ސުލްޠާން އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން އިބްރާހީމް އަކީ ދެފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ރަސްކަލެކެވެ. އެގޮތުން ސުލްޠާން އިބްރާހީމް ފުރަތަމަ ރަސްކަންކުރެއްވީ މީލާދީން 1397 ން 1398 އަށެވެ. އެއީ ހިޖުރައިން 800 ވަނަ އަހަރުގައެވެ. ފުރަތަމަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 800 ވަނަ އަހަރުއެވެ.

ސުލްޠާން އިބްރާހީމް ފުރަތަމަ ފަހަރު ރަސްކަމަށް އިސްވުމަށްފަހު، ރަސްކަން ކުރައްވާތާ 4 މަސްވީތަނާ އޭނާގެ ބޮޑު ބޭބެ ސުލްޠާން ޙުސައިން މީނާގެ އަތްޕުޅުން ރަސްކަން ދަމައިގަންނަވައިފި އެވެ. މިކަން ހިނގީ ހިޖުރައިން 800 ވަނަ އަހަރު ގައެވެ.

ސުލްޠާން އިބްރާހީމް ދެވަނަ ފަހަރު ރަސްކަންކުރެއްވީ މީލާދީން 1411 ން 1420 އަށެވެ. އެއީ ހިޖުރައިން 814 އިން 822 ވަނަ އަހަރަށެވެ. ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 814 ވަނަ އަހަރުއެވެ. އެފަހަރު 8 އަހަރާއި، 9 މަސްދުވަސް ވަންދެން ރަސްކަން ކުރެއްވި އެވެ. އެހެން ކަމުން ޖުމްލަ އެކު 9 އަހަރާއި 1 މަސް ދުވަހުގެ މުއްދަތަށް ރާއްޖޭގެ ރަސްކަން މިރަދުން ކުރެއްވި އެވެ.

އައްސުލްޠާން އިބްރާހީމް ސިރީ ދަންމަރު ވީރު މަހާރަދުންނަކީ އައްސުލްޠާން ޙަސަން(ސުލްޠާން ޙަސަން އަލްހިލާލީ)ގެ ދަރިކަލެކެވެ. އައްސުލްޠާން އިބްރާހީމް އަވަހާރަވީ ހިޖުރައިން 822 ވަނަ އަހަރު ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން ޙަސަން އަލްހިލާލީ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙުސައިން
ކުރިން ހުންނެވީ:
ސުލްޠާން ޢީސާ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢުޘްމާނު (ދެވަނަ)