ލާއޯސް

ވިކިޕީޑިއާ އިން
Lao People's Democratic Republic
ສາທາລະນະລັດ ປະຊາທິປະໄຕ ປະຊາຊົນລາວ
Sathalanalat Paxathipatai Paxaxon Lao
Motto"ສັນຕິພາບ ເອກະລາດ ປະຊາທິປະໄຕ ເອກະພາບ ວັດທະນາຖາວອນ"
"Peace, Independence, Democracy, Unity and Prosperity"
AnthemPheng Xat Lao
Capital
(and largest city)
Vientiane
17°58′N 102°36′E / 17.967°N 102.6°E / 17.967; 102.6
Official languages Lao
Official scripts Lao script
Demonym Laotian, Lao
Government Socialist republic,
Single-party communist state
 -  President Lt. Gen. Choummaly Sayasone
 -  Vice President Bounnhang Vorachith
 -  Prime Minister Bouasone Bouphavanh
 -  President of National Assembly Thongsing Thammavong
 -  President of the People's Supreme Court Khammi Sayavong
Independence From France 
 -  Date 19 July, 1949 
Area
 -  Total 236,800 km2 (83rd)
91,429 sq mi 
 -  Water (%) 2
Population
 -  2009 estimate 6,320,000[1] (101st)
 -  1995 census 4,574,848 
 -  Density 26.7/km2 (177th)
69.1/sq mi
GDP (PPP) 2008 estimate
 -  Total $13.310 billion[2] (129th)
 -  Per capita $2,127[2] (137th)
GDP (nominal) 2008 estimate
 -  Total $5.374 billion[2] 
 -  Per capita $859[2] 
Gini (2008) 34.6 (medium
HDI (2007) Green Arrow Up Darker.svg 0.619[3] (medium) (133rd)
Currency Kip (LAK)
Time zone (UTC+7)
Drives on the right
Internet TLD .la
Calling code 856

ލާއޯސްއަކީ ދެކުނު އިރުމަތީ އޭޝިޔާއަށް ނިސްބަތްވާ ބިންބަންދު ޤައުމެކެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] އަވަސް ކަޅިއަކުން ބަލައިލުމެއް

ލާއޯސްގެ ރަސްމީ ބަހަކީ ލާާއޯ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ލާއޯޝަންސް ނުވަތަ ލާއޯސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ވިއެންޓިއާނެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ސިންގަލް ޕާޓީ ކޮމިއުނިސްޓް ސްޓޭޓެކެވެ. ސޯޝަލިސްޓް ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 6 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 104 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 236800 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ la. އެވެ. ކޯލިން ކޯޑަކީ +856 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކިޕެވެ.

[އުނިއިތުރު ގެންނަވާ] ނަން

ލާއޯ ބަހުން މި ޤައުުމަށް ކިޔާ ނަމަކީ “މެއުއަން ލާއޯ” އެވެ. މީގެ މާނައަކީ “ލާއޯއިންގެ ޤައުމު” މިއެވެ. “ލާއޯ” މި ނަމުގެ ފަހަތުގައި “ސް” ނުވަތަ “އެސް” އަކުރެއް އޮތެއް ކަމަކު އެއީ ވަންހަނާ އަޑެކެވެ. އެހެން ކަމުން ކިޔާނީ “ލާއޯ” މިހެންނެވެ.

[އުނިއިތުރު ގެންނަވާ] ޖުޣުރާފީ

ލާއޯގެ ހުޅަނގު އުތުރުގައި އޮންނަނީ ޗައިނާ އާއި ބަރުމާއެވެ. އިރުމަތީގައި އޮންނަނީ ވިއެޓްނާމެވެ. ދެކުނުގައި އޮންނަނީ ކެންބޯޑިޔާއެވެ. ހުޅަނގުގައި އޮންނަނީ ތައިލޭންޑެވެ.

[އުނިއިތުރު ގެންނަވާ] ތާރީޚު

ލާއޯއިން އެމީހުންގެ ތާރީޚު ގުޅުވާލާފައިވަނީ ލަންޚަންގް ދަރިކޮޅުގެ ރަސްކަމާއެވެ. އެއީ މީލާދީން 14 ވަނަ ޤަރުނުގައި އުފަންވި ރަސްކަމެކެވެ. މި ރަސްކަން މީލާދީން 18 ވަނަ ޤަރުނާ ހަމަޔަށް ކުރި އަރަމުން އައި ކަމުގައި ވިޔަސް، އެ ހިސާބުން ވަނީ ތިން ބަޔަކަށް ރަސްކަން ބައިވެގެން ގޮސްފައެވެ. މީލާދީން 19 ވަނަ ޤަރުނުގައި މީގެ ތެރެއިން ބޮޑު ސަރަޙައްދެއް އޮތީ ފަރަންސޭސީންގެ ޙިމާޔަތުގެ ދަށުގައި ފްރެންޗް އިންޑޯޗައިނާގެ ބައެއްގެ ގޮތުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނު ސިފައިން ލާއޯ ހިފުމަށް ފަހު 1945 ގައި ލާއޯއިން އެ ޤައުމުގެ މިނިވަންކަން އިޢުލާން ކުރިއެވެ. އެހެން ނަމަވެސް ފަރަންސޭސި ވިލާތުން ލާއޯއަށް މިނިވަންކަން ދީފައިވަނީ 19 ޖުލައި 1949 ގައެވެ. ލާއޯއިން ވަނީ ވިއެޓްނާމް ހަނގުރާމައިގެ ތެރެއަށް ވެސް ވެއްދިފައެވެ. ލާއޯގެ އިރުމަތީ ބިތުގެ ސަރަޙައްދުތައް އޮތީ ހަނގުރާމައިގައި އުތުރު ވިއެޓްނާމާ އެއްކޮޅަށެވެ. އަދި އުތުރު ވިއެޓްނާމަކީ އަޚްވަންތަ ޤައުމެއް ކަމުގައި ވެސް އެމީހުން ކަނޑައެޅިއެވެ. ދެކުނު ވިއެޓްނާމާ ދެކޮޅަށް އުތުރު ވިއެޓްނާމުން ކުރި ހަނގުރާމައިގައި ލާއޯގެ ބިން ބޭނުން ކުރުމުގެ ހުއްދަވެސް ވަނީ ލާއޯއިން އުތުރު ވިއެޓްނާމަށް ދީފައެވެ. މީލާދީން 1975 ގައި ކޮމިއުނިސްޓް ޕަތޭ ލާއޯ އާއި ވިއެޓްނާމް ޕީޕަލްސް އާމީ ގުޅިގެން ރަޝިޔާގެ ސޯވިއެޓް ޔޫނިއަންގެ އެހީތެރިކަމާ އެކުގައި ލާއޯގައި އޮތް ޝާހީ ސަރުކާރު ވައްޓާލިއެވެ. 2 ޑިސެންބަރު 1975 ގައި ރަސްގެފާނު ސަވަންގ ވައްތަނައަށް ފިލާ ވަޑައިގަތުމަށް މަޖުބޫރު ކުރެވުނެވެ. އޭނާ އަވަހާރަވެފައިވަނީ ހައްޔަރުކޮށްފައި ހުއްޓައެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ލިބުމުން ޕަތޭ ލާއޯގެ ސަރުކާރުން ވަނީ އެ ޤައުމުގެ ނަމަކީ “ލާއޯ ޕީޕަލްސް ޑެމޮކްރެޓިކް ރިޕަބްލިކް” ކަމުގައި ހަމަޖެއްސިއެވެ. އަދި ވިއެޓްނާމުގެ ސިފައިންނަށް ލާއޯގައި ތިބެވޭނެ ހުއްދައިގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކުރިއެވެ. މި އެއްބަސްވުމުގައި ވާ ގޮތުން ލާއޯގެ ދިފާޢީ ކަންތައްތަކުގައި ވިއެޓްނާމް ސިފައިންނަށް ޙަރަކާތްތެރި ވެވޭނެއެވެ. 1970 ގެ އަހަރުތަކުގައި ވިއެޓްނާމުން ވަނީ ޗައިނާއެކު އޮންނަ ގުޅުން ކަނޑައިލުމަށް ލާއޯގެ ކިބައިން އެދިފައެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގެ އިތުރުން އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ވެސް ކެނޑި ލާއޯ ވަރަށް ބޮޑަށް އެކަހެރިވެގެން ދިޔައެވެ.

[އުނިއިތުރު ގެންނަވާ] ޑެމޮގްރަފިކްސް

ލާއޯގެ އާބާދީގެ 69% މީހުންނަކީ ލާއޯ ނަސްލުގެ މީހުންނެވެ.

[އުނިއިތުރު ގެންނަވާ] ސަގާފަތު

“ލާއޯ” މީހުންގެ ސަގާފަތަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވަނީ ތޭރަވަދާ ބުޑިޒަމްއިންނެވެ.

[އުނިއިތުރު ގެންނަވާ] އިޤްތިޞާދު

ލާއޯގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ އަވަށްޓެރި ޤައުމުތަކާއެކު ކުރާ ވިޔަފާރީގެ މައްޗަށެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2127 ޑޮލަރެވެ.

[އުނިއިތުރު ގެންނަވާ] ރެފަރެންސް

  1. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  2. 2.0 2.1 2.2 2.3 Laos. International Monetary Fund. Retrieved on 2009-10-01.
  3. Human Development Report 2009. Human development index trends: Table G. The United Nations. Retrieved on 2009-10-05.
Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން