ފޭރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ފޭރު

ފޭރު(އިނގިރޭސި ބަހުން: Guava) އަކީ ގަހެއްގައި އަޅާ މޭވާ އެކެވެ. ފޭރުގެ އޮށް ހުންނާނީ ކަރުގަނޑޫގެ ތެރޭގައެވެ. ފޭރުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މިހާތަނަށް 100 އަށްވުރެ ގިނަ ވައްތަރު ފާހަގަ ކުރެވިފައި ވެއެވެ. ދިވެހި ބަހަށް ފޭރު މިނަން ނެގިފައިވަނި ބަންގާޅީ ބަހުން ކަމަށްލަފާކުރެވެއެވެ. ބަންގާޅީ ބަހުން ފޭރަށް ކިޔަނީ ޕޭރަ މިހެން ކަމަށް ވާތީ އެވެ. ދިވެހިން ފޭރު ބޭނުން ކުރަނީ ކެއުމަށާއި، ފަނިގިރުމަށެވެ. ހުސްފޭރު ދޮންކޮށާއި، ގަބުޅިކޮށް ހުންނައިރު ވެސް ދިވެހިން ކައިއުޅެއެވެ. ފޭރުގަހުގެ ބައިތަކަކީ ކުރީ ޒަމާނުގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނު ބާވަތްތަކެއް ކަމަށް ވެއެވެ. ފޭރުގެ ވައްތަރު ތަކުގެ ތެރޭގައި ހުދު ފޭރު، ރަތް ފޭރު، ރަންގު ފޭރު އަދި މިނޫނަސް ތަފާތު ކުލަ ކުލައިގައި އެތެރެ ހުންނަ ފޭރުތައް ހިމެނެއެވެ.