ދޮން ރީނދޫ މަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ދޮން ރީނދޫމަސް

ދޮން ރީނދޫމަސް(ސައިންޓިފިކް ނަން: Lutjanus kasmira)ނުވަތަ (އިނގިރޭސި ބަހުން: bluestripe snapper/Kasmir snapper)އަކީ ތިލަވިލުތަކާއި ފަރުފަރުގައި ބޭރުގައި އުޅޭ މަހެކެވެ. މިބާވަތުގެ ކުދިމަސް ވަރަށް ތިލައިގައި ހުންނަ މުރަކަތަކުގެ ތެރޭގައި މުރަކަ މަހާއި އެކީގައި ކުދިއައިން ހަދައިގެން އުޅެއެވެ. މިއީ ބޮޑެތި ބައިގަނޑު ހަދައިގެން އެއް ސަރަހައްދެއްގައި އުޅެމުންދާ މަހެކެވެ. މިއީ ދިވެހިން ގިނައިން ބާނާއުޅޭ ކެއުމަށް މީރު މަހެކެވެ.

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 10 ކައްޓާއި، 15 މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 8 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 16 މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގައި ހައެއްކަ ހުޅުބުބައި ހުރެއެވެ. މަތީ ބައިގެ ކުލައަކީ ރީނދޫ ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދުކުލައިގައެވެ. އަރިމަތީގައި ނޫކުލައިގެ 4 ރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. ބައެއް މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ލަފެއް ފެންނަން ހުރެއެވެ.