ސުލްޠާނާ ދާއިން ކަނބައިދިކިލެގެ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާނާ ދާއިން ކަނބައިދިކިލެގެ އަކީ މީލާދީން 1384 ން 1388 އަށް ދިވެހިރާއްޖޭގައި ރަނިކަންކުރެއްވި ރަނިކަމަނާ އެވެ. އެއީ ހިޖުރައިން 786ން 790 އަށެވެ. މިކަމަނާ ރަސްކަމުގެ ތަޚްތަށް އިސްވެ ވަޑައިގަތީ ހިޖުރައިން 786 ވަނަ އަހަރު އެވެ.

ސުލްޠާނާ ދާއިން ކަނބައިދިކިލެގެ މަހާ ރެހެންދި އަކީ ސުލްޠާން މުޙައްމަދު އަލްމާކުރަތީ ގެ ދަރިކަނބަލެކެވެ. 4 އަހަރު ވަންދެން ވެރިކަން ކުރެއްވި ފަހުން އެކަމަނާގެ ފިރިކަލުން ސުލްޠާން ޢަބްދުﷲ (ދެވަނަ) މިކަމަނާގެ މައްޗަށް ވެރިވެގެން ރަސްކަން އަތުލައިގެންފިއެވެ. މިކަން ހިނގީ ހިޖުރައިން 790 ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު އަލްމާކުރަތީ
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަބްދުﷲ (ދެވަނަ)