ސްޓްރެސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސްޓްރެސް އަކީ ހަގީގަތުގައި ހިތަށާއި ސިކުނޑިއަށް ކަންބޮޑުވެގެން ކުރާ ބާރެވެ. މިއީ ހާސްވެ ކަންބޮޑުވުން އެކަންޏެން ނޫނެވެ ފިކުރު ބޮޑުވެ ހިތަށް ތަދުވެ ނަފްސަށް ކުރާ ބާރެކެވެ. މިސާލަކަށް ހަނި ގޯޅިއެއްގެ ތެރެއިން ރޭގަނޑު އަނދިރިކަމުގެ ތެރޭގައި ހިނގައިފައި ދަނިކޮށް އަދިރީގެ ތެރޭގައި ހުރި މީހަކު ފެނިއްޖެއެވެ. އެއީ ކަޓަރު އަލައި، އަތުގައި ހުރި އެއްޗެއް އަތުލަން ހުރި މީހެއް ބާވައެވެ؟

ހަމަވަގުތުންން އޮޓަމެޓިކުން ތިމާގެ ހަށިގަނޑު ސަމާލުކަމަށް ގެނެސްދޭނެ ބިރުވެރިކަމެއް ހިތަށް ވަނީއެވެ. ހިއްސުތައް ހޭލައްވައިލީއެވެ. ލޭގެ ތެރެއަށް ހޯމޯންސްތައް އިތުރުވެގެން ދަނީއެވެ. ނަތީޖާއެއގެ ގޮތުން ފުންކޮށް ނޭވާލާން ޖެހެއެވެ. ހިތް ހިނގުން އަވަސް ވެއެވެ. މުޅިމީހާ ކައްޓެންހެން ހަރުވެދެއެވެ. އެއީ އެމީހަކު ހަމއލާ ދީފިނަމަ ދިފާއުވުމަށެވެ. ނޫނީ އެމީހެއްގެ ފަރާތުން ސަލާމަތްވުމަށް އައިކޮޅަށް ދުއްވައިގަތުމަށެވެ.

ތިމާއަށް އިހްސާސްވި ބިރުވެރިކަމަށް ހަށިގަނޑު ތައްޔާރު ކުރީއެވެ. ބިރުން ސަލާމަތް ވުމަށެވެ. މިދެންނެވުނީ ތައްކޮޅެއް ކަންތައް ބޮޑު ހާދިސާއަކަށް ވެދާނެއެވެ. އެހެން ނަމަވެސް ކޮންމެވެސް ހިތްބިރަކުން ނުވަތަ ކަންބޮޑުވުމަކުން ސަލާމަތްވުމަށް ތައްޔާރަށް ހުންނަށް ޖެހުމަކީ ބައެއް މީހުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ބައެއްކަމުގައި ވެފައި ވެއވެ. މިސަމާލުވާ ސަމާލުވުމަކީ މުޅިއަކުން ގޯސްކަމެއް ނޫނެވެ. ނުރައްކަލަކަށް ސަމާލުވުމަކީ ތަބީއީ ކަމެކެވެ. ދުއވާ އެއްޗިހި ގިނަ މަގެއް ހުރަސްކުރަން ޖެހުނަސް ސަމާލުވާން ޖެހޭތާއެވެ.

