ސިމާގު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިމާގު، އަކީ ހިޔާލީ ވާހަކަތަކުގައި ދައްކުވައިދީފައިވާ، ވަރަށް ބިޔަ، އަދި ހުލްގުހެޔޮ ދޫންޏެކެވެ. މިއަށް "އަންގާ" (ފާރިސީ ބަހުން) ވެސް ކިޔާ އުޅެއެވެ. އީރާންޝަހަރުގެ އަދަބީ ލިޔުންތަކާއި ކުރެހުންތަކުގައި މި ދޫނީގެ ވާހަކަތައް ބަޔާންކޮށްފައި ވެއެވެ. ހަމަ އެހެންމެ ރޫމީންގެ ރަސްކަމުގެ ބާރު އޮތް ސަރަހައްދުތަކާއި ފާރިސީންގެ ސަގާފީ ގުޅުންތައް އޮތް ސަރަހައްދުތަކުގައި މިދޫނީގެ ވާހަކަތައް ކިޔައި އުޅެއެވެ.

ސިފަ[އުނިއިތުރު ގެންނަވާ]

އީރާނުގެ ކުރެހުންތަކުގައި ސިމާގު ސިފަކޮށްފައިވަނީ ފިޔަގަނޑުލީ، އުދުހޭ، އަދި އެތެއް ނުވަތަ މައިމަހެއްވެސް އުފުލޭހައި ބާރުގަދަ ދޫންޏެއްގެ ގޮތުގައެވެ. މިއީ ކުއްތާގެ ބޮލާއި ސިންގާގެ ތޫނު ނިޔަފަތި، އަދި ސާމަރާދޫނީގެ ހަށިގަނޑުގެ ސިފަ ލިބިފައި އިހްލާސްތެރި އަންހެން ދޫންޏެކެވެ. ބައެއް ފަހަރު މިދޫނީގެ ބޯ އިންސާނެއްގެ ބޮލުގެ ސިފައަށްވެސް ސިފަކޮށްފައި ހުރެއެވެ. ދޫންޏެއްގެ ސިފައާއި މައްމަލި ސިފަ އެކުލެވޭ މިދޫނީގެ ދަރިންނަށް ގާތުން ކިރުދެއެވެ. ހަރުފަ އާއި ދެކޮޅުވެރި، ގިނައިން ފެންލިބޭ ސަރަހައްދުގައި ދިރިއުޅޭ މިދޫނީގެ ހުންނަނީ ލޮއި ކުލައިގެ ފަތެވެ.

"ސިމާގު" މި ނަމުގެ ފުރަތަމަ އަކުރު "ސި" (ފާރިސީ: ތިރީސް) އާއި މިދޫނީގެ ބައެއް ސިފަތައް ގުޅިފައިވާކަން ވާހަކަތަކުން ދޭހަ ވެއެވެ. މިސާލަކަށް ސިމާގުގެ ބޮޑުމިނަކި 30 ދޫނީގެ ބޮޑުމިނެވެ. އަދި ސިމާގުގެ ގައިގެ ފަތްތަކުގައި 30 ކުލަ ހުރެއެވެ.

ވާހަކައިގައި ވާ ގޮތުން މިދޫނީގެ އުމުރު ވަރަށް ދިގެވެ. 3 ފަހަރު ދުނިޔެ ފުނޑުފުނޑުވުން މިދޫނި ދެކެފައި ވެއެވެ. މިހައި ދުވަހު ދިރިހުރުމުގެ ސަބަބުން ސިމާގަށް ވަނީ ވަރަށްގިނަ ކަންކަން ފެނި، ހުރިހައި ޒަމާނެއްގެ އިލްމު ލިބިފައެވެ. އެއް ވާހަކައެގައި ވާގޮތުން މިދޫނި 1،700 އަހަރު ދިރިއުޅުނެވެ.

ބުނެވޭގޮތުގައި ސިމާގު ބިމާއި ފެން ތާހިރުކޮށްދެއެވެ. އަދި މީގެ ސަބަބުން ބިމުގެ ދިރުން އިތުރުވެއެވެ. ސިމާގަކީ އުޑާއި ބިމާ ދެމެދުގެ މުއާމަލާތް ކޮށްދޭ އަދި އުޑާއި ބިން ގުޅުވައިދޭ އެއްޗެކެވެ. މީތި ދިރިއުޅެނީ ހޫމް އެވެ ކިޔާ ގަހެއްގައެވެ. މިގަހަކީ ހުރިހައި ބައްޔެއްގެ ޝިފާ އެކުލެވޭ ގަހެކެވެ. އަދި ހުރިހައި ވައްތަރެއްގެ ގަހުގެ އޮއް މިގަހުގައި ހުރެއެވެ. ސިމާގު މިގަހުން އުދުއްސައިގަނަ އިރު ގަހަށް އަންނަ ލުޅުމުގެ ސަބަބުން އެކިވައްތަރުގެ އޮށްތައް ވެރި، އެ އޮށްތައް ކަނޑާއި ވައިގެ ޒަރީއާއިން ދުނިޔޭގެ އެކި ހިސާބުތަކަށް ވާސިލްވެ އެކި ވައްތަރުގެ ގަސް ފަޅައި ހެދެއެވެ. އަދި މިގަސްތަކުން އިންސާނުންގެ އެކި ބަލިތަކަށް ފަރުވާ ލިބެއެވެ.

