލިކޯއި އެވެ. ބްރެޒިލްގައި ކިޔަނީ މަރަކޫޖާ އެވެ. ރަންގު ޖުމްހޫރީ މޭވާއަށް ދެކުނު އެފްރިކާގައި ގްރަނަޑިއްލާ ކިޔާއިރު، ރީދޫ ޖުމްހޫރީ މޭވާއަށް ކިޔަނީ ގޯވަޑިއްލާ އެވެ.

ޖުމްހޫރީ މޭވާގެ ޞިއްޙީ ފައިދާތައް[އުނިއިތުރު ގެންނަވާ]

ޢާއްމު ގޮތެއްގައި ޖުމްހޫރީ މޭވާ ބޭނުންކުރެވެނީ ހުހަށް ކެއުމަށާއި ޖޫސް ހެދުމަށެވެ. ޖުމްހޫރީ މޭވާ ވެލުގެ ފަތުން ފަތް މޮޑެ މަސްހުނި ހަދައި އުޅެއެވެ. މީގެ އިތުރުން އައިސް ކްރީމް، ޕުޑިންގ، ސަރުބަތު، ޖެލީ، އަދި ޖޭމް ހެދުމަށް ވެސް ޖުމްހޫރީ މޭވާ ބޭނުން ކޮށް އުޅެއެވެ.

ނޭވާ ހިއްލުން، ހޯއްގޮއްވާ ކެއްސުން، ވައިނޮޅީގެ ކަފި ދުޅަވުން، އަދި ކެއްސުމާއި މިނޫނަސް ނޭވާލާ ނިޒާމަށް ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ބްރެޒިލް ފަދަ ގައުމު ތަކުގައި ޖުމްހޫރީ މޭވާގެ ޖޫސް ބޭނުން ކުރެވެއެވެ. ޕެރޫގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް ލުއިކުރުމަށް ޖުމްހޫރީ މޭވާ ބޭނުންކުރެއެވެ.

ޖުމްހޫރީ މޭވާގައި ތަފާތު 13 ވައްތަރެއްގެ ކެރޮޓިނޮއިޑް އަދި 8 ވައްތަރެއްގެ ޕޮލީފީނޯލް އެކުލެވިގެން ވެއެވެ. ވިޓަމިންސީ އާއި، ވިޓަމިންއޭ އަދި ޕޮޓީޝިއަމް ވެސް ޖުމްހޫރީ މޭވާގައި ހުރެއެވެ. މިބުނި މާއްދާތަކުގެ ސަބަބުން ކެންސަރުން ހިމާޔަތްވެ ހުރުމަށް އެހީތެރިވެދެއެވެ.