ސުލްޠާން ޢަލީ ކަލަމިންޖާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޢަލީ ކަލަމިންޖާ (އެއްވަނަ) އަކީ މީލާދީން 1184 ން 1193 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ، ސިރީ ދަންމަރުނާޖަ މަހާރަދުންނެވެ. ސުލްޠާން ޢަލީ ކަލަމިންޖާ (އެއްވަނަ) ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން މުތެއި ކަލަމިންޖާ އަވަހާރަވުމުންނެވެ. މިރަދުންގެ ބައްޕާފުޅުގެ ނަމެއް ތާރީޚަކުން އެނގޭކަށެއް ނެތެވެ. މައިކަނބަލަކީ ރެކިހިރިޔާ މާވާކިލެގެ އެވެ. މި ރަދުން 9 އަހަރުވާންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. އަވަހާރަވީ ހިޖުރައިން 588ހ ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން މުތެއި ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ބާރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ދިނެއި ކަލަމިންޖާ