ފެހި ތޮޅި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ފެހި ތޮޅި

ފެހި ތޮޅި(އިނގިރޭސި ބަހުން: Green beans)އަކީ ތޮޅީގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ތޮޅި އަކީ ގަސްގަހާއި ވެޔޮވެލުގައި އަޅާހިމަދިގުކޮށް ހުންނައެއްޗެކެވެ. ފެހި ތޮޅީގެ ތެރޭގައި ތަފާތު ވައްތަރު ތައް ހިމެނެއެވެ. ފެހި ތޮޅީގެ ތެރޭގައި ހިމެނޭ ވައްތަރު ތަކުގެ ތެރޭގައި ދިގު ތޮޅި، އަދި އާންމުކޮށް ކިޔައިއުޅޭ ފެހި ތޮޅި(އިނގިރޭސި ބަހުން: Phaseolus vulgaris)ނުވަތަ (އިނގިރޭސި ބަހުން: common bean) އާއި މިނޫން ބައެއް ވައްތަރުތައް ވެސް ހިމެނެއެވެ. ފެހި ތޮޅި އޭ ކިޔަނީ މިބުނި ވައްތަރުތަކުގެ ތޮޅިތައް ދޮންނުވެ ހުންނައިރު ގައެވެ. ދޮންވުމުން އެއެއްޗަކާ ގުޅޭގޮތުން ވަކިނަމެއް ކިޔުމަކީ އެކަށީގެންވާ ކަމެކެވެ.