ސައިބޯނި މަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ސައިބޯނި މަސް

ސައިބޯނި މަސް (ސައިންޓިފިކް ނަން: Amphiprion sebae)ނުވަތަ (އިނގިރޭސި ބަހުން: sebae clownfish) އަކީ މާގަނޑު މަސްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމު އެއްބާވަތެވެ. މިއީ ވެސް މެރިން އެކްއޭރިއަމް ތަކުގައި ގެންގުޅެން ރީތި މަހެކެވެ. މިމަސް ދިރިއުޅެމުންދަނީ ފަރުފަޅާއި، ފަރުމަތީގައި ބައިބަޔަށް ހިރިހިރީގައި ހުންނަ ގާތަކުގެ ނިވަލުގައެވެ.

މަހުގެ ހަށިގަނޑުގެ މަހުގެ ހުރަހަށް ފުޅާ ރޮނގުތަކެއް ތިން ގަޅިޔަށް ވާގޮތަށް ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ރީނދޫކުލައެވެ. ނިގުލުގެ ކުލައަކީ ހުދުއަޅި ކުލައެވެ. އަނގަމަތީގެ ކުލައަކީ ރީނދޫ ކުލައެވެ.