ލައް ކައްޓެޅި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ލައް ކައްޓެޅި

ލައް ކައްޓެޅި (އިނގިރޭސި ބަހުން: Rexea prometheoides)ނުވަތަ (އިނގިރޭސި ބަހުން: Royal escolar) އަކީ ކައްޓެޅި އާއި ވަރަށް އެއްގޮތް މަހެކެވެ. މިއީ ދިގުކޮށް އާދައިގެ ވަރަކަށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި ކޮޅަށް އޫ އަދި ބޮޑެތި ދަތްތަކެއް ހުރެއެވެ. ބުރަކަށިމަތީގެ ފުރަތަމަ ކޮތަރިބައިގައި 18 ހަރުކަށި ހުރެއެވެ. ބުރަކަށި މަތީގެ ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއި، 14އާއި 17 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިކަތަރިބައިގެ ފަހަތުގައި ވަކިވަކިން ހުންނަ 2 ކޮތަރި ބައި ހުރެއެވެ. މަހުގެ ހުޅުނބުތައް ކުދިވެފައި ތުންޏެވެ.

ލައް ކައްޓެޅި އަކީ ވަރަށް ފުނުގައި އުޅޭ މަހެއް ކަމުން މިއީ އާންމުކޮށް ދިވެހި މަސްވެރިންނަށް ބޭނޭ މަހެއް ނޫނެވެ. މަހުގެ ބުރަކަށި މައްޗާއި މަތީބައިގެ ކުލައަކީ ނޫމުށި ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ރިހި އަޅި ކުލައިގައެވެ. މަހުގެ އެންމެ ފާޅުކަން ބޮޑު ފާހަގައަކީ ބުރަކަށީ ފުރަތަމަ ކޮތަރިބައިގެ ކުރީކޮޅުގައި ހުންނަ ކަޅުކުލައިގެ ލަފެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކިނަމެއް ކިޔައި ނޫޅޭތީ، މިމަހުގެ ސިފަ ކައްޓެޅި އާއި ވައްތަރުވެފައި، މަހުގައިވާ އެންމެ ޚާއްޞަ ސިފަޔަށް ވިސްނާ މިމަހަށް ލައް ކައްޓެޅި މިނަމުން ނަންދިނީ އެވެ. މަހުގެ ކާނާއަކީ އެކި ޒާތްޒާތުގެ ކުދިމަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ.