ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ލިސްޓު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މިއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވި ރަސްރަސްކަލުންގެ ލިސްޓެކެވެ. އެ ރަސްރަސްކަލުންގެ ފުރިހަމަ ލަޤަބުފުޅަކީ "އެއްގަމާއި ކަނޑުގެވެރި، ބާރަ ހާސް ރަށަށް ޙުކުމް ކުރައްވާ ދިވެހިރާއްޖޭގެ ރަސްގެފާނެވެ."

ހޯމަ ދަރިކޮޅު ނުވަތަ ތީމުގޭ ދަރިކޮޅު (1117-1388)[އުނިއިތުރު ގެންނަވާ]

ހިލާލީ ދަރިކޮޅު (1388-1573)[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިލާލީ ދަރިކޮޅު

ހިލާލީ ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. މިއީ އެޗްސީޕީ ބެލްގެ މޮނޮގްރާފް ގައި ބަޔާންކުރައްވާފައި ގޮތެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅު އަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި ބަޔާން ކުރަން ޖެހެއެވެ.

ހިލާލީ ދަރިކޮޅު އަކީ ވެސް ރާއްޖެއިން ބޭރުން އައި ދަރިކޮޅަކުން ރާއްޖޭގައި އުފެދުނު ގޮތްޕެކެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްޠާން ޙަސަން އަލްހިލާލީ އެވެ. މިރަދުން އަކީ ރަސްކަމުގެ ސިލްސިލާގެ 30 (29) ވަނަ ރަދުންނެވެ. ހިލާލީ ދަރިކޮޅު ނިސްބަތްވާ ޙަސަން އަލްހިލާލީ އަކީ މަލާބާރުން އައިސް ކ.ހުޅުލޭ (ކުޑަރަށް ) ގައި ވަޒަންވެރިވެގެން ހުރި ހިލާލީ ދަރިކޮޅު ގެ ހިލާލީ ބަދުރުއްދީން އޭ ކިޔުނު މީހެއްގެ އަންހެންދަރިއެއްގެ މާމަ ދަރިއެކެވެ. ފަހަރު ގައި ހިލާލީ ދަރިކޮޅު އަކީ ޔަމަން ކަރައިން އައި ދަރިކޮޅަކަށް ވެސް ވެދާނެއެވެ. ސަބަބަކީ މިހާރު ވެސް ޔަމަނުގައި އަލްހިލާލީ އޭ ކިޔޭ މަޝްހޫރު ދަރިކޮޅެއް އޮންނާތީ އެވެ. ޔަމަން އާއި ދިވެހިރާއްޖެ އަކީ 14 ވަނަ ގަރުނުގައި ވަރަށް ބޮޑަށް ގުޅިފައި އޮތް ދެގައުމެވެ.

Interregnum 1558 - 1573

އުތީމު ދަރިކޮޅު (1573-1692)[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުތީމު ދަރިކޮޅު

އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަންކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި އެޗްސީޕީބެލް އޭނާގެ މޮނޮގްރާފް ގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ދިވެހި ތާރީޚް ދިރާސާ ކުރާ ގިނަ މުއައްރިޚުން ދެކޭގޮތުގައި އުތީމު ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅު އެވެ. ބުނެވޭގޮތުގައި އުތީމު އާއިލާ ފެށެނީ ހއ. ބާރަށު ކަޅު ޙަސަން ކަލޭގެ އާއި ހަމައިންނެވެ. މި ކަޅު ޙަސަން ކަލޭގެ އަކީ އައްސުލްޠާން ކަޅު މުޙައްމަދު ގެ ރަސްކަމުގައި ސިޔާސީ ކުށުގައި ބާރަށަށް އަރުވާލެވުނު މާލޭ މީހެކެވެ. ނަމަވެސް މިއީ ތެދުކަމާމެދު މާގިނަ ހެއްކެއް ތާރީޚް އިލްމުވެރިންނަށް ލިބިފައެއް ނުވެއެވެ.


ޙަމަވީ ދަރިކޮޅު 1692[އުނިއިތުރު ގެންނަވާ]

އިސްދޫ ދަރިކޮޅު (1692-1704)[އުނިއިތުރު ގެންނަވާ]

ދިޔަމިގިލީ ދަރިކޮޅު (1704-1757)[އުނިއިތުރު ގެންނަވާ]

Interregnum 1757 - 1759

ހުރާގޭ ދަރިކޮޅު (1757-1766)[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުރާގޭ ދަރިކޮޅު

ހުރާގޭ ދަރިކޮޅުގެ އަސްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. މިސްޓަރ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުން ހުރާގޭ ދަރިކޮޅުގެ ބިންގާ އަޅުއްވާފައިވަނީ ސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނާއި ހަމައިންނެވެ. އޭގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ކުރައްވާފައި ވެއެވެ.

ދިޔަމިގިލީ ދަރިކޮޅު (ދެވަނަފަހަރަށް) (1766-1774)[އުނިއިތުރު ގެންނަވާ]

ހުރާ ދަރިކޮޅު (ދެވަނަ ފަހަރަށް) (1773-1952) އަދި (1953-1968)[އުނިއިތުރު ގެންނަވާ]

  • ފުރަތަމަ ފަހަރު ޖުމުހޫރިއްޔާ އިޢުލާންކުރުން - 1952
  • ދެވަނަ ފަހަރު ޖުމުހޫރިއްޔާ އިޢުލާންކުރުން - 1968

އިތުރަށް ބެއްލެވުމަށް[އުނިއިތުރު ގެންނަވާ]

މަރްޖިޢުތައް[އުނިއިތުރު ގެންނަވާ]