ސަން އޮންލައިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފައިލު:Http://sun.mv/images/web logo.gif ސަންގެ ބެލެނިވެރިކަން

ސަން އޮންލައިނަކީ ގާނޫނީ ހަމަތަކުގެ މަތިން ދިވެހި ސަރުކާރުގައި ރަޖިސްޓަރީ ކޮށް ދުނިޔޭގެ މައުލޫމާތުގެ ރަސް މަގު، އިންޓަނެޓުގައި ގާއިމްކޮށްފައިވާ އޮންލައިން ނޫހެވެ. ސަންގެ ބޭނުމާއި ނިޔަތަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހަމަތަކާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ފުރިހަމައަށް ހިފުމެވެ. ސަން ދައުރުވަމުން ދަނީ "ސަން މީޑިޔާ ގްރޫޕް" ގެ ބެލެނިވެރިކަމުގެ އުނގުގެ ތެރެއިންނެވެ.

ސަން އޮންލައިނަކީ 2008 އަހަރު އުފެއްދި "އިރު އޮބްޒާވާ"ގެ ވެބްސައިޓެވެ. އަދި އެނަމުން އަހަރު ސަން އެފްއެމް ސަން އޮންލައިނަށް 2009 އަހަރު ވަނީ ބަދަލުވެފަ އެވެ. އެންމެފަހުން އެ ވެބްސައިޓް ވަނީ ސަން އޮންލައިންގެ ނަމަށް ބަދަލުކޮށްފަ އެވެ. ސަން އޮންލައިންގެ ނަމަށް ބަދަލު ކުރީ 2010 އަހަރުގެ ފަހުކޮޅުގަ އެވެ.

"ސަން" މިލަފުޒު ނަގާފައި ވަނީ ދިވެހި ބަހުގައި ބޭނުންކުރާ "އިރު"ގެ މާނައިގަ އެވެ. އާ ދުވަކަށް އިރު އެރުމުން ދުނިޔެ އަލިކޮށް ސާފުކޮށްދޭ، އިރު އޮއްސުމުން ދުނިޔެ އަނދިރިކޮށްދޭ ތަރި އަށް އަހަރެމެންގެ އޮންލައިން ނޫހުގެ ނަން ނިސްބަތް ކުރަމު އެވެ. އަހަރެމެން އެންމެން ދިރިއުޅޭ ދުނިޔެއަށް އަލި ކަމާއި ހޫނުކަން ގެނެސްދޭ ދޯފިފަށްތައް ފޮނުވައިދޭ އަދި އަހަރެމެން، ދުނިޔޭގެ ރަށްވެހިން ބޭނުންވާ ވަގުތާއި ތަންވަޅު ސާފުކޮށްދެނީ އަހަރުމެން ނޫހުގެ ނަން ނިސްބަތްވާ ތަރިންނެވެ. ހަފުތާގެ ހަތް ދުވަހުގެ ހަބަރުތައް ހޫނު ކަމާއެކު ގެނެސްދޭން އަހަރެމެން އެއްބަސްވަމެވެ. އަހަރެމެންނަކީ ސަން އެވެ.