މޮލިބްޑިނަމް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

މޮލިބްޑިނަމް(އިނގިރޭސި ބަހުން: Molybdenum) އަކީ ހަށިގަނޑަށް ބޭނުންވާ ޓްރޭސް އެލިމެންޓް އެކެވެ. އެވްރެޖް ބޮޑުމީހެއްގެ ހަށިގަނޑުގައި 9 މިލިގްރާމްގެ މޮލިބްޑިނަމް ހުރެއެވެ. މިމިންވަރު އެކުލެވިގެންވަނީ މޭގަނޑު ގައްޔާއި، ގުރުދާ ގައި، ކަށިތަކުގައި، އަދި ހަންގަނޑު ގައެވެ. މޮލިބްޑިނަމް ހަށިގަނޑަށް ބޭނުންވަނީ ޔޫރިކް އެސިޑް އުފައްދާ އެންޒައިމްތަކަށް އެހީވުމަށާއި، ޕްރޮޓީން ބޭނުންކުރެވޭގޮތް ހެދުމަށް، ނައިޓްރޯޖަން އެންދުމަށް ފަހު އޭގެ އަޅިތައް ހަށިގަނޑުން ނެރުމަށެވެ. މޮލިބްޑިނަމް އަކީ ކަނޑައެޅިފައިވާ ވަކި ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ދުވަހެއްގެ ކާބޯތަކެތީގައި 75 އާއި 250 މައިކްރޯގްރާމްގެ މޮލިބްޑިނަމް ހިމެނޭ ނަމަ، ފުދޭނެ ކަމަށް ވެއެވެ. ކާބޯތަކެތީގައި ހުންނަ މޮލިބްޑިނަމް ގެ 88 އިން 93 އިންސައްތަ ހަށިގަނޑަށް ނެގޭކަމަށް ވެއެވެ. މޮލިބްޑިނަމް ލިބޭ ކާނާގެ ތެރޭގައި ކިރު، މޭގަނޑު، ތޮޅި، އަދި ޕާން ހިމެނެއެވެ. މިމާއްދާއިން ވިހަވާވަރެއް ކަމަށްބަލަނީ 10 މިލިގްރާމް އާއި، 15 މިލިގްރާމް އާއި ދޭތެރޭގައި ދުވަހެއްގެ މައްޗަށް ބޭނުން ކުރެވިގެންނެވެ.


ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003