ޓޯއި ސްޓޯރީ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ޓޯއި ސްޓޯރީ
Movie poster toy story.jpg
ޓޯއި ސްޓޯރީ ގެ އިޝްތިހާރު ކުރެވުނު ޕޯސްޓަރެއް.
ޑައިރެކްޓް ކުރީ ޖޯން ލެސެޓާރ
ޕްރޮޑިއުސް ކުރީ ބޮނީ އާރނޯލްޑް
ރަލްފް ގަގެންހެއިމް; executive producers: އެޑްވިން ކެޓްމަލް
ސްޓީވް ޖޮބްސް
ވާހަކަ ލިޔުނީ story by Jޖޯން ލެސެޓާރ
ޕީޓް ޑޮކްޓަރ
އެންޑްރިއު ސްޓެންޓަން
ޖޯ ރޭންފްޓް;
screenplay by ޖޮސް ވެޑަން
އެންޑްރިއު ސްޓެންޓަން
Joel Cohen and Alec Sokolow
ތަރިން ޓޮމް ހެންކްސް
ޓިމް އެލެން
ޑޮން ރިކްލްސް
ޖިމް ވާރނީ
ވެލެސް ޝޯން
މިޔުޒިކް ރޭންޑީ ނިއުމަން
އެޑިޓިން ރޮބަރޓް ގޯޑަން
ލީ އަންކްރިޗް
ޑިސްޓްރިބިއުޓް ކުރީ ވޯލްޓް ޑިޒްނީ ޕިކްޗަރސް
ރިލީޒް ތާރީޚް(ތައް) 22 ނޮވެމްބަރ 1995 (ޔޫ.އެސް ގައި)
ދިގުމިން 81 މިނެޓް
ޤައުމު އެމެރިކާ
ބަހުރުވަ އިނގިރޭސި
ޚަރަދު $30 މިލިއަން އެމެރިކާ ޑޮލަރު
Gross revenue Domestic: $191,773,049
Worldwide: $358,100,000
Followed by (1998ގައި) އަ ބަގްސް ލައިފް
އޯލް މޫވީގައިޑް ޕްރޮފައިލް
އައި.އެމް.ޑީ.ބީ ޕްރޮފައިލް

ޓޯއި ސްޓޯރީ އަކީ ކޮމްޕިޔުޓަރުގެ ޒަރިއްޔާ އިން ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އުފައްދައި ވޯލްޓް ޑިޒްނީ ޕިކްޗާރސް އާއި ބުއޭނާ ވިސްޓާ ޑިސްޓްރިބިއުޝަންސް އިން ރިލީޒް ކޮށް ފައިވާ އެނިމޭޓެޑް ކާރޓޫނު ފިލްމެކެވެ. މިކާރޓޫނު އެމެރިކާގައި ރިލީޒް ކުރެވިފައިވަނީ 22 ނޮވެމްބަރ 1995 ގައެވެ. އަދި ޔޫކޭ ގައި މިފިލްމު ރިލީޒް ކުރެވިފައިވަނީ އޭގަ 3 މަސް ފަހުން 22 މާރޗް 1996 ގައެވެ. ޓޯއި ސްޓޯރީގެ ކުރިން ޕިކްސަރ އިން ނެރުމަށް ބުނެފައިވާ އެނިމޭޓެޑް ފިލްމަކީ ދަ ވޯރކްސް އެވެ. އެހެންނަމަވެސް މިފިލްމުގެ ނިމުމަކާ ހަމަޔަށް ވަނި ނައިސް ފައެވެެ. އެހެންކަމުން ޓޯއި ސްޓޯރީ ވެގެންދިޔައީ ޕިކްސަރގެ ފުރަތަމަ ފީޗާރޑް ފިލްމެވެ. ހަމައެކަނި އެމެރިކާގައި ވެސް މިފިލްމު ވަނީ $191,773,049 އެމެރިކާ ޑޮލަރު ހޯދާފައެވެ. އެދި ދުނިޔޭގައި ޖުމްލަގޮތެއްގައި $358,100,000 އެމެރިކާ ޑޮލަރު މިފިލްމު ހޯދިއެވެ. މިފިލްމުގައި ފެނިގެންދާ މުހިންމު ޝަހްސިއްޔަތު ތަކަކީ އޭންޑީ ނަމަކަށް ކިޔާ 6 އަހަރުގެ ކުޑަ ކުއްޖެއްގެ ކޮޓަރީގައި އޭނާ ކުޅެންގެންގުޅޭ ކުޅޭ ތަކެއްޗެވެ. އޭންޑީގެ އަންހެން ކޮއްކޮ މޮލީ އާއި އޭންޑީގެ މަންމަ ކާރޓޫނުގެ ތެރެއިން ފެނިގެންދާނީ ވަރަށް މަދުންނެވެ. ހަމައެހެންމެ އޭންޑީގެ އަވަށްޓެރި ސިޑް އާއި ސިޑްގެ ކުއްތާ ސްކަޑް އަދި ސިޑްގެ ކޮއްކޮ ހަނާ ގެ ރޯލަކީ ވެސް ކުޑަ ރޯލެކެވެ. ޓޯއި ސްޓޯރީ އާއި އެކު ފީޗާރ ފިލްމުގެ ވިޔަފާރީގެ ދާއިިރާ އަށް ޕިކްސަރ ވަނުމުގެ ކުރިން އެމީހުން މަޝަހޫރު ވެފައިވަނީ ޕިކްސަރ އިމޭޖް ކޮމްޕިޔުޓަރ ކުރިއެރުވުމުގައެވެ. މި ފިލްމުގެ 2 ވަނަ ބައި ކަމަށްވާ ޓޯއި ސްޓޯރީ 2 އެމެރިކާގައި ރިލީޒް ކުރެވުނީ 24 ނޮވެމްބަރ 1999 ގައެވެ.

