ދޮން ހިކާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮން ހިކާ

ދޮން ހިކާ (ސައިންޓިފިކް ނަން: Halichoeres scapularis)ނުވަތަ (އިނގިރޭސި ބަހުން: Zigzag wrasse)އަކީ ރާއްޖޭގެ ތިލަފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ މޫދުވިނަ ހެދިފައި ހުންނަ ތިލަ ހިސާބުތަކާއި ތިލަ ފަޅު ތަކުގެ ތެރޭގައި ހެދިފައި ހުންނަ ކުދި ފުންކޮޅުކޮޅުގައެވެ. މިގޮތަށް އުޅޭއިރު ކުދި އައިން ހަދައިގެން އުޅެއެވެ. ހިކައަކީ ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކޮށް އުޅޭ ބާވަތެއް ނޫން ކަމުން މިބާވަތުގެ މަހަކަށް އާންމު މަސްވެރިކަމެއް ނޯވެއެވެ.

މަހުގެ ކަންފަތް ގަނޑު ކުރެވެ. މަހުގެ ކަރުތާފަތްގަނޑުގެ ތިރީބައިގައި ހުންނަ ކޮތަރިބައިގެ ފުރަތަމަ މަޑުކަށި އެހެން ކަށިތަކަށްވުރެ ދިގުކޮށް ހުރެއެވެ. މަހުގެ ލޮލުގެ ތިރީބައި ހުންނަނީ ނޫކުލައިގައެވެ. ފިޔާތޮށި ކުލައެއްގެ ލައްތަކެއް މަހުގެ ބޮލުގައި ހުރެއެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ކުލައަކީ ރީނދޫ ކުލައެވެ.