ޑެންމާކު
| Kingdom of Denmark
Kongeriget Danmark
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: none (Royal motto: Guds hjælp, Folkets kærlighed, Danmarks styrke "God's Help, the People's Love, Denmark's Strength") |
||||||
| Anthem: Der er et yndigt land (national) Royal anthem: Kong Christian stod ved højen mast (royal and national) |
||||||
| Capital (and largest city) |
Copenhagen 55°43′N 12°34′E / 55.717°N 12.567°E |
|||||
| Official languages | Danish1 | |||||
| Ethnic groups | 90.5% Danish, 9.5% other groups (Germans, Swedes, Norwegians, Bosnians, Turks, Arabs, Pakistanis, Dutch, Kurds)[1] | |||||
| Demonym | Danish or Dane/Danes | |||||
| Government | Parliamentary democracy and Constitutional monarchy | |||||
| - | Queen | Margrethe II | ||||
| - | Prime Minister | Helle Thorning-Schmidt | ||||
| - | Folketing Speaker | Mogens Lykketoft | ||||
| - | Current coalition | VK Coalition | ||||
| Consolidation | 8th century | |||||
| EU accession | 1 January 1973 (7th) | |||||
| Area | ||||||
| - | Total | 43,098.31 km2 (134th²) 16,640 sq mi |
||||
| - | Water (%) | 1.64² | ||||
| Population | ||||||
| - | 1 October 2009 estimate | 5,534,738 (108th) | ||||
| - | Density | 127.9/km2 (78th²) 331.2/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $204.269 billion[2] (49th) | ||||
| - | Per capita | $37,304[2] (16th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $340.029 billion[2] (27th) | ||||
| - | Per capita | $62,097[2] (5th) | ||||
| Gini (2009) | 24.7 (low) (1st) | |||||
| HDI (2007) | ||||||
| Currency | Danish krone (DKK) |
|||||
| Time zone | CET² (UTC+1) | |||||
| - | Summer (DST) | CEST² (UTC+2) | ||||
| Drives on the | right | |||||
| Internet TLD | .dk2,3 | |||||
| Calling code | 454 | |||||
| 1 Co-official with Faroese in the Faroe Islands. German is recognised as a protected minority language in the South Jutland (Sønderjylland) area of Denmark. Danish is recognised as a protected minority language in the Schleswig-Holstein region of Germany. ² For Denmark excluding the Faroe Islands and Greenland. ³ The TLD .eu is shared with other European Union countries. 4 The Faroe Islands use +298 and Greenland uses +299. |
||||||
ޑެންމާކަކީ ސްކެންޑިނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އުތުރު ޔޫރަޕުގެ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ޑެންމާކުގެ ރަސްމީ ބަހަކީ ޑެނިޝް ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ޑެނިޝް ނުވަތަ ޑޭންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކޯޕަންހޭގަންއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޑިމޮކްރަސީއެކެވެ. އަދި ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 109 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 43098.31 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ dk. އެވެ. ކޯލިން ކޯޑަކީ +45 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޑެނިޝް ކްރޯންއެވެ.
[އުނިއިތުރު ގެންނަވާ] ނަން
