ޑެންގީ ޝޮކް ސިންޑްރޯމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޑެންގީ ޝޮކް ސިންޑްރޯމް(އިނގިރޭސި ބަހުން: Dangue Shock Syndrome) އަކީ ޑެންގީ ހުން ޖެހުމާއި ގުޅިގެން ބަލިމީހާ ހާލަތު ޑެންގީ ހެމޮރޭޖިކް ހުން އަށް ބަދަލުވެ ލޭހޮޅިތައް ފަޅައިގެން ގޮސް އޭގެ ސަބަބުން ޝޮކުޖެހުން ކުރިމަތި ވުމެވެ.

ލޭނާރު ފަޅައިގެން ގޮސް ލޭއަންނަ ވައްތަރުގެ ޑެންގީ ހުމުގެ އަލާމާތްތައް އަދި ޝޮކް[އުނިއިތުރު ގެންނަވާ]

  • ޑެންގީ ހުމުގެ ޢަލާމާތްތަކާއި އެއްވައްތަރުގެ ޢަލާމާތްތައް ފެނުން
  • މެދު ނުކެނޑި ބޮޑަށް ބަނޑުގައި ރިއްސުން
  • ހަމުގެ ކުލަ ފަނޑުވެ ދޮން ފޫޑު ކުލައެއް ޖެހުން
  • ނޭފަތުން ލޭއައުން، އަނގައިން ލޭއައުން، ހިރުގަނޑުން ލޭއައުން، ނޫފައިގެންފައި ހުންނަ ފާޑުގެ ތަންތަން ހަންގަނޑުން ފެންނަށް ފެށުން
  • ލެޔާއި އެކު ނުވަތަ ލެޔާއި ނުލައި ގިނައިން ހޮނޑުލެވުން
  • ގައިގެ ވަރުދެރަވެ، ނިދި އަޔަސް ނުނިދޭގޮތްވުން
  • އަބަދު ރޮވުން
  • ބޮޑަށް ފެންބޮވުން ( އަނގަ ހުންނާނީ ހިކިފައެވެ )
  • ވަރަށް ބަލިބަލިކޮށް ނަމަވެސް އަވަހަށް ވިންދު ޖެހުން
  • ނޭވާލާން ދަތިވުން
  • ހޭނެތުން

ޑެންގީ ހެމޮރޭޖިކް ޝޮކް ޖެހިފައިވާ ބަލިމީހާ މޮނީޓަރ ކުރާނޭގޮތް:-[އުނިއިތުރު ގެންނަވާ]

  • ހުން، ވިންދު، ނޭވާލާވަރު އަދި ލޭގެ ޕްރެޝަރު: ކޮންމެ 15 މިނިޓުން ނޫނީ 30 މިނިޓުން
  • ލޭގެ އޮލަމިން: ފުރަތަމަ 6 ގަޑިއިރުތެރޭ 2 ގަޑިން، އެއަށްފަހު ރަގަޅުވަންދެން 4 ގަޑިން
  • އައިވީ ފެންދެވޭ ވަރު، ދެވޭ ވައްތަރު ކޮންމެ 4 ގަޑިން ރިކޯޑްކުރުން
  • ކުޑަކަމުދެވޭ ވަރު އެމްއެލް އިން ރިކޯޑްކުރުން ( ކެތީޓާ ލައްވައިގެން)
  • ލޭގެ ގުރޫޕް ބެލުމާއި ކްރޮސްމެޗް ކޮށްފައި ލޭދޭނޭ މީހަކު ތައްޔާރުކޮށްފައި ބެހެއްޓުން
  • ބްލަޑް ޝުގަރ
  • ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ސީއޯ2 ލެވެލް
  • ލިވަރ ފަންކްޝަން ޓެސްޓް
  • ރީނަލް ފަންކްޝަން ޓެސްޓް (ބީޔޫއެން، ކްރިއޭޓިނީން، ޔޫރިކް އެސިޑް)
  • ބްލަޑް ގޭސް
  • ޓީޓީ، އޭޕީޓީޓީ، ޕީޓީ