ދިދަފުންނަ

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ދިދަފުންނަ

ދިދަފުންނަ (ސައިންޓިފިކް ނަން: Nemateleotris magnifica)ނުވަތަ (އިނގިރޭސި ބަހުން: Fire dart fish) އަކީ ފަރި ދިދަފުންނަ އާއި ދާދި އެއްގޮތް މަހެކެވެ. ނަމަވެސް ކުލަވަރުގެ ގޮތުން ވަރަށް ބޮޑަށް ތަފާތެވެ. މިމަސް އެންމެ ބޮޑުވަނީ 8 ސެންޓި މީޓަރަށެވެ. މިއީ ދިރޭ ކުދިމަސް ބޭރުކުރާ ފަރާތްތަކުން ގިނައިން ހިފާ ބޭރުކުރާ މަހެކެވެ. މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަ ނަމެއް ކިޔާ ނޫޅޭތީ މަހުގެ ސިފަޔަށް ވިސްނާ މިމަހަށް ދިދަފުންނަ ކިޔާ ނަންދީފައި ވަނީ އެވެ.

މަހުގެ މަތީ ކޮތަރީގެ ފުރަތަމަ ކަށިމައްޗަށް ދިދައެއް ގޮތަށް ވަރަށް އުސްކޮށް ހިއްލިފައި ހުރެއެވެ. މަހުގެ ކުރީކޮޅުގެ ކުލައަކީ ހުދުކުލަ އެވެ. ބޮލުގެ މައްޗާއި ތުންކޮޅު ހުންނަނީ ދޮން ރީނދޫ ކުލައެއްގައެވެ. މަހުގެ ފަހަތް ކޮޅުގެ ކުލަ ފަނޑު ރަތްކުލައިން ފެށިގެން ނިގޫކޮޅަށް ގަދަ ރަތްދަނބު ކުލައަކަށް ބަދަލުވެފައި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅުކުލައެއްގައެވެ. ކޮތަރިބައިގެ ދިގަށާއި ނިގޫފަތުގެ ދިގަށް ފެހިކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ. މިއީ ވަރަށް ރީތި އެހެނަސް ފިލައިގެން ހަރުހަދައިގެން އުޅޭ މަހެކެވެ. މިބާވަތް އެކަހެރިކޮށްނާއި ޖޯޑްޖޯޑަށް އުޅޭކަން ފާހަގަ ކުރެވިފައި ވެއެވެ. މަހުގެ އާންމު ކާނާއަކީ ކަނޑުގައި އުޅޭ ކުދި ފަނިފަކުސައެވެ.