“ޑެންމާކް” މި ނަމުގެ އަޞްލާ ބެހޭ ގޮތުން ވަރަށް ގިނަ ބަހުސްތަކެެއް ކުރެވިފައިވެއެވެ. އަދި ކުރެވެމުން ދެއެވެ. މި ގޮތުން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި “ޑެން” މި ބަހުގެ އަޞްލަކީ ސެންސިކިރު^ް ބަހުގެ “ދަހނުސް” އެވެ. މި ބަހުގެ މާނައަކީ ޞަޙަރާއެވެ. އަނެއް ބައި ކަމުގައިވާ “މާކް” ގެ މާނައަކީ ޖަންގަލި ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ޖުޣުރާފީ ޑެންމާކު އޮތީ ސުވިޑްންގެ ހުޅަނގު ދެކުނުގައެވެ. ނޯވޭގެ ދެކުނުގައެވެ. ޑެންމާކުގެ ދެކުނުގައި އޮތީ ޖަރުމަނެވެ. ބޯޑަރުގެ ގޮތުން ބަލާއިރު ބަލްތިކް ކަނޑާއި އުތުރު ކަނޑާ، ޑެންމާކުގެ އައްސޭރި ބޯޑަރު ހިއްސާ ކުރެއެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
އާސާރީ ގޮތުން ފެންނަން ހުރި ހެކިތަކަށް ބަލާއިރުގައި ޑެންމާކަކީ ވަރަށް ޤަދީމީ ތާރީޚެއް އޮތް ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ޢީސާއީ މީލާދުގެ 12500 އަހަރު ކުރީއްސުރެ ވެސް ޑެންމާކުގައި މީހުން ދިރިއުޅެމުން ގެންދެއެވެ. ހަމަ އެހެންމެ ޢީސާއީ މީލާދުގެ 3900 އަހަރު ކުރީން ޑެންމާކުގައި ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިނގާފައިވާކަމުގެ ހެކިތައް ލިބެން އެބަހުއްޓެވެ. ރޯމަނުންގެ ކުރީގެ ދަގަނޑުގެ ޒަމާނުގައި (މީލާދުގެ ކުރީގެ 500 އިން ފެށިގެން މީލާދުގެ 1 އާ ހަމަޔަށް) މިހިސާބުގެ ވެހީން ވަނީ ދެކުނަށް ހިޖުރަކުރާން ފަށާފައެވެ. އެންމެ ފުރަތަމައަށް ޑެނިޝް މީހުން މި ސަރަޙައްދަށް ވަދެފައިވަނީ އަލްމާނީންގެ ދަގަނޑުގެ ޒަމާނުގައެވެ. މީލާދުގެ 1 އަހަރާއި 400 ވަނަ އަހަރާ ދެމެދުގައެވެ. ރޯމަނުން ވަނީ ޑެންމާކުގައި ތިބި އެ ބިމުގެ ވަޒަންވެރީންނާއެކު ވިޔަފާރީގެ ގުޅުންތައް ދަމަހައްޓާފައެވެ. އެހެންކަމުން ރޯމަނުންގެ ސިއްކަތައް ޑެންމާކުން ފެނިފައިވެއެވެ. މީލާދީން 8 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގައި ޑެނިޝް މީހުން ވެސް ވެފައިވަނީ ވައިކިން މީހުންގެ ތެރޭގައި ހިމެނޭ ބަޔަކަށެވެ. ވައިކިން މީހުން ވަނީ މީލާދީން 9 ވަނަ ޤަރުނުގައި އައިސްލޭންޑު ހޯދައި، އެތަނުގައި ވަޒަންވެރިވެފައެވެ. އެއީ އެމީހުން ފަރޯއޭ ޖަޒީތަކަށް ދިޔަ މަގުމަތީގައެވެ. އެތަނުން ގްރީންލޭންޑާއި ވިންލޭންޑުގައި ވެސް މީހުން ވަޒަންވެރިވިއެވެ. އެމީހުންގެ އޮޑިދޯނިފަހަރު ބަނުމުގެ ހުނަރު ބޭނުންކޮށްގެން އެމީހުން ވަނީ ފަރަންސޭސިވިލާތުގެ ބައެއް ތަންތަނަށާއި ބްރިޓިޝް ޖަޒީރާތަކަށް ޙަމަލާތައް ދީފައެވެ. ގްރީންލޭންޑުން ފެށިގެން ގުސްތަންތީނިއްޔާއާ ހަމަޔަށް އެމީހުން ވަނީ އެމީހުންގެ ވިޔަފާރީގެ މަގުތައް ފުޅާކޮށްފައެވެ. ޑެނިޝް ވައިކިން މީހުންނަކީ ބްރިޓެއިން އާއި ފަރަންސޭސިވިލާތާއި އަޔަރލޭންޑުގައި އެންމެ ޙަރަކާތްތެރިކޮށް އުޅުނު މީހުންނެވެ. ދޭތެރެ ދޭތެރެއިން ޑެންމާކާއި އިނގިރޭސީންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ. ޑެންމާކް އީ.ޔޫ އާ ގުޅިފައިވަނީ 1 ޖަނަވަރީ 1973 ގައެވެ. މިއީ އީ.ޔޫއގެ މެންބަރަކަށްވި 7 ވަނަ ޤައުމެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ޑެންމާކުގެ އާބާދީގެ 90.5% މީހުންނަކީ ޑެނިޝް ނަސްލުގެ މީހުންނެވެ. 9.5% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. މި ގޮތުން ޖަރުމަނުންނާއި ސްވީޑުންނާއި ނޮވޭޖިޔަނުންނާއި ބޮސްނިޔާ ނަސްލުގެ މީހުންނާާއި ތުރުކީންނާއި އަރަބީންނާއި އިންޑިޔާ ދަރިކޮޅުގެ މީހުންނާއި ޑަޗުންނާއި ކުރުދީން ފާހަގަކޮށްލެވެއެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
ސަގާފަތުގެ ގޮތުން ބަލާއިރު ޑެންމާކުގެ ސަގާފަތަކީ ސްކެންޑިނޭވިޔާގެ އެހެން ޤައުމުތަކާ އެއް ކަންތައްތަކެއް ހިއްސާކުރާ ސަގާފަތެކެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ޑެންމާކަކީ ޔޫރަޕަށް ނިސްބަތްވާ މުއްސަނދި ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 37304 ޑޮލަރެވެ.
- ↑ Statistics Denmark – Immigrants and their descendants and foreign nationals. Dst.dk (2009-08-12). Retrieved on 2009-08-20.
- ↑ 2.0 2.1 2.2 2.3 Denmark. International Monetary Fund. Retrieved on 2009-10-01.
- ↑ Human Development Report 2009. The United Nations. Retrieved 5 October 2009.