ޖާވިދު އަޚްތަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޖާވިދު އަޚުތަރު އަދި ޝަބާނާ އަޒުމީ ސޮނީ ސްޓޫޑިއޯގެ ތެރޭގައި

ޖާވިދު އަޚުތަރު ( އުފަންވީ 17 ޖެނުއަރީ، 1945 ގައި ) އަކީ އިންޑިޔާގެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ލަވަ ލިޔުންތެރިއެކެވެ. އަދި ޅެންވެރިއެއް ވެސް މެއެވެ. މީގެ އިތުރުން ސްކްރިޕްޓް ލިޔުންތެރިއެއް ވެސް މެއެވެ. 1970 އަދި 1980 ގެ މެދުތެރޭގައި ނިކުތް ޖާވިދުގެ މިފަދަ މަސައްކަތްތަކުގައި ސާލިމް ޚާން މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ. މިއީ އަޚުތަރު-އަޒްމީ ޚާންދާން އަށް ނިސްބަތްވާ ފަންނާނެކެވެ.

ާވިދު އަޚްތަރު ( އުފަންވެފައިވަނީ ޖެނުއަރީ 17، 1945 ) އަކީ އިންޑިޔާގެ ހިންދީ އަދި އުރުދޫ ބަހުން ޅެންހައްދަވާ ޅެންވެރިއެކެވެ. ލަވަ ލިޔުންތެރި އެކެވެ. އަދި ސްކްރިޕްޓް ލިޔުންތެރި އެކެވެ. 1970 އަދި 1980 ގެ އަހަރުތަކުގައި ފިލްމީ ތަރި ސަލްމާން ޚާން ގެ ބައްޕަ ސާލިމް ޚާން އާއި ގުޅިގެން ވަރަށް ގިނަ ފިލްމް ތަކެއްގެ ސްކްރިޕްޓް ލިޔެފައި ވެއެވެ. އަދި އޭރު ލިޔުނު ސްކްރިޕްޓް ތަކުގައި ސާލިމް-ޖާވިދު ކުރުނަމެއްގެ ގޮތުން ބޭނުންކުރެވުނެވެ. ޖާވިދު އަޚްތަރު ފުރަތަމަ ކައިވެނިކުރީ ހިންދީ ފިލްމް ސްކްރިޕްޓް ލިޔުންތެރިޔާ ހަނީ އިރާނީ އާއެވެ. އެދެމަފިރިންނަށް ދެކުދިން ލިބިފައިވެއެވެ. އެއީ ފިލްމް ޑައިރެކްޓަރުން ކަމުގައިވާ ފަރުހާން އަޚްތަރު، ޒޯޔާ އަޚްތަރު އެވެ. ހަނީ އިރާނީ ވަރިކުރުމަށްފަހު ޖާވިދު އަޚްތަރު ދެވަނަ އަށް ކައިވެނިކުރީ ޅެންވެރިޔާ ކައިފީ އަޒްމީގެ ދަރި ފިލްމީ ބަތަލާ ޝަބާނާ އަޒްމީ އާއެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ނޭޝަނަލް ފިލްމް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2002 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ލަގާން
  • 2001 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ރެފިއުޖީ
  • 1999 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ގޯޑް މަދަރ
  • 1998 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ބޯޑަރ
  • 1997 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ސާޒް

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2005 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ވީރުޒާރާ - ތޭރޭލިޔޭ
  • 2004 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ކަލްހޯނަހޯ - ކަލްހޯނަހޯ
  • 2002 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ލަގާން - މިތުވާ
  • 2001 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ރެފިއުޖީ - ޕާންޗީ ނަދިޔާ
  • 1998 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ބޯޑަރ - ސަންދީސޭ އާތީހޭ
  • 1997 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - ޕާޕާ ކެހެތޭ ހޭ - ގަރުސޭ ނިކަލްތޭހޭ
  • 1995 - އެންމެ މޮޅު ލަވަލިޔުންތެރިޔާ - 1942 އަލަވް ސްޓޯރީ - އޭކް ލަޅްކީތޯ

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 1999 : ޕަދުމާ ޝްރީ އެވޯޑް – އިންޑިޔާ ސަރުކާރު
  • 2007 : ޕަދުމާ ބުޝާން އެވޯޑް – އިންޑިޔާ ސަރުކާރު
  • ބެސްޓް ސްކްރިޕްޓް އެވޯޑް – 7 ފަހަރު – ފިލްމް ފެއަރ އެވޯޑް
  • ބެސްޓް ލިރިކްސް އެވޯޑް – 7 ފަހަރު – ފިލްމް ފެއަރ އެވޯޑް