ދަޅުނެތް ތުނބި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދަޅުނެތް ތުނބި

ދަޅުނެތް ތުނބި(ސައިންޓިފިކް ނަން: Naso hexacanthus)ނުވަތަ (އިނގިރޭސި ބަހުން: Sleek unicornfish އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ބޮޑެތި އައިންހަދައިގެން އުޅޭ ތުނބި މަހާ ވަރަށް އެއްގޮތް މަހެކެވެ. މިއީ ދިވެހިން މަދުމަދުން ކައިއުޅޭ މަހެކެވެ. މިބާވަތުގެ މަސް އައިންހަދައިގެން ބޭރުމަތީ ގައްޔާއި މޫދުގެ ފުން ހިސާބުތަކުގައި އުޅެއެވެ. މިމަހުގެ ކާނާއަކީ ކުދި ފަނިފަކުސައެވެ. މިއީ އައިން ހަދައިގެން އޮއިމައްޗަށް ނުކުމެއުޅޭ ކަނޑުކާޅު އާއިލާގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 75 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 6ހަރުކައްޓާއެކު 26 އާއި 29 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 2ހަރުކައްޓާއެކު 27 އާއި 30 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަރުތާފަތްގަނޑުގައި 17 ނުވަތަ 18 މަޑުކަށި ހުރެއެވެ. މަހުގެ ބޯކޮޅު ހުންނަނީ ވަށްކޮށެވެ. މަހުގެ ނިގޫކޮޅުގެ ދެއަރިމަތީގައި ތޫނު ދެކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަސް އޭގެ އަމިއްލަ މާހައުލުގައި އުޅޭއިރު މަހުގެ މަތީބައިގެ ކުލައަކީ ނޫއަލި ކުލައެކެވެ. ބަނޑުދަށް ފަރާތުގެ ކުލަ ފަނޑުވާނެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިއީ ތުނބި މަހާ ވަރަށް އެއްގޮތް އެހެނަސް ތުނބީގެ ބޮލުގައި ހުންނަ ފަދަ ދަޅެއް ނުހުންނަ މަހެއް ކަމުން މިމަހަށްކިޔާ އިގިރޭސިނަމާ ވެސް ގުޅޭގޮތުން ދަޅުނެތް ތުނބި ކިޔާފައިވަނީ އެވެ. މިމަސް އާންމުގޮތެއްގައި އުޅެނީ 150 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ.