ދިވެހިރާއްޖޭގެ ރައީސް

ވިކިޕީޑިއާ އިން
ދިވެހިރާއްޖެ

ސިލްސިލާ ލޔުންތަކުގެ ބައި:
Politics and government of
the Maldives



Other countries · Politics Portal

ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔަކީ އަދި ދިވެހި ސަރުކާރު އެންމެ މަތީ ވެރިއަކީ އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އެހެން ގޮތަކަށް ކިޔާނަމަ ދިވެހިރާއްޖޭގެ ރައީސްއެވެ. ޤާނޫނު އަސާސީގައިވާގޮތުގެ މަތިން ޤާނޫނުތައް ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސް އަށެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ދިފާއުކޮށް ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އެޅޭ ފަރާތަކީވެސް ރައީސުލް ޖުމްހޫރިއްޔާއެވެ.


ދިވެހިރާއްޖޭގެ ރައީސްކަމުގެ ދައުރު ދިވެހިރާއްޖޭގައި ރައީސްކަމުގައި ހުރެވޭނީ ގިނަ ވެގެން 5 އަހަރުގެ ދެދައުރުގައެވެ. ކޮންމެ ފަސް އަހަރަކުން ރައީސްކަމަށް މީހަކު ހޮވުމަށް އިންތިހާބު ބޭއްވޭނެއެވެ. ރައީސަކު އިންތިހާބުކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ރައީސްކަމަށް މީހަކު ކުރިމަތިލާނަމަ ވަކި ހާއްސަ ސަރުތުތަކެއް އެމީހެއްގެ ގައިގާ ހަމަވާންޖެހެއެވެ. އޭގެތެރޭގައި

1- ދިވެހި މައްމައަކާއި ބައްޕައަކަށް ލިބިފައިވާ ދިވެއްސަކަށްވުން.

2- މުސްލިމަކު ކަމުގައިވުމާއި އޭނާ އަކީ ސުންނީއަކަށްވުން.

3-އުމުރުން 35 އަހަރު ފުރުން.

4-ބުއްދި ސަލާމަތުން ހުރިމީހަކު ކަމުގައިވުން.

5- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ނެތް މީހަކުކަމުގައިވުން.

6- ޖިނާއީ މައްސަލައެއްގެ ހުކުމެއްގައި 1 އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާނަމަ ހުކުން ތަންފީޒުކުރިތާ 5 އަހަރު ހަމަވެފައިވާ މީހަކުކަމުގައިވުން.

7-އިސްލާމް ދީނުގެ ހައްދު ކަޑައެޅިފައިވާ ކުށެއް ކުރިމީހަކުކަމުގައި ނުވުން.


ރައީސަކަށް ޤާނޫނު އަސާސީން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތިތައް

1- ޤާނޫނު އަސާސީ އާއި ޤާނޫނު ހިންގުމުގެ ބާރު 2- ސަރުކާރު ހިންގުން 3- ޤާނޫނުގެ ވެރިކަން ކުރިއަރުވާ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން 4- ބައިނަލް އަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުން 5- ދައުލަތުގެ މައިގަޑު ސިޔާސަތުތައް ކަނޑައެޅުން 6- ރައީސަށްބޭނުންވާނެ މަގާމުތައް އުފެއްދުން މީގެތެރޭގައި ވަޒީރުން ހަމަޖެއްސުން 7- ވަޒީރުންގެ މަޖިލީސްގެ ރިޔާސަތު ބެލެހެއްޓުން 8- ހަގުރާމަ އިއުލާނުކުރުން އަދި ސުލްހަ އިއުލާނުކުރުން 9- ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން 10- ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލާ ހިންގުން 11- ބޭރުގެ ގައުމުތަކާއި ނުވަތަ ބޭރުގެ ޖަމާއަތްތަކާއި އެކު ސިޔާސީ އެއްބަސްވުންތަކުގައި ސޮއިކުރުން 12- ބޭރުގެ ގައުމުތަކަށް ސަފިރުން ކަޑައެޅުމާއި އަބުރާ ގެނައުން 13- އެކިއެކި ތަހުގީގުތައްކުރުމަށް ކޮމެޓީ ހެދުން 14- ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އެހުން 15- ޤައުމީ ބައްދާ ސަރުކާރު ބަންދު ދުވަސްތައް ކަޑައެޅުން 16- އެކިއެކި ފަރާތްތަކަށް ޤާނޫނުގައި ވާގޮތަށް ޝަރަފާ، އިއްޒަތާއި މެޑެލް ދިނުން 17- ކުށް މާފުކުރުމާއި އަދަބު ލުއިކޮށް ދިނުން 18- ސަލާމަތީބާރު ކޮންޓްރޯލް ކުރުމުގެ ބާރު 19- ރައީސަކު އިތުރަށް ހަވާލުވެ އުފުލަންޖެހޭ އެހެނިހެން ޒިންމާތައް


ރައީސްކަމުގެ މަޤާމް ހުސްވުން

ރައީސްކަމުގެ މަގާމު ހުސްވާނީ ދައުރު ހަމަވުމުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތްކަމުގެ ވޯޓަކުން ވަކިކުރުން، ނުވަތަ އިސްތިއުފާ ދިނުން، ނުވަތަ ރައީސްކަމުގެ ވާޖިބު ދާއިމީ ގޮތތަކަށް ނުއުފުލޭފަދަ ހާލަތެއް މެދުވެރިވުން، ނުވަތަ މަރުވުމުންނެވެ.



[އުނިއިތުރު ގެންނަވާ] ދިވެހިރާއްޖޭގައި ރައީސް ކަން ކުރެއްވި ބޭފުޅުން


[އުނިއިތުރު ގެންނަވާ] އަދި އިތުރަށް ބައްލަވާލައްވާ

udeylia 11:05, 23 މެއި 2010 (UTC)

Personal tools

Variants
Actions
ހިޔާލުފުޅުތައް
ސަމުގާ
އަތްމަތީފޮށި
އެހެން ބަސްބަހުން