ޓޮންސިލް ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޓޮންސިލް ދުޅަވުން (އިނގިރޭސި ބަހުން: tonsillitis) އަކީ ބެކްޓީރިޔާ ނުވަތަ ވައިރަސް އެއް ފަދަ އެއްޗެއް ޓޮންސިލްގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރެއަށް ވަދެ ޓޮންސިލް ގައި އިންފެކްޝަން އަށަގަތުމެވެ. ޓޮންސިލް ދުޅަވުމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވަރަށް ޢާންމު ބައްޔެކެވެ. އެންމެ އާންމުކޮށް ޓޮންސިލް ދުޅަވަނީ ހިމޮލިޓިކް ސްރެޕްޓޮކޮކައި ކިޔާ ބެކްޓީރިޔާ އެއްގެ ސަބަބުންނެވެ.

ޓޮންސިލް ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކަރުތެރެ ހަލާކުވުން، ކާތަކެތި ދިރުވަން އުދަގޫވުން، ހުންއައުން، ނުތަނަވަސްވުން، އަދި ކަރުގެ ދެފަރާތުގައި ގޮށްލުން ފަދަ ކަންތައްތައް ހިމެނެއެވެ. ޓޮންސިލް ދުޅަވުން ކުރިމަތިވުމަށްފަހު ރަގަޅުވުމަށް 5 ދުވަހުގެ މުއްދަތެއް ނަގައެވެ.

ޓޮންސިލް ދުޅަވުމުން ފަރުވާގެ ގޮތުގައި ކުރެވޭ ކަންތައްތަކުގެ ތެރޭގައި ، ހުން ރަގަޅުވަންދެން އަރާމުކުރުން، ބަލިޖެހިފައި ތިބޭމީހުން އެހެންމީހުންނާއި ގައިގޯޅިވެ ނޫޅުން، ބައްޔާއި ގުޅިގެން ކުރިމަތިވާ އާދަޔާ ޚިލާފު ކަންތައްތަކުން މިންޖުވުމަށް އެންޓިބަޔޮޓިކް އެއް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޓޮންސިލް ދުޅަވުމުގެ ސަބަބުން ޓޮންސިލްގައި އުފެދޭ އިންފެކްޝަންގެ އަސަރު ބައެއް ފަހަރު ކަންފަތް، ނޭފަތް، ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅުތައް، ވައިނޮޅި، އަދި ވައިނޮޅީގެ ކަފި އާއި ހަމައަށް ފެތުރިގެންދާ ގޮތް ވެއެވެ. ބައެއް ފަހަރު ޓޮންސިލްގައި އަށަގެންފައި ހުރި ބެކްޓީރިޔާގެ އަސަރު އޭގެ ވަށައިގެންވާ ޓިޝޫތަކަށް ފޯރައި، ޕެރިޓޮންސިލަރ އެބްސެސް އޭ ކިޔާ މުލިހި ފާނޑުގެ ދުޅައެއް އުފެދޭގޮތް ވެއެވެ. ޓޮންސިލް ދުޅަވުމުން ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ދެކަމަކީ ގުރުދާ ދުޅަވުން އަދި ރޫމެޓިކް ހުން އެވެ. ރޫމެޓިކް ހުން އަކީ އޭގެ އަސަރު ބައެއް ފަހަރު ހިތަށް ފޯރާ ކަމެކެވެ.

މާގިނައިން ޓޮންސިލް ދުޅަވެ އޭގެ އުދަގޫތައް ވާނަމަ ޓޮންސިލް ނެގުން ފަދަ އޮޕަރޭޝަނެއް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ސްކާރލެޓް ހުން ، ކަރުފޮޅު ، އަދި ވިންސެންޓްސް އެންޖައިނާ ފަދަ ބަލިތަކުގެ ސަބަބުން ވެސް