ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަކީ 1835 އިން 1883 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. މިރަދުން 48 އަހަރާއި 4 މަހާއި 28 ދުވަހު ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވިއެވެ. މިއީ އެއްމެ ގިނަ ދުވަހު ދިވެހި ތަޚުތުގައި ރެދަލި ކުރެއްވި ރަދުންނެވެ.މިއީ ދިވެހި ތާރީޚްގައި މަޝްހޫރު މުސްކުޅި ބަންޑާރަ އިންނެވެ. މިރަދުންނަކީ ކުލަދޮން، އިސްކޮޅުން މެދުމިނުގެ ބޭފުޅެކެވެ. ގިނަ މީހުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވާ އުޅުއްވާ ބޭފުޅެކެވެ.

ތައުލީމު އުގެނުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ އޭނާގެ ބައްޕާފުޅު ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، އަވަހާރަވުމަށްފަހު ގައެވެ. އޭރު މިރަދުންގެ އުމުރުފުޅަކީ 19 އަހަރު އެވެ. މިރަދުން ކިޔަވާ ވިދާޅުވީ މުޙައްމަދު މަހުދުއްދީން ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. އަދި ތަރިތަކާބެހޭ ޢިލްމު ދަސްފުޅު ކުރައްވަން ރަދުން އުޅުއްވުމުން ފަނޑިޔާރު މަނިކުފާނާއި ދެމެދުގައި ދެބަސްވުމެއްވެސް ހިނގިއެވެ. އެއީ ފަނޑިޔާރު މަނިކުފާނަށް ފެނިވަޑައިގަތީ ރަދުން އަރަބި ބަހާއި ދީނީ ޢިލްމު އުގެނުމަށެވެ. ރަދުން ބޭނުންފުޅުވަނީ ނުޖޫމީ ޢިލްމު ދަސްކުރެއްވުމަށެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖޭގެ ޗާޓްކުރެހުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)، ގެ ރަސްކަމުގައި ހިޖުރައިން 1250 ވަނަ އަހަރު ގެ ޖުމާދިލް އާޚިރު މަހު ލިޔެފައިވާ ފަތެއް މިރަދުންނަށް ލިބިވަޑައިގަތެވެ. ތާޖުއްދީނުގެ ތާރީޚްގައިވާ ގޮތުން އެއީ ބުމްބާއީގެ ވެރިމީހާ ފޮނުއްވި ފަތެކެވެ. ދިވެހި ތާރީޚުން އެނގޭގޮތުގައި މިފަތް ހިފައިގެން އައި މީހަކީ ދިވެހިންގެ މެދުގައި ލާޓް ގެ ނަމުން މަޝްހޫރުވި މީހާއެވެ. އެއީ ކެޕްޓަން މޮރަސްބީ އެވެ. އޭނާއައިކަމަށް ތާރީޚުން އެނގެނީ މީލާދީން 1834 ވަނަ އަހަރު ނުވަތަ ހިޖުރައިން 1250 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ މަސައްކަތް ހިނގިކަމަށް ބެލެވިފައިވަނީ ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ) އަވަހާރަވެ ދިއުމަށްފަހު، އޭގެ ފަހުން ރަސްކަމަށް އިސްވެ ވަޑައިގަތް އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ގެ ރަސްކަމުގެ ދުވަސްވަރު ގައެވެ.

ކެޕްޓަން މޮރެސްބީ ކުރެއްވި މަސައްކަތަކީ ދިވެހިރާއްޖޭގެ ޗާޓް ކުރެއްސެވުމެވެ. އެއީ އޭރު ބޮމްބޭގައި އޮތް އިގިރޭސި ސަރުކާރުން ފޮނުވީމައެވެ. މިކަން ހިނގީ ކުރިންވެސް ބުނި ހެން މުސްކުޅިބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ކެޕްޓަން މޮރެސްބީ ދިވެހިރާއްޖެގެ ޗާޓް ކުރެހުމަށް ސާރވޭ ކުރެއްވުމުގައި 2 އަހަރު ދުވަސް ހޭދަކުރެއްވި އެވެ. އޭނާގެ މަސައްކަތް ނިންމަވާފައި އެނބުރިވަޑައިގަތީ 1836މ ގައެވެ.

ދުންތަރިއެއް އެރުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައި 1 ޞަފަރު 1259ވީ ހުކުރުވިލޭރޭ ދުންތަރިއެއް އެރިކަމަށް ވެއެވެ. އެދުންތަރި އެރުމާއި އޭރު މާލޭގައި އޮތް ކޮލެރާގެ ބޭރަށް ހިންގުމުގެ ރޯގާއާއި ވެސް ގުޅުވާ ކަމަށް ތާޖުއްދީނުގެ ތާރީކްގައި ބަޔާންކޮށްފައި ވެއެވެ.

އަލިފާނުގެ ހާދިސާތައް[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) ގެ ރަސްކަމުގައި ހިޖުރައިން 1263 ވަނަ އަހަރު ގިރާވަރު އެދިކަމަށް ވެސް ލިޔެފައި ވެއެވެ. އަދި ހަމަ އެއަހަރު ރަޖަބު މަހުގެ 15ވީ އަންގާރަވިލޭރޭ ރަދުންނާއި އެއްބަނޑު އެއްބަފާ އިބްރާހީމް އޭ ކިޔުނު ބޭފުޅަކު އަވަހާރަވި ކަމަށްވެސް ލިޔެފައި ވެއެވެ. އަދި 1264 ވަނަ އަހަރު ރަދުންގެ ބޮޑުބޭބެ ދޮން އަހުމަދު ދީދީގެ 3 އޮޑިޔާއި އަދިވެސް ބައެއް އެހެން އޮޑިފަހަރު އަދައިގެން ދިޔަކަމަށް ވެސް ލިޔެފައި ވެއެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަވަހާރަވީ ހިޖުރައިން 1299 ވަނަ އަހަރުގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ އޮގަސްޓް 1980 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒު


ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު މުޢީނުއްދީނު (އެއްވަނަ)
ދިވެހިރާއްޖޭގެ ރަދުން
1835 - 1883
ފަހުން ވަޑައިގަތީ:
ސުލްޠާން އިބްރާހީމް ނުރައްދީން