ތުންދިގު ބިބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތުންދިގު ބިބީ

ތުންދިގު ބިބީ(ސައިންޓިފިކް ނަން: Forcipiger longirostris)ނުވަތަ (އިނގިރޭސި ބަހުން: Big long nose butterflyfish) އަކީ ތުންބިބީ އާއި ވަރަށް އެއްގޮތް ތުނބުގެ ދިގުމިނުން ނޫނީ ތަފާތު ކުރަން ދަތިމަހެކެވެ. މިބާވަތް އާންމުކޮށް އުޅެނީ ފަރުފަރުގެ ބޭރުގައްޔާއި ފަޅުތެރޭގައި ހުންނަ މުރަކަ ތަކުގެ ކައިރީގައެވެ. ތުންދިގު ބިބީ ނަން އަޅުގަނޑުމެން މިމަހަށް ދީފައިވަނީ ދިވެހިންގެ ތެރޭގައި މިމަހަށް ވަކިނަމެއް ކިޔާފައި ނެތުމާއެކު، މަހުގެ ސައިންޓިފިކް ނަމާއި ގުޅޭގޮތުންނެވެ. ތުންދިގު ބިބީ ގިނައިން އުޅެނީ ޖޯޑްޖޯޑަށެވެ.

ތުންދިގު ބިބީ އަކީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. ނަމަވެސް މިއީ ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު، ދިރުވައިގެން ގެންގުޅޭ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ނުވަތަ 11 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ގަދަ ރީނދޫ ކުލައެވެ. މަހުގެ ބަނޑުދަށް ފަރާތުގެ ކޮތަރިބައިގައި ކަޅުކުލައިގެ ލަފެއް ވަށްކޮށް ހުރެއެވެ. ބޮލުގެ މަތީ ބައިގެ ކުލައަކީ ކަޅު ކުލައެވެ. ތިރީބައިގެ ކުލައަކީ ހުދުކުލައެވެ.