ޝާހްނާމާގައި ސިމާގް[އުނިއިތުރު ގެންނަވާ]

ފިރުދޯސީގެ ޝާހްނާމާ (ރަސްކަލުންގެ ވާހަކަ) ގައި ސިމާގުގެ ވާހަކަ އައިސްފައި ވެއެވެ. ވާހަކައިގައި ވާގޮތުން ސާމް ގެ ދަރި ޒާލް އުފަންވީ އިރު ބޮލުގެ އިސްތަށިތައް ހުދެވެ. ސާމަށް ދަރިފުޅު ފެނުމުން އެކަމަކީ ނުބައި ޝައިތޯނެއްގެ އަސަރުން ވެފައިވާ ގޮތެއް ކަމަށް ބަލައި ޒާލް ގެންގޮސް ދަމާވަންދު ފަރުބަދަ މައްޗަށް އެކަނި ދޫކޮށްލިއެވެ. ކުޑަ ޒާލްގެ ރުއިމުގެ އަޑު ސިމާގަށް އިވުމުން އެސޮރު ޒާލް ގެންގޮސް އަމިއްލަ ދަރިއެއްގެ ގޮތުގައި، އެސޮރުގެ ހާލީގައި ބެލެހެއްޓިއެވެ. އަދި ސިމާގަށް އެނގިފައިވާ އިލްމުތައް ޒާލަށް އުނގަންނައިދިނެވެ. އަދި ޒާލް ބޮޑުވެ ފުރިހަމަ ވުމުން އޭނާގެ ބައްޕައާ ހަވާލުކުރިއެވެ. އަދި ޒާލް އެއްވެސް ކަމަކަށް ބޭނުންވެއްޖެ ނަމަ ސިމާގުގެ އެހީ އަށް އެދުމަށް، ސިމާގުގެ ގައިން ތިން ފަތް ނައްޓާލާފައި ދިނެވެ. އެއިން ފަތަކަށް ހޫނުކޮށްލުމުން ސިމާގު އެތަނަކަށް ހާޒިރުވެ އެދޭ ކަމެއް ފުރިހަމަކޮށްދޭނެ އެވެ.

އޭގެ ފަހުން ޒާލް އާއި ރުދަބާ ބައްދަލްވެ، ދެމީހުންގެ ކައިވެނި ކުރެވުނެވެ. އަދި ރުދަބާ ބަލިވެއިނދެ ވިހެއުމަށް ބަނޑުގައި ރިއްސައި، ނުވިހައި ގިނައިރު ވުމުގެ ސަބަބުން ސިމާގުގެ އެހީތެރިކަމަށް އެދުނެވެ. ސިމާގު ޒާލަށް ރުސްތުމްޒާދު (ކަފާލައިގެން ދަރި ނަގާ ގޮތް) ކިޔައިދީ ދެމައިންގެ ފުރާނަ ސަލާމަތް ކޮށްދިނެވެ. މި ވިހެއި ދަރިފުޅަކީ ފާރިސްކަރައިގެ މަޝްހޫރު ފާތިހް ރުސްތުމް އެވެ.

އަޒަރުބައިޖާން ވާހަކައިގައި[އުނިއިތުރު ގެންނަވާ]

އެޭލާ ވާހަކައިގައި އަޒަރުބައިޖާންގެ އެވޭލާ ވާހަކައެއްގައިވާގޮތުން އެތާގެ ރަސްގެފާނުގެ ބަގީޗާގައި ޖާދޫގެ އާފަލުގައެހެއް ހުރެއެވެ. މިގަހުގައި އަބަދުވެސް އާފަލު އަޅާފައި އޮވެއެވެ. ނަމަވެސް ނުލަފާ އިފުރީތެއް ކޮންމެ ރެއަކު އާފަލުތައް ވަގަށް ނަގައެވެ. އެހެންކަމުން ރަސްގެފާނުގެ ދަރި މާލިކް މުހައްމަދާއި އޭނާގެ ބޭބެ މި އިފުރީތާ ހަނގުރާމައަށް ފޮނުވިއެވެ. މިދަތުރުގައި ސިމާގުގެ ދަރި ޑްރެގަންއެއް (އަލިފާން ދޫންޏެއް) ގެ ކިބައިން ސަލާމަތް ކޮށްދެނީ މާލިކެވެ.މި އެހީތެރިކަމުގެ ބަދަލުގައި އިފުރީތާ ހަނގުރާމަ ކުރުމަށް ސިމާގު މާލިކަށް އެހީތެރިވެއެވެ.