ބައެއްފަހަރަށް ވާގޮތަކީ މިބރުވެރިކަމުން ސަލާމަތްވާނެ ގޮތެއްނޭގި ބައެއް މީހުންނަށް އަބަދު ކަންބޮޑުވެފައި ހުންނާން ޖެހެނީއެވެ. އެކަން އެވަނި "ޑިސްޓްރެސް" އަކަށެވެ. (ފުރާނަ ސަލާމަތް ކޮންދިނުމުގެ އާދޭހުގެ ހާލަތަކަށެވެ.) އަބަދު ލޯލިތައް ކޮޅަށް ޖެހިފައި ހުންނަ ކަހަލަ ބިރުގަތުމެއްގައި ހުނަނަށް ޖެހުމަކީ ހަށިގަނޑަށް ބާރު ބޮޑުވާނެކަމެވެ. އަބަދު ކުން ހޯދަން އުޅޭ މީހުން ތިބި އޮފީހެއްގައި އުޅެން ޖެހުމަކީ ބައްޔަކަށް ވެދާނެއެވެ. އެފަދަ މާހައުލެއްގައި އުޅުމަކީވެސް ބައޔަކަށް ވެދާނެއެވެ. މިހެންވުމުން ކުދިކުދި ކަންތަކާއި ރުޅި އާދެވޭނއެވެ. ފިކުރުބޮޑުވެ ހިތަށް ބާރު ބޮޑުވެފައި ހުންނަ ހުރުމުގެ ސަބަބުން ލޭ މައްޗައް ދާނެއެވެ. ނަތިޖާއެއްގެ ގޮތުން ހިތަށާއި ހަށިގަނޑަށް ގެއްލުން ލިބެމުން ދާނެއެވެ.

ތިޔައީ ސްޓްރެސްގައި އުޅޭ މީހެއްކަން ވިސްނިއްޖެނަމަ ފުރަތަމަ ކަމަކީ ކަން ބޮޑު ނުވުމެވެ. ހަމަޖެހިލުމެވެ. ސްޓްރެސް ނައްތާލެވިދާނެ ގޮތްތައް އެބަހުއްޓެވެ.

ފުރުޞަތު ބޮޑުމީހުން[އުނިއިތުރު ގެންނަވާ]

ލިޔުމުގައި މިއޮންނަ ނިޝާންތަކުން ބައެއް ނިޝާންތަކަށް އެއްބަސް ވެވިއްޖެނަމަ ތިޔައީ ސްޓްރެސް ހުރި މީހަކަށް ވުން ގާތެވެ. ނޫނީ ތިޔަ އުޅެވެނީ މާބުރަކޮށެވެ. ނޫނީ ތިޔައީ ގޮންޖެހުންތަކާއި ކުރިމަތިލާ ހިތްވާ މީހަކީމުއެވެ. މިއީ " އޭ ޓައިޕް " މީހުންނެވެ. މީގެ އަނއް ވައްތަރަކީ " ބީ ޓައިޕް " މީހުންނެވެ. އެއީ ކަންފަސޭހަ ކޮންމެ ގޮތެއް ވަރިހަމަ މީހުންނެވެ. ބީ ޓައިޕް މީހުން ތިބޭނީ ހަމަޖެހިލައިގެންނެވެ. ކޮންމެފަދަ ކަމެއް ދިމާވިޔަސް ހާހެއް ނުވާނެއެވެ. ކޮންމެ މީހަކީވެސް މިދެވައްތަރުންކުރެ އެއްވައްތަރެއްގެ މީހެކޭ ބުނުމަކީ ހަގީގަތަކަށް ނުވާނެއެވެ. ސަބަބަކީ މިދެވައްތަރުގެ ތެރެއިން ކޮންމެ ވައްތަރެއްގެވެސް ބަޔެއް ހިމެނޭނެތީއެވެ. ބަލަންވީ އުޅޭއުޅުން ބަދަލުކޮށް ބީޓައިޕްގެ މީހަކަށް ވޭތޯއެވެ. ވީހައިވެސް ބޮޑަށް އޭ ޓައިޕްގެ ސިފަތައް ދުކޮށް ލެވޭތޯއެވެ. އެހެން ގޮތަކަށް ބުނާނަމަ ދިރުއުޅުމާއި ދިރިއުޅުމުގެ މައްސަލަތަކާމެދު އުނދަގުލެއްގެ ގޮތުގައި ނުވަތަ ބިރެއްގެ ގޮތުގައި ނުދެކާ މީހަކަށް ވުމެވެ. ހަމަޖެހިލައިގެން ދިރިއުޅޭށެވެ. ހަމަޖެހިލައިގެން މައްސަލަތަޚާއި ކުރިމަތި ލާށެވެ.

