މޫސާގެފާނު

ވިކިޕީޑިއާ އިން

މޫސާގެފާނަކީ ﷲ ގެ ރަސޫލެކެވެ. ކީރިތި ޤުރުއާނުގައި އެންމެ ގިނަ ވާހަކަތައް ވާރިދުވެފައިވާ، އަދި އެންމެ ގިނަ ފަހަރު ނަންފުޅު ޒިކުރުވެވިފައިވާ ރަސޫލުބޭކަލަކީ، މޫސާޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ، މިޞްރުގެ ބިމަށެވެ. އޭރު މިޞްރުގައި ރަސްކަންކުރަމުން ދިޔަ ފިރްޢައުނަކީ އަމިއްލައަށް ކަލަކުކަމަށް ދަޢުވާކޮށް، އަނިޔާވެރި ވެރިކަމެއް ހިންގަމުންދިޔަ ނުބައިނުލަފާ ޚުދުމުޚްތާރު މީހެކެވެ.


Part of a series on

Islam

Beliefs

Allah · Oneness of God
މުޙައްމަދުގެފާނު · Other prophets

Practices

Profession of faith · Prayer
Fasting · Charity · Pilgrimage

Texts and laws

Qur'an · Sunnah · Hadith
Fiqh · Sharia · Kalam · Sufism

History and leadership

Timeline of Muslim history
Ahl al-Bayt · Sahaba
Sunni · Shi'a
Rashidun caliphs · Shi'a imams

Culture and society

Academics · Animals · Art
Calendar · Children
Demographics · Festivals
Mosques · Philosophy
Science · Women
Politics · Dawah

Islam and other religions

Christianity · Judaism
Hinduism · Sikhism · Jainism

See also

Criticism · Islamophobia
Glossary of Islamic terms

Islam portal
 v  d  e 


މިޞްރުގެ ބިމުގައި ދިރިއުޅެމުންދިޔަ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުން ނިކަމެތިކޮށް، ނެތިކޮށްލުމުގެ މަޤްޞަދުގައި، ފިރްޢައުނުނެރުނު އެއްއަމުރަކީ، އެދަރިކޮޅުން އުފަންވާ ހުރިހާ ފިރިހެންކުދީން ޤަތުލުކުޅައުމެވެ. މިފަދަ އަނިޔާވެރި ޒަމާނުގައި ސިއްރިޔާތުގައި މޫސާގެފާނާއިގެން އާލާސްވެ އިންނަވާ، ސިއްރިޔާތުގައިމޫސާގެފާނާއިގެން ރައްކާވުމުގެ މަގު ﷲގެ ހެޔޮ ރަޙްމަތްޕުޅުން މޫސާގެފާނުގެ މައިކަނަބަލުންނަށް ތަނަވަސްކޮށްދެއްވައެވެ. ތުއްޕުޅު މޫސާގެފާނު ދުނިޔޭގެއަލިކަން ދެކެވަޑައިގަތުމަށްފަހު، މައިކަމަނާގެ ހިތްޕުޅުގައިވާ އެންމެބޮޑު ނުތަނަވަސްކަމަކަށްވީ، އަބަދާއަބަދު ތަންތަން ބަލާ ފާރަލަމުންދާ ފިރްޢައުނުގެ ސިފައިންނަށް ފެނި، އެދަރިކަލުން ޤަތުލުކޮށްފާނެތީއެވެ. މި ބިރުވެރިކަން އޭގެ އިންތިހާއަށް ދިޔަހިނދު، މޫސާގެފާނު ފޮށްޓެއްގެތެރެއަށްލައްވާ ނީލަކޯރަށް ދޫކޮށްލެއްވުމަށް މައިކަމަނާއަށް ﷲ އިލްހާމުކުރައްވައެވެ.


ފަހެ، މޫސާގެފާނުގެ މައިކަމަނާ މިގޮތުގެމަތީން ކަންތައްކުރެއްވިއެވެ. ކޯރުގެތެރޭ، ތުއްޕުޅު މޫސާގެފާނާއިއެކު އޮޔާ ދެމެމުންދިޔަ ފޮށި ހޮވައިގެން ފިރްޢައުނާއި ހަމަޔަށް ގެންދެވުނުހިނދު، ފޮށީތެރޭގައިވާ ކުޑަކުއްޖާ، ދަރިއެއްގެގޮތުގައި ބޮޑުކުރުމުގެ ކުލުނު ފިރްޢައްނުގެ އަނބިކަމަނާ އާސިޔަތުގެ ހިތްޕުޅުގައި އުފެދުނެވެ.


މިގޮތުގައި މޫސާގެފާނު ބޮޑުފުޅުވެ، ފުރާފުޅު ފުރިހަމަވެގެން އައިއިރު، އެކަލޭގެފާނަކީ ބާރުގަދަ ބޭކަލެއްކަމުގައިވިއެވެ. ޒުވާން ޢުމުރުފުޅުގައި، އެއްދުވަހު ބަނީއިސްރާއީލުގެ ދަރިކޮޅު މީހަކާއި ޤިބްޠީ ދަރިކޮޅުގެ މީހަކު ތަޅާފޮޅަމުންދިޔަ މަންޒަރު ފެނިވަޑައިގަތެވެ. މޫސާގެފާނުގެ ދަރިކޮޅުމީހާ އޭނާއަށް މަދަދުދިނުމަށް އެދި ގޮވާލުމުން މޫސާގެފާނުގެ ލޭފޮދު ހޫނުވެ، ޤިބްޠީމީހާ ބަލިކުރުމަށް ކުރިމަތިލެއްވިއެވެ. މިވާދައިގެ ތެރޭގައި އިޚްތިޔާރަކާނުލައި ޖެއްސެވުނު ބާރުގަދަ އެތިފަހަރެއްގެ ސަބަބުން، ޤިބްޠީމީހާ ޤަތުލުވިއެވެ.


އިސާހިތަކު މިކަމުގެ ޚަބަރު ރަށުތެރޭ ހިނގައިފިއެވެ. ފިރްޢައުނުގެ ފަޅީގެ މީހާ ޤަތުލުކުރިކަމުގެ އަދަބެއްގެގޮތުގައި މޫސާގެފާނު ޤަތުލުކުޅައުމަށް ފިރްޢައުނުގެ ދަރުބާރުން އަމުރުނުކުތުމާއިއެކު، މޫސާގެފާނު ހޯދުމުގެ މަސައްކަތް ފިރްޢައުނުގެ ސިފައިން ފަށައިގެންފިއެވެ. މިކަން އެނގިވަޑައިގަތުމުން، ނުހަނު އެކަނިވެރިކަމާއި ނިކަމެތިކަމާއިއެކު، މިޞްރުގެބިމުން މޫސާގެފާނު ފައިބާވަޑައިގެންނެވިއެވެ. އަދި ދުރުރާސްތާއަކަށް ދަތުރުކުރެއްވުމަށްފަހު، މަދްޔަނަށް ފައިބާވަޑައިގަތެވެ.


މަދްޔަނަކީ، އޭގެ ދުވަސްތަކެއްކުރީން، ޝުޢައިބުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނު ސަހަރެވެ. މިނެކިރުމުގައި މަކަރުހަދައި، ޝިރުކުކޮށް އުޅުނު ކާފަރުން، ހަލާކުވެދިއުމަށްފަހު، އެ ސަހަރުގައި އޭރުވަނީ ހެޔޮލަފާ ބަޔަކު އާލާވެ، ދިރިއުޅެން ފަށާފައެވެ. މަދްޔަނުގެ ރަށްބޭރުގައި ބަކަރި ހުއިހައްޕާ، އެސޮރުމެންނަށް ފެންދޭން އެކަނިމާއެކަނި އުޅޭތީ ފެނިވަޑައިގަތް ދެއަންހެންކުއްޖަކަށް މޫސާގެފާނު އެހީތެރިވެވަޑައިގަތެވެ. އެދެކުދީންގެ މަސައްކަތުގައި އެހީތެރިވެވަޑައިގަތުމަށްފަހު، އެކަނިމާއެކަނި ބީރަށްޓެހިކަމާއިއެކު ރަށްބޭރުގައި އިންނަވަނިކޮށް، އަނެއްކާވެސް އެއިން ކުއްޖަކު މޫސާގެފާނުގެ އަރިހަށްއައެވެ. އަދި އެކުދީންގެ ބައްޕާގެފަރާތުން ދަޢުވަތުދީ، މެހްމާންދާރީ ހުށަހެޅިއެވެ. މި މެހްމާންދާރީގެ ސަބަބުން މޫސާގެފާނަށް މަދްޔަނުގައި ހުންނެވުމަށާއި، ދިރިއުޅުމަށް މަސައްކަތްޕުޅެއް ކުރެއްވުމަށް މަގުފަހިވިއެވެ. އެ އެގޭގެ ދެ އަންހެންހެންކުދީންކުރެ ކުއްޖަކާ ކައިވެނިބައްލަވައިގަނެ، އެކައިވެނީގެ ޝަރްޠެއްގެގޮތުގައި، 10 އަހަރު ބަކަރިހުއިހެއްޕެވުމުގެ މަސައްކަތްކުރައްވާ، އޭގެފަހަށްވެސް އިތުރު 10 އަހަރު އެކަމުގައި ހޭދަކުރެއްވިއެވެ. ދިރއުޅުމެއް ފަށްޓަވައިގެން، މި ހޭދަކުރެއްވި 20 އަހަރަށްފަހު، އެކަލޭގެފާނުގެ އަހުލުވެރީންނާއިއެކު، މިޞްރުގެ ބިމަށް ސިއްރިޔާތުގައި ޒިޔާރަތެއްކުރެއްވުމަށް ޤަޞްދުކުރައްވާ ދަތުރަށް ފެށްޓެވިއެވެ.


