ލުބުނާން
| Republic of Lebanon
اَلْجُمْهُورِيَّةاَللُّبْنَانِيَّة ފަންވަތް:Ar icon
al-Jumhūrīyah al-Lubnānīyah République libanaise ފަންވަތް:Fr icon |
||||||
|---|---|---|---|---|---|---|
|
|
||||||
| Anthem: Lebanese National Anthem |
||||||
|
Location of Lebanon
|
||||||
| Capital (and largest city) |
Beirut 33°54′N 35°32′E / 33.9°N 35.533°E |
|||||
| Official languages | Arabic, French (conditional)[1] | |||||
| Spoken languages | Arabic (Lebanese dialect), French, English, Armenian | |||||
| Ethnic groups | 95% Arab[2], 4% Armenian, 1% other[1] | |||||
| Demonym | Lebanese | |||||
| Government | Confessionalist, parliamentary republic[2] | |||||
| - | President | Michel Suleiman | ||||
| - | Prime Minister | Saad Hariri | ||||
| - | Speaker of Parliament | Nabih Berri | ||||
| Independence | from France | |||||
| - | Declared | 26 November 1941 | ||||
| - | Recognized | 22 November 1943 | ||||
| Area | ||||||
| - | Total | 10,452 km2 (166th) 4,035 sq mi |
||||
| - | Water (%) | 1.6 | ||||
| Population | ||||||
| - | 2009 estimate | 4 224 000[3] (124th) | ||||
| - | Density | 404/km2 (25th) 1,046/sq mi |
||||
| GDP (PPP) | 2009 estimate | |||||
| - | Total | $53.818 billion[4] | ||||
| - | Per capita | $13,952[4] | ||||
| GDP (nominal) | 2009 estimate | |||||
| - | Total | $32.660 billion[4] | ||||
| - | Per capita | $8,467[4] | ||||
| HDI (2009) | ||||||
| Currency | Lebanese pound (LBP) |
|||||
| Time zone | EET (UTC+2) | |||||
| - | Summer (DST) | EEST (UTC+3) | ||||
| Drives on the | right | |||||
| Internet TLD | .lb | |||||
| Calling code | 961[6] | |||||
| 1 | ^ Article 11 of the Constitution of Lebanon states that "Arabic is the official national language. A law shall determine the cases in which the French language is to be used."[2] | |||||
| 2 | ^ The Lebanese are ethnically a mixture of Phoenician, Greek, Armenian, and Arab elements.[7] Many Christian Lebanese do not identify as Arab, and prefer to be called Phoenician.[1] | |||||
ލުބުނާނަކީ، ހުޅަނގު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް
ލުުބުނާނުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. މީގެ އިތުރުން ކޮންޑިޝަނަލް ރަސްމީ ބަހެއްގެ ގޮތުގައި ފަރަންސޭސި ބަސް ބޭނުންކުރެވެއެވެ. ލުބުނާނުގައި ވާހަކަ ދައްކާ ބަސްތަކަކީ އަރަބި ބަސް (ލުބުނާނު ލަހުޖާ) އާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހާއި އަރްމީނިޔަން ބަހެވެ. އިނގިރޭސި ބަހުން ލެބަނީޒްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބައިރޫތެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. ލުބުނާނުގައި އޮންނަނީީ ކޮންފެޝަނަލިސްޓް، އަދި ބަރުލަމާނީ ޖުމްހޫރިއްޔާއެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 124 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 10452 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ lb. އެވެ. ކޯލިން ކޯޑަކީ +961 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ލެބަނީޒް ޕައުންޑެވެ.
[އުނިއިތުރު ގެންނަވާ] ނަން
ލުބުނާނުގެ ނަން އައިސްފައިވަނީ ސާމީ ރޫޓް ބަހެއް ކަމުގައިވާ ލބނ އިންނެވެ. މީގެ މާނައަކީ “ހުދު” އެވެ. މި ނަން ނިސްބަތްކޮށްފައިވަނީ މައުުންޓް ލުބުނާނަށެވެ. އެއީ އެ ފަރުބަދަ މަތީގައިވާ ހުދުކުލައިގެ ބަރަފް (ސްނޯ)އަށް ނިސްބަތްކޮށެވެ.
[އުނިއިތުރު ގެންނަވާ] ޖުޣުރާފީ
ލުބުނާނުގެ އިރުމައްޗާއި އުތުރުގައި އޮތީ ސޫރިޔާއެވެ. ދެކުނުގައި އޮތީ އިސްރާއީލެވެ. މި ޤައުމު އޮންނަނީ މެދުތެރޭ ކަނޑުގެ އިރުމަތީ އައްސޭރީގައެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚު
މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ޖިބީލް ނުވަތަ ބިބްލޯސްއަކީ ލުބުނާނު ސަރަޙައްދުގައި އެންމެ ކުރީން އާބާދުވި އެއް ޝަހަރެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް މެދުކެނޑުމެއްނެތި މީހުން ދިރިއުޅެމުންދާ އެންމެ ދުވަސްވީ ޝަހަރުތަކުގެ ތެރެއިން އެއް ޝަހަރަކީ ޖިބީލްއެވެ. މި ޝަހަރު އާބާދުވެފައިވާ ކަމަށް އާސާރީ ހޯދުންތަކުން ދައްކަނީ އީސާއީ މީލާދުގެ 5000 އަހަރު ކުރީންނެވެ. ލުބުނާނުގެ އަޞްލު ރަށްވެހީން ކަމުގައި ފޮއެނީޝިޔަނުންނަކީ ކަނޑު ދަތުރު ފަތުރަށް ވަރަށް ކުޅަދާނަ ބައެކެވެ. އުސްމާނީ ދައުލަތުގެ ބައެއްގެ ގޮތުގައި 400 އަހަރު ވަންދެން ލުބުނާނު އޮތެވެ. 1918 އަހަރުން ފެށިގެން ލުބުނާނު އޮތީ ފްރެންޗް މެންޑޭޓް އޮފް ސީރިޔާގެ ބައެއްގެ ގޮތުގައެވެ. ފަރަންސޭސި ވިލާތުގެ ކިބައިން މިނިވަންކަން އެ ޤައުމުން އިޢުލާންކޮށްފައިވަނީ 26 ނޮވެންބަރު 1941 ގައެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަނެވުނީ 22 ނޮވެންބަރު 1943 ގައެވެ.
[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް
ލުބުނާނުގެ މިހާރުގެ އާބާދީއަށް ބަލާއިރު، އާބާދީގެ 95% އަކީ އަރަބި ނަސްލުގެ މީހުންނެވެ. 4% އަކީ އަރްމީނިޔަނުންނެވެ. 1% މީހުންނަކީ އެހެން ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. ލުބުނާނުގައި މީހުން އުޅޭ ތަފާތު ދީންތަކަށް ބަލާއިރުގައި ސުންނީ މުސްލިމުންނަކީ އާބާދީގެ 28% އެވެ. ޝީޢީންނަކީ ވެސް އާބާދީގެ 28% އެވެ. 22% އަކީ މާރޫނީންނެވެ. 8% އަކީ ގްރީކް އޮތޮޑޮކްސް މީހުންނެވެ. 5% އަކީ ދުރޫޒުންނެވެ. 4% އަކީ ގްރީކް ކެތަލިކުންނެވެ. 5% އަކީ އެހެން ދީންތަކަށް ނިސްބަތްވާ މީހުންނެވެ. އަރަބި ޤައުމުތަކުގެ ތެރެއިން މުސްލިމުންގެ ނިސްބަތް އެންމެ ދަށް ޤައުމަކީ ލުބުނާނެވެ.
[އުނިއިތުރު ގެންނަވާ] ސަގާފަތު
މިއަދުގެ ލުބުނާނު އޮތް ސަރަޙައްދަކީ ތަފާތު އެތައް ތަހުޒީބަކާއި ސަގާފަތްތަކެއް އައިސް ބައްދަލުވި ސަރަޙައްދެކެވެ. ޙަޤީޤަތުގައި ލުބުނާނަކީ ފޮއެނީޝިޔަނުންގެ އަޞްލު ވަޒަނެވެ. ލުބުނާނުގެ މައްޗަށް އޭގެ ފަހުން ބާރު ފޯރުވާފައިވާ މީހުންގެ ތެރޭގައި އާޝޫރީންނާއި ފާރިސީންނާއި ޔޫނާނީންނާއި ރޫމީންނާއި އަރަބީން ހިމެނެއެވެ. މީގެ އިތުރުން ޞަލީބީންނާއި އުސްމާނީ ތުރުކީންނާއި ފަރަންސޭސީން ވެސް ހިމެނެއެވެ. ލުބުނާނުގެ ސަގާފަތް ބައްޓަންވެގެން ދިއުމުގައި މި ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ. މީގެ ތެރެއިން ވެސް ބޮޑަށް ފާހަގަކޮށްލެވެނީ އަރަބީންނާއި ފަރަންސޭސީންނެވެ.
[އުނިއިތުރު ގެންނަވާ] އިޤްތިޞާދު
ލުބުނާނަކީ އަރަބި ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެ ހުނަރުވެރި މަސައްކަތު މީހުން ތިބި ޤައުމެވެ. އެހެންކަމުން ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ ލުބުނާނު މީހުން ޤައުމަށް ފޮނުވާ ފައިސާއަކީ ވެސް ލުބުނާނުގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އެއްޗެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 13952 ޑޮލަރެވެ.
Cite error: <ref> tags exist, but no <references/> tag was found