އެންމެ ރަނގަޅު ގޮތަކީ ފިކުރު ބޮޑުވެ ހާސްވާ ކަންތައްތަށް ލިސްޓް ކޮށްލުމެވެ. އެފަދަ ކަންތައްތައް ލިސްޓް ކޮށްލައި އެންމެ ބޯދަށް ކަންބޮޑުވެ ނަފްސަށް ބާރުކުރާ ކަންތައްތައް ފާހަގަ ލާށެވެ. އަދި އެފަދަ ދަޑިވަޅުގައި މައިތިރިވެ ހަމަހެހިލުމަށް ވިސްނާށެވެ. އަދި އެފަދަ ދަޑިވަޅުތަކުގައި ސިކުނޑިން ތިމާ ފިނިކޮށްލުމަށް ފިކރު ކޮށްލާށެވެ.

ނިޝާންތައް[އުނިއިތުރު ގެންނަވާ]

- ހަމަޖެހިލައިގެން އަރާމްކޮށްލަން އޮތުން އުނދަގޫވާނެއެވެ. މަސެއްކަތެއްގައިވެސް ދެމިހުންނަނަވެސް އުނދަގޫވާނެއެވެ.

- މާދަމާއާމެދު ފިކުރުކޮށް ނިދިނައިސގެން ގިނައިރު އޮންނަން ޖެހޭނެއެވެ.

- ހަށިގަނޑު ހުންނާނީ ހަރުކަށިކޮށެވެ. ކަރަށްބާރުވެ ކަރަށް ތަދުވާނެއެވެ.

- ކެތްތެރިކަން ކުޑަވެފައި އަވަހަށް ރުޅި އިސްވާނެއެވެ. އެހެންމީހުން ވާހަކަ ދައްކަނިކޮށް މެދުކަނޑާލައި ތިމާ ބޭނުން އެއްޗެއް ބުނާނެއެވެ.

- ސިކުނޑިގައި ބައިވަރު ކަންތައް އެނބުރޭނެއެވެ. ސަމާލުކަންދޭން އުނދަގޫވާނެއެވެ.

- ދުންފަރުގެ އިސްތިއުމާލު ކުރުން އިތުރުވާނެއެވެ. ކާލެއް އަވަސް ވާނެއެވެ.

- ދިރިއުޅުމަކީ މައްސަލަނޫން އެހެން އެއްޗެއް ނޫންކަން ދެކޭނެއެވެ. ގިނައިން ޒުވާބު ކުރާނެއެވެ.

- ކަނތައް ނިންމަން އުނދަގޫވާނެއެވެ.

- ތިމާ ބޭނުން ނުވާގޮތަށް އެހެން މީހުންގެ ކަންތައްތައް ހުރުމުން މާޔޫސް ވާނެއެވެ.

ބަނޑުގައި ގޭސް އުފެދި އަނގަ ހިކޭގޮތްވެ، ހުދުހަމުން ދާހިއްލާނެއވެ. ހިތްތެޅުން އަވަސް ވާނެއެވެ.

ސްޓްރެސްއަކީ ހިތުގެ ބަލިޖެހުމަށް މެދުވެރިވާ އެއްކަންތަކެވެ. އޭގެ އިތުރުންވެސް ހަނދާން ބަހައްޓަންޖެހޭ ކަނތައްތަކެއްވެއެވެ. ހިތުގެ ބަލިތައް ނުޖެހޭނެ ގޮތަކަށް ސްޓްރެސް ކޮންޓްރޯލް ކުރުމަށް ތިރީގައި މިވާ ކަންތައްތައް ކޮށްލެވޭތޯ ބަލާށެވެ.

- ހިތަށް ބާރު ބޮޑުނުވާ ކަހަލަ ކާއެއްޗެހި ކާށެވެ.

- ހަށިގަނޑު ލުއިކޮށްލާށެވެ.

- ލޭމައްޗައް ދިޔަ ނުދޭށެވެ.

- ހަމަޖެހިލައިގެން އަރާމުކޮށްލެވޭތޯ ބަލާށެވެ.

- އާދަވެގެން ކަސްރަތު ކުރާށެވެ.