ތިރީ ތަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހި ބަހުން ތަލި މިބަސް ބޭނުންކުރާއިރު މަތީ ތަލި އަދި ތިރީ ތަލި ކިޔައި އުޅެއެވެ. މަތީ ތަލި އަކީ މަތީ ދަތްޕިލައިގެ ދެމެދުން އަނގައިގެ ފުރާޅު ގެ ގޮތުގައި އަނގަ ތެރެއިން މަތީގައި އިންނަ ބައެކެވެ.އަދި މިއީ އަނގަ އާއި، ނޭފަތުގެ މަގު ވަކިކޮށްދޭ ހުރަހެވެ. ތިރީ ތަލި އަކީ ދޫގެ ދަށުން އިންނަ ބައެވެ. ތިރީ ތަލި އަކީ ދޫގެ ދަށުން އިންނަ ބައެވެ. ނުވަތަ ތިރީ ތަލި އަކީ އަނގައިގެ އެތެރޭގެ ތިރީ ފަރާތް އެވެ. ތިރީ ތަލި އަށް ދަށު ތަލި ވެސް ކިޔައެވެ. މަތީ ތަލި(އިނގިރޭސި ބަހުން: Palate) އަކީ އިގިރޭސި ބަހުން ބުނާނަމަ ޕަލޭޓް އެވެ. މަތީ ތަލީގެ ކުރިމަތީ ތިންބައިކުޅަ ދެބަޔަށް ކިޔަނީ ހާރޑް ޕަލޭޓް އެވެ. އެހެން ކަމުން މިބަޔަށް ހަރު ތަލި(އިނގިރޭސި ބަހުން: Hard Palate) ކިޔަމާ ހިގާށެވެ. އަދި މަތީ ތަލީގެ ފަހަތު ތިންބައިކުޅަ އެއްބަޔަށް ކިޔަނީ ސޮފްޓް ޕަލޭޓް އެވެ. އެހެންކަމުން މިބަޔަށް މަޑު ތަލި(އިނގިރޭސި ބަހުން: Soft Palate) ކިޔަމާ ހިގާށެވެ.