އިންސާނީ ޝަހްސިއއްޔަތުތައް[އުނިއިތުރު ގެންނަވާ]

  • އޭންޑީ : އޭންޑީ އަކީ 6 އަހަރުގެ ކުޑަ ކުއްޖެކެވެ. ވުޑީ އަދި އެހެނިހެން ކުޅޭތަކެތީގެ ވެރިއަކީ އޭންޑީ އެވެ.
  • ސިޑް : ސިޑް އަކީ އޭންޑީގެ އަވަށްޓެރި 10 އަހަރުގެ ކުއްޖެކެވެ. ކުޅޭތަކެއްޗަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ސިޑް އެންމެ ކުރާ ހިތްވާ ކަމެވެ.
  • މިސިޒް ޑޭވިސް : މިސިޒް ޑޭވިސް އޭންޑީގެ 28 އަހަރުގެ މަންމައެވެ.
  • ހަންނާ ފިލިޕްސް : ހަންނާ އަކީ ސިޑްގެ އަންހެން ކޮއްކޮ އެވެ. އާއްމުގޮތެއގައި ހަންނާގެ ކުޅޭތަކެތި ޖަހައިގަނެގެން ގޮސް އެތަކެއްޗަށް އަނިޔާ ކުރެއެވެ. މިގޮތުން ހުރިހާ ކުޅޭތަކެތީގެ ބޯ ނައްޓުވާލައެވެ.
  • މޮލީ ޑޭވިސް : މޮލީ އަކީ އޭންޑީގެ އެންމެ 1 އަހަރުގެ ކޮއްކޮ އެވެ.

އެހެނިހެން ޝަހްސިއްޔަތުތައް[އުނިއިތުރު ގެންނަވާ]

  • ސްކަޑް : ސިޑްގެ ކުއްތާ އެވެ. ކުޅޭތަކެއްޗަށް އަނިޔާ ކުރުމަށް ފަހު ސިޑް ސްކަޑް އަށް މިތަކެތި ކާންދެއެވެ.


ވާހަކަ[އުނިއިތުރު ގެންނަވާ]

މިކާރޓޫނު ފެށިގެންދާނީ އޭންޑި ނަމަކަށް ކިޔާ 6 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކުޅޭތަކެއްޗާއި ކުޅެން ހުންނަ މަންޒަރަކުންނެވެ. އޭންޑީ އޭނާ އެންމެ ލޯބިވާ ކުޅޭ އެތި ވުޑީ ހިފައިގެން ސިޓިންގ ރޫމަށް ފައިބަމުން އޭނާގެ މަންމަ ކުރެން އެދުވަހު ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ އޭންޑީގެ އުފަންދުވަހުގެ ޕާރޓީ އާއި ބެހޭގޮތުން އޭންޑީ އޭނާގެ މަންމަ އާއި ސުވާލު ކުރެއެވެ. ވުޑީީ އާއި އެއްކޮށް ކުޅެ ނިންމުމަށްފަހު އޭންޑީ އޭނާގެ އަންހެން ކޮއްކޮ ނަގައިގެން ދެއެވެ. އޭންޑީ ދިޔުމުން ހުރިހާ ކުޅޭ އެއްޗެހި ދިރުމަށް އާދެއެވެ. އަދި ވުޑީ އެހެން ކުޅޭ އެއްޗެހި ގާތު އޭންޑީގެ އުފަންދުވަހުގެ ޕާރޓީ އޮތީ އެދުވަހުގެ ހަވީރު ކަމަށް ބުނެއެވެ. ޕާރޓީގައި ހަދިޔާ އެއްގެ ގޮތުން އޭންޑީ އަށް ލިބެނީ ކޮން ކުޅޭ ތަކެއްޗެއްތޯ ބެލުމަށް ވުޑީ ކުދި ފެހި ކުލައިގެ ސިފައިންގެ ބުދުތަކެއް ޖާސޫސް ކުރުމަށް ފޮނުވައެވެ. މިގޮތުން އެދުވަހު އޭންޑީ އަށް ލިބޭ އެންމެ ހާއްސަ ހަދިޔާ އޭންޑީގެ މަންމަ އޭންޑީ އަށް ޕާރޓީ ނިމުމުން ދެއެވެ.


ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

އެކެޑަމީ އެވޯރޑްސް[އުނިއިތުރު ގެންނަވާ]

ކާމިޔާބު ކޮށްފައިވަނީ:

  • 1996 ވަނަ އަހަރު މިފިލްމުގެ ޑައިރެކްޓަރ ޖޯން ލެސެޓަރ އަށް ހާއްސަ އެޗީވްމެންޓް އެވޯރޑެއް ލިބުނެވެ.

ހޮވިފައިވަނީ:

Annie Awards[އުނިއިތުރު ގެންނަވާ]

Won:

  • Best Animated Feature
  • Best Individual Achievement: Animation, Pete Docter
  • Best Individual Achievement: Directing, John Lasseter
  • Best Individual Achievement: Music, Randy Newman
  • Best Individual Achievement: Producing, Bonnie Arnold & Ralph Guggenheim
  • Best Individual Achievement: Production Design, Ralph Eggleston
  • Best Individual Achievement: Technical Achievement
  • Best Individual Achievement: Writing, Joel Cohen, Alec Sokolow, Andrew Stanton and Joss Whedon.

Golden Globes[އުނިއިތުރު ގެންނަވާ]

Nominated:

  • Best Motion Picture - Comedy/Musical
  • Best Original Song - Motion Picture, Randy Newman for "You've Got a Friend in Me".

Saturn Awards[އުނިއިތުރު ގެންނަވާ]

Nominated:

  • Best Family Film
  • Best Writing: Joel Cohen, Alec Sokolow, Andrew Stanton & Joss Whedon

Other[އުނިއިތުރު ގެންނަވާ]

2003ވަނަ އަހަރު އޮންލައިން ފިލްމް ކްރިޓިކްސް ސޮސައިޓީ އިން ވަނީ އޭރުގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމު ކަމަށް މިފިލްމު ހޮވާފައެވެ.

އަދި 2005ވަނަ އަހަރު މިފިލްމް ވަނީ އެމެރިކާގެ ނެޝަނަލް ފިލްމު ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައެވެ.

މިފިލްމުގެ އެހެންބައިތައް[އުނިއިތުރު ގެންނަވާ]

  • ޓޯއި ސްޓޯރީ 2 ރިލީޒް ކުރެވުނީ 1999 ގައެވެ.
  • ބަޒް ލައިޓްޔަރ އޮފް ސްޓާރ ކޮމާންޑް : ދި އެޑްވެންޗާރ ބިގިންސް (2ޑީ އެނިމޭޓެޑް ޓީވީ ޝޯވ)
  • ޓޯއި ސްޓޯރީ 3 ލަފާކުރެވޭ ގޮތުގައި މިފިލްމު 2008 ވަނަ އަހަރު ނުވަތަ 2009 އަހަރު ރިލީޒް ކުރެވޭނެއެވެ.

Toy Story in pop culture[އުނިއިތުރު ގެންނަވާ]

  • Debian, (a Linux distribution ) releases are named after characters from this movie (Sid, Buzz, Rex, Bo, Hamm, Slink, Potato, Woody, Sarge, Etch, Lenny)
  • ޕިކްސަރގެ އެހެން ފިލްމެއް ކަމުގައިވާ ފައިންޑިންގ ނީމޯގެ މަންޒަރެއްގައި ދަތުގެ ޑޮކްޓަރ އޮފީސް ތެރޭ ބިންމަތިން ބަޒް ލައިޓްޔަރ ގެ ކުޅޭ އެއްޗެއް ފެނެއެވެ.