ލިމްފޯގްރެނިއުލޯމާ ވިނީރިއަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖައްސާ ޖަރާސީމް

މިއީ ކްލަމީޑިއާ ޓްރެކޮމެޓިސް(Chlamydia trachomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ޖިންސީ ގުނަވަނަށް ޖެހޭ ބައްޔެކެވެ. ހޫނު ގަދަ ގައުމުތަކުގައި މިބަލި ޢާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެންނަށް ފަށަނީ 12-7 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުން[އުނިއިތުރު ގެންނަވާ]

  • މިބަލި ޖެހެނީ ޖިންސީ ގުޅުމުގެ ޒަރީޢާ އިންނެވެ.

ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުން ފެންނަ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ލިމްފޯގްރެނިއުލޯމާ ވިނީރިއަމް އާއި ގުޅިގެން އުކުޅުވަޅުގައި ހެދިފައިވާ ފާރުކޮޅޭއް

ލިމްފޯގްރެނިއުލޯމާ ވިނީރިއަމް ޖެހުމުން ބިއްސެއް ނުވަތަ ފޮޅެއް ފަދަ އެއްޗެއް ޖިންސީ ގުނަވަނުގައި އުފެދި، އެފަޅައިގެން ގޮސް ފާރުކޮޅަކަށް ބަދަލުވެއެވެ. މިފާރުކޮޅުގައި ތަދެއް ނުހުންނާނެއެވެ. ބައެއް ފަހަރު މިބިހި ނުވަތަ ފޮޅު ފާހަގަ ނުވެވެސް ހިގައިދާނެއެވެ. ފާރުކޮޅު ރަގަޅުވާތާ ދުވަސް ކޮޅެއް ފަހުން އުކުޅުވަޅާއި، ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ ލިމްފް ގޮށްތަކަށާއި، އެހެނިހެން ހިސާބުތަކަށް އިންފެކްޝަން ފެތުރިގެން ދެއެވެ. ލިމްފް ގޮށްތައް ބޮޑުވެ، ފަޅައިގެން ގޮސް ދޮސް އައުމަކީ ވެދާނެ ގޮތެކެވެ.