މުޙައްމަދު ޒާހިރު ޙުސައިން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތައުލީމީ ދައުރު[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު ޒާހިރު ޙުސައިން އަކީ ދިވެހި ސަރުކާރުގައި ވަރަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މިޞްރުގެ ޖާމިޢަތުލް އަޒްހަރު އިންނެވެ. ޕީއެޗްޑީ ނުވަތަ ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ ޔުނިވަރސިޓީ ކެބަންގްސާ މެލޭޝިޔާގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001 ވަނަ އަހަރުއެވެ.

1979 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ނެރެމުން އަންނަ ދުވަހު ނޫސް ހަވީރު ނޫހުގެ މަސްއޫލް ވެރިޔަކީ ވެސް ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. ޑރ މުޙައްމަދު ޒާހިރު ޙުސައިން އަކީ ތަފާތު މައުޟޫތަކަށް ތަފާތު މަޖައްލާތަކަށް ލިޔެހައްދަވާ ބޭފުޅެކެވެ.

1989 ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ޑރ މުޙައްމަދު ޒާހިރު ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 1990 ވަނަ އަހަރު މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ.

އަދާކުރައްވާފައިވާ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • ކޮލެޖްގެ ރައީސް
  • މިނިސްޓަރ އޮފް އެޑިޔުކޭޝަން
  • މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު ޒާހިރު ޙުސައިން ގެ އަނބިކަނބަލުންނަކީ ނާއިލާ އިބްރާހީމް ދީދީ އެވެ. ޒާހިރު ޙުސައިންގެ ދަރިންގެ ތެރެއިން ލުބުނާ ޒާހިރު ޙުސައިން އަކީ ގާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާއިގެން ހުންނެވި ބޭކަނބަލެކެވެ. އަދި މިވަގުތު ދިވެހި ރައްޔިތުން ޕާޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސާ އަކީ ވެސް ލުބުނާ ޒާހިރު ހުސައިން އެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]