ސަނީ ޑިއޯލް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ދަރުމެންދުރާ ބޮބީ އަދި ސަނީ އާއެކު

ސަނީ ޑިއޯލް ( އުފަންވެފައިވަނީ އޮކްޓޫބަރު 19، 1956 އިންޑިޔާގެ ނިއުދިއްލީ ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މިއީ ފިލްމީ ތަރި ދަރުމެންދުރާ ޑިއޯލް ގެ ދޮށީ ފިރިހެންދަރި ފުޅެވެ. އަދި ފިލްމީ ތަރި ބޮބީ ޑިއޯލް އެއްބަނޑު އެއްބަފާ ބޭބެ އެވެ. އަދި އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލް ގެ އެއްބަފާ ބޭބެ ވެސް މެއެވެ. ފިލްމީ ތަރި އަބޭ ޑިއޯލް އަކީ ސަނީގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ. ސަނީ ޑިއޯލް އުފަންވިއިރު ދީފައިވާ ނަމަކީ އަޖޭ ސިންގ ޑިއޯލް އެވެ. ސަނީ ޑިއޯލްގެ މަންމަ އަކީ ޕްރަކާޝް ކޯރު އެވެ. ހެމާ މާލިނީ އަކީ ސަނީ ޑިއޯލް ގެ ދޮންމަންމަ އެވެ.


އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ސަނީ ޑިއޯލް ގެ އަންހެނުންނަކީ ޕޫޖާ ޑިއޯލް އެވެ. އެދެމަފިރިންނަށް ދެކުދިން ލިބިފައިވެއެވެ. މިހާރު ސަނީ ދިރިއުޅެނީ އަނބިމީހާ އަދި ދަރިންނާއެކު ބޮމްބޭގައެވެ.


ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ސަނީ ޑިއޯލް ވަނީ އިގިރޭސި ވިލާތުގެ ބާމިންގ ހާރމް ގައި ހުންނަ އޯލްޑް ވެބް ތިއޭޓަރ ގައި އެކްޓިންގ އަދި ތިއޭޓަރގެ އިލްމް އުގެނިފައެވެ. ސަނީ ޑިއޯލް ހިންދީ ފިލްމްތަކަށް ތަޢާރަފްވެގެން އައީ 1983 ވަނަ އަހަރު ނިކުމެފައިވާ ބޭތާބް އިންނެވެ. މިފިލްމްގައި ސަނީ އާއެކު ހަރަކާތްތެރިވެފައި ވަނީ އަމްރީތާ ސިންގ އެވެ. ސަނީ ޑިއޯލް ގެ ދިގު ފިލްމީ ޙަޔާތުގައި ވަނީ ކާމިޔާބު އެތައް ފިލްމް ތަކެއް ކުޅެފައެވެ. ސަނީ ވަނީ އެކްޝަން އަދި ރޮމެންޓިކް ފިލްމްތައް ވެސް ކުޅެފައެވެ. ސަނީ ކުޅެފައިވާ މަޝްހޫރު އެކްޝަން ފިލްމްތަކުގެ ތެރޭގައި ގާޔަލް، ޓްރައިދޭވް، ވިޝްވަތުމާ، އިމްތިހާން، ގާތަކް، ޒިއްދީ، ބޯޑަރު، އިންޑިއަން، ބިގް ބްރަދާ، ތީސްރީ އާންކް، ލަކީރު، ޖޯ ބޯލޭސޭ ނިހާލް، ފަދަ ފިލްމްތައް ހިމެނެއެވެ. ސަނީ ކުޅެފައިވާ މަޝްހޫރު ލޯބީގެ ރޮމެންޓިކް ފިލްމް ތަކުގެ ތެރޭގައި ޗާލްބާޒް، ދާމިނީ، ޑަރް، ޖީތު، ގަދަރު އޭކް ޕްރޭމް ކާތާ، ފަދަ ފިލްމްތައް ހިމެނެއެވެ.

1999 ވަނަ އަހަރު ސަނީ ޑިއޯލް ވަނީ ފިލްމެއް ޑައިރެކްޓްކޮށްފައެވެ. 'ދިއްލަގީ ގެނަން ދީފައިވާ ފިލްމްގައި ހަރަކާތްތެރިވެފައިވަނީ ސަނީ ޑިއޯލްގެ އިތުރުން ކޮއްކޮ ބޮބީ ޑިއޯލް އަދި އުރުމިލާ މަޓޮދުކަރު އެވެ.

2007 ވަނަ އަހަރު ނިކުތް ފިލްމް އަޕްނޭ ގައި ސަނީ ޑިއޯލް އަދި ކޮއްކޮ ބޮބީ ޑިއޯލް އަދި ބައްޕަ ދަރުމެންދުރާ ޑިއޯލް އެކުގައި ފެނިގެން ގޮސްފައިވެއެވެ. މިއީ އެއް ފިލްމަކުން މި 3 ބަފައިން ފެނިގެންދިޔަ ފުރަތަމަ ފިލްމް ވެސް މެއެވެ.


ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ނޭޝަނަލް ފިލްމް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1991 - ސްޕެޝަލް ޖޫރީ އެވޯޑް
  • 1993 - ބެސްޓް ސަޕޯޓިންގ އެކްޓަރ - ދާމިނީ

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1991 - ބެސްޓް އެކްޓަރ - ގާޔަލް
  • 1994 - ބެސްޓް ސަޕޯޓިންގ އެކްޓަރ - ދާމިނީ

ޒީސިނަމާ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2002 - ޒީސިނެ ސްޕެޝަލް އެވޯޑް ފޯރ އައުޓް ސްޓޭންޑިންގ ޕާރފޮމެންސް - ގަދަރު އޭކް ޕްރޭމްކަތާ

ސްޓާރ ސްކްރީން އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2001 - ބެސްޓް އެކްޓަރ - ގަދަރު އޭކް ޕްރޭމްކަތާ

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 2002 - ބެސްޓް އެކްޓަރ - ގަދަރު އޭކް ޕްރޭމްކަތާ - ސަންސުއީ ވިވާރސް ޗޮއިސް އެވޯޑް