ގެދަ

ވިކިޕީޑިއާ އިން
ގެދަ ނުވަތަ ގެދަފިލާ

ގެދަ(ސައިންޓިފިކް ނަން: Portulaca oleracea)ނުވަތަ (އިނގިރޭސި ބަހުން: Pigweed,Common Purslane، Little Hogweed or Pusley)ގެދަ އަކީ ތިރިކޮށްހެދޭ ފަތްބޯކޮށް ހުންނަ ކުދި ފަތްޕިލާ ވެއްޔެކެވެ. ގެދަ އަށް ގެދަފިލާ މިހެންވެސް ކިޔައި އުޅެއެވެ. ގެދައިގެ ރަތް ކުލަ އަދި ހުދުކުލަ ހުރެއެވެ. މިއީ ބޭހަށާއި ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. ގެދަ އަކީ ބައެއް ގައުމު ތަކުގައި ކެއުމަށް ބޭނުންކުރާ ފަތެކެވެ. ގެދައިގެ ރަހަ އަކީ ހުތް، ލޮނު ރަހައެކެވެ. ގެދައިގައި އޮމެގާ-3 ފެޓީ އެސިޑް ހުރެއެވެ. މީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން ބީ އަދި ކެރަޓިނޮއިޑް ވެސް ހުރެއެވެ. އަދި ހަމަމިއާއެކު ދަގަނޑު، މެގްނީޒިއަމް، ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ.

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން