ފިތްނެގުން (އޮޕަރޭޝަން)

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފިތް ނެގުން (އިނގިރޭސި ބަހުން: Cholecystectomy)އަކީ އޮޕަރޭޝަން ކޮށްގެން ފިތް ނެގުމެވެ. ފިތުގައި ހިލައުފެދުން އަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ އެންމެ އާންމު ގޮތަކީ ފިތް ނެގުމުގެ އޮޕަރޭޝަން ކުރުމެވެ. މީގެ އިތުރުން ފިތުގެ ކެންސަރު ޖެހިފައިވާނަމަ ވެސް އޮޕަރޭޝަން ކޮށްގެން ފިތް ނަގަން ޖެހެއެވެ. މިފަހަކަށް އައިސް ފެޅުމަކާއި ނުލައި އެންޑޮސްކަޕީ ގެ އެހީގައި ތޮރުފައިގެން ވެސް ފިތް ނެގުމުގެ އޮޕަރޭޝަން ކުރެއެވެ. ގިނަ ފަހަރު މިއޮޕަރޭޝަން ކުރަނީ ފިތުގައި އުފެދިފައިވާ ހިލަ ބޭހުން ވިރުވާ ނުލެވިއްޖެ ނަމައެވެ.