ލިމްފޯމާ ( ހޮޖްކިންސް)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ހޮޖްކިންސް ލިމްފޯމާ(އިނގިރޭސި ބަހުން: Hodgkin's lymphoma) އަކީ އެއްވެސް ތަދުވުމެއްނެތި ލިމްފް ގްލޭންޑް ތައް ބޮޑުވުމެވެ. ކުޑަކުދިންނަށް މިބާވަތުގެ ކެންސަރު ޖެހޭލެން މަދެވެ. ހޮޖްކިންސް ލިމްފޯމާ ވަކިކުރެވޭނީ ދުޅަވެފައިވާ ގްލޭންޑް އަކުން ކުޑަ ތަންކޮޅެއް ނަގައިގެން ޓެސްޓް ހަދައިގެންނެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

ވަކި ސަބަބެއް އަދި ހޯދިފައެއް ނެތެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ކަރުގެ އެއްފަރާތުގައި ގޮށްލުން
  • މޭއަދި ބަނޑުގައިވާ ގްލޭންޑްތައް ދުޅަވުން
  • ބަރުދަން ލުއިވުން
  • ވަރުބަލިވުން
  • ކާހިތްނުވުން
  • ދޭތެރެދޭތެރެއިން ހުންއައުމާއެކު އެކަމުގެ ސަބަބުން ވަރުދެރަވުން

ބަލި ދެނެގަތުމަށް ލޭގެ ޓެސްޓްހެދުމާއި، ބަލިޖެހިފައިވާ ގްލޭންޑްއިން އެތިކޮޅެއް ނަގައިގެން ޓެސްޓްކުރުން، އަދި މެޔާއި ބަނޑުގެ އެކްސްރޭ ނެގުން ހިމެނެއެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން : ހަށިގަނޑުގެ އެއް ހިސާބަކަށް ޖެހިފައިވާނަމަ
  • ރޭޑިއޭޝަން ދިނުން : ތަފާތު އެކި ހިސާބުތަކަށް ޖެހިފައިވާނަމަ އެކިއެކި ހިސާބުތަކަށް ވަކިވަކިން ރޭޑިއޭޝަން ދެއެވެ.
  • ކީމޯތެރަޕީ ދިނުން: ހަށިގަނޑުގެ ވަރަށް ގިނަ ހިސާބުތަކަށް ބަލި ފެތުރިފައިވާނަމަ ކީމޯތެރަޕީ ބޭނުންވެއެވެ. އަދި ފަރުވާގައި ގިނަ ބޭސް އެއްކުރަންވާނެއެވެ.

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005