ދޮންއޮޅު ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮންއޮޅު ފާނަ

ދޮންއޮޅު ފާނަ(ސައިންޓިފިކް ނަން: Plectropomus pessuliferus)ނުވަތަ (އިނގިރޭސި ބަހުން: Roving coralgrouper) އަކީ ދިވެހިން ކެޔޮޅު ކަމުގެ މަސްވެރިކަމުގައި މަދުމަދުން ބާނާ މަހެކެވެ. ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ފަރުމަހުގެ ސާރވޭ ތަކުން މިބާވަތުގެ ބޭނިފައިވަނީ އެންމެ މަހެކެވެ. ދުނިޔޭގެ މަހާއި ބެހޭ ހޯދުން ހޯދާ ފަރާތްތަކުން ރެކޯޑްކުރެވި، ދުނިޔޭގެ މަހުގެ މިއުޒިއަމް ތަކުގައި ބެހެއްޓިފައިވަނީ މިބާވަތުގެ އެންމެ 7 މަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 8 ކައްޓާއި، 11 މަޑު ކަށި ހުރެއެވެ. ކަންފަތުގައި 15 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަރުގަނޑުގެ ފުރަތަމަ ބުރުގެ މަތީބައިގައި ހުންނަނީ އެއްކަށި ނުވަތަ ދެކައްޓެވެ. ތިރީބައިގައި 7 އާއި 8 އާއި ދެމެދުގެ އަދަދަކަށް ކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ އެއްވަރަކަށެވެ.

ދޮންއޮޅު ފާނައިގެ ކުލައަކީ މުށި ރަތްކުލަ އެވެ. މަހުގައި ކުދިކުދި ނޫކުލައިގެ ތިކިތަކެއް ހުރެއެވެ. އަރިމަތީގައި ހުންނަ ތިކިތަކުން ބައެއް ތިކި ކައްޗަށްވާގޮތަށް ދިގުވެފައި ހުރެއެވެ. މަހުގެ ބޮލުގައި ހުންނަނީ މަދު ތިކިތަކެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. މިއީ ކެއުމަށް ވަރަށް މީރު މަހެކެވެ.