މަދްޔަނުގައި، ދިރިއުޅުމެއްފަށްޓަވައިގެން 20 އަހަރުދުވަސް ހޭދަކުރެއްވުމަށްފަހު، އަމިއްލަފުޅުވަޒަނާއި ޢާއިލާއަށް ޒިޔާރަތްކުރެއްވުމުގެ ނިޔަތުގައި، ސިއްރިޔާތުގައި މިޞްރަށް މޫސާޢަލައިހިއްސަލާމް ފެށްޓެވި ދަތުރުފުޅުގެމަތީގައި، މާތްﷲ އެކަލޭގެފާނަށް ބަސްވަޙީކުރެއްވިއެވެ. އެކަލާނގެ ރަސޫލަކުކަމުގައި މޫސާ އިޚްތިޔާރުކުރައްވާ، ފިރްޢައުނުގެ ދަރުބާރަށް ވަޑައިގެން، ﷲގެ ރިސާލަތު އިއްވެވުމަށް އަމުރުފުޅުކުރެއްވިއެވެ. އެހިނދު މޫސާގެފާނުގެ ހިތްޕުޅަށް ފިރްޢައުނުގެ އަނިޔާވެރިކަމާއި ނުބައިނުލަފާކަން ތަޞައްވުރުކުރެއްވުނެވެ. މޫސާގެފާނަށް، ޢާލަމްތަކުގެވެރި ﷲގެ ޙަޟްރަތުން ވަޙީ ބަސްފުޅުއައީ ބިރުފުޅުގެންވަޑައިނުގަތުމަށެވެ. ފިރްޢައުނުގެ ކުރިމަތީ ޤާއިމްކުރައްވާނެ ޙުއްޖަތެއްގެގޮތުގައި އަދި އިލާހީ މުޢުޖިޒާތެއްގެގޮތުގައި، މޫސާގެފާނުގެ ޢަޞާކޮޅު އެއްލެވުމުން ހަރުފައަކަށް ބަދަލުވެގެންދާނޭގޮތް ﷲ މިންވަރުކުރެއްވިއެވެ. އެކަލޭގެފާނުގެ އަތްޕުޅު ޖީބަށްލެއްވެވުމަށްފަހު ނަންގަވާއިރު، އަލިކަންގަދަ ބެބުޅުމެއް އަތްޕުޅުން ފާޅުވާނޭގޮތް މެދުވެރިކުރެއްވިއެވެ. އަދި ފިރްޢައުނުގެ ދަރުބާރުގައި ވަކާލާތުކުރައްވާއިރު، މޫސާގެފާނުގެ އެހީތެރިއެއްގެގޮތުގައި ހާރޫންގެފާނު އިޚްތިޔާރުކޮށްދެއްވިއެވެ.


ދެންފަހެ، މިޞްރަށް އަރާވަޑައިގެން، ފިރްޢައުނުގެ ދަރުބާރަށް ވަޑައިގެން، އޭނާގެކުރިމަތީ، ﷲގެ ރިސާލަތު މޫސާގެފާނު އިއްވަވައިފިއެވެ. އެކަމުގެ ޖަވާބުގައި ފިރްޢައުނު ދެއްކި ވާހަކަތަކުގައި އޭނާގެ ގަނޑުވަރުގައި ތުއްޕުޅުއިރު މޫސާގެފާނު އުޅުއްވީއްސުރެ، ޤިބްޠީމީހާ ޤަތުލުކުރައްވާ ރަށުން ފައިބާވަޑައިގެންނެވި ހިސާބަށް ކަންހިނގާދިޔަގޮތުގެ ހަނދާން އައުކުރިއެވެ. އަދި އިލާހަކީ ފިރްޢައުނުކަމުގައި އަމިއްލައަށް ބުނެ ބޮޑާވެގަތެވެ. މޫސާގެފާނުގެ އަސާކޮޅު ހަރުފައަކަށް ބަދަލުވުމާ، އަތްޕުޅުން އަލިކަންގަދަ ބެބުޅުމެއް ފާޅުކުރެއްވުމަކީ ސިޙްރެއްކަމުގައިދެކި، އެކަން ސާބިތުކޮށްދިނުމަށްޓަކައި ފިރްޢައުނުގެ ބާރުހިނގާ ސަރަޙައްދުތަކުގައިތިބި އެންމެހާ ވަރުގަދަ ސިޙްރުވެރީން އޭނާ އެއްކުރިއެވެ. މީސްތަކުންގެކުރިމަތީ، ސިޙުރުވެރީންނާ މޫސާގެފާނުގެ ކުރިމަތިލުން އިންތިޒާމުކުރެއެވެ.


މީސްތަކުންގެ ލޯމައްޗަށް ފެނުނީ، މޫސާގެފާނު ގެންނެވި އިލާހީ މުޢުޖިޒާތުގެކުރިމަތީ ސިޙުރުވެރީންގެ މަންތަރުތައް ބާޠިލްވެ އުވި ދިޔަތަނެވެ. އެހިނދު ﷲއަށް އީމާންވެ ސިޙުރުވެރީން ސަޖިދަކޮށްފޫއެވެ. މިކަމާ އަރައިގަތް ރުޅީގައި ހުރިހާ ސިޙްރުވެރީން ޤަތުލުކޮށްފިއެވެ. މޫސާގެފާނަށް ތަބަޢަވެ އީމާންވާމީހުންނަށް ދުއްތުރާކުރަން ފިރްޢައުނު ފަށައިގެންފިއެވެ. ފިރްޢައުނުގެ ވަޒީރު ހާމާނުގެ ނުބައި ރޭވުންތަކާއި، ޤާރޫންއަށް ލިބިފައިވާ އިންތިހާދަރަޖައިގެ ތަނަވަސްކަމުގެ ބޭނުން ހިފައިގެން، މޫސާގެފާނާ، އެކަލޭގެފާނަށް ތަބާވެތިބި އެންމެން ނިކަމެތިކޮށްލުމުގެ ޙަމަލަތައް ކެނޑިނޭޅިދޭން ފަށައިފިއެވެ. އަދި އުސްބިނާއެއްކޮށް، މޫސާގެފާނުގެ ކަލާނގެއާއި ފިރްޢައުނު ޙަމަލާދެނީކަމުގައިވެސް ދައްކައިފިއެވެ.


ހައްދު ފަހަނައަޅާފައިވާ މި ނުބައި ޢަމަލުތައް ހުއްޓާލާ، ހެޔޮމަގަށް ރުޖޫޢަވޭތޯ، އެތައް މުޢުޖިޒާތެއް މާތްﷲ ފިރްޢައުނަށް ދެއްކެވިއެވެ. އޭގެތެރޭގައި މުދާތަކާއެކު ޤާރޫން ގަންބަވައިގަތުމާ، އެކިޒާތުގެ ތޫފާންތަކާ، ތަދުމަޑުކަމާ، ސާފުބޯފެން ލެޔަށް ބަދަލުކުރެއްވުމާ، ގޮށްފުޅަނތްގާއި ބޮކުގެ ބައިގަނޑުތައް ފޮނުއްވައި ފިރްޢައުނު ނިކަމެތިކުރެއްވުން ހިމެނެއެވެ. މިއިން އެއްވެސްކަމަކުން ޢިބްރަތްލިބިނުގަނެ، ފިރްޢައުނަކީ ކަލާނގެކަމުގައި ދެއްކިގެން، މޫސާގެފާނު ޤަތުލުކުޅައުމަށް އޭނާގެ ސިފައިންނާއިއެކު ނުކުތުމުގެ ނަތީޖާއަކަށްވީ، ފިރްޢައުނު ޣަރަޤުވެ ނެތިދިއުމެވެ. އަދި އޭނާގެ މަސްގަނޑު މީސްތަކުންނަށް ޢިބްރަތެއްގެގޮތުގައި އަދި އަދަށްވެސް ދެމެހެއްޓެވުމެވެ. މޫސާގެފާނުގެ ޙަޔާތްޕުޅާއި ގުޅިފައިވާ ޢިބްރަތްތެރި އެތައް ވާހަކަތަކެއް މިނޫނަކަސް ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވެއެވެ.

އޭގެތެރޭގައި ބަނީއިސްރާއީލުންގެ ނުކިޔަމަންތެރިކަމުގެސަބަބުން، ﷲފާޅުކުރެއްވި ބޮޑެތި މުޢުޖިޒާތްތަކާ، ﷲގެ ދީދާރުފުޅު ހަމަލޮލުން ދެކެވަޑައިގަތުމަށް މޫސާގެފާނު އެދިވަޑައިގަތްހިނދު ކަންވެގެންދިޔަގޮތް، އަދި ޚިޟްރުގެފާނާއި މޫސާގެފާނު ބައްދަލުވެވަޑައިގެން ހިނގައިދިޔަ ޢިބްރަތްތެރި ޙާދިސާތަކާއި އިލާހީ ދަރުސްތައް ހިމެނެއެވެ.



[އުނިއިތުރު ގެންނަވާ] އަދި އިތުރަށް ބައްލަވާލައްވާ

[އުނިއިތުރު ގެންނަވާ] ރިފަރެންސް

[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް

Personal tools