މުޙައްމަދު މުނައްވަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޑރ. މުޙައްމަދު މުނައްވަރަކީ 10 އަހަރު ދުވަސްވަންދެން ދިވެހި ދައުލަތުގެ ބަންޑާރަ ނާއިބު ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ޑރ. މުޙައްމަދު މުނައްވަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑުއަތޮޅު މީދޫ ގައެވެ.

Munavvar2.jpg

ނަސަބު[އުނިއިތުރު ގެންނަވާ]

ޑރ. މުޙައްމަދު މުނައްވަރަކީ، އާއިލީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ކުރީން ރަސްކަން ކުރެއްވި މަޝްހޫރު އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅާ ގުޅިފައިވާ ބޭފުޅެކެވެ. އެއީ، އިސްދޫ ދަރިކޮޅުގެ ސުލްޠާން ޢަލީ 7 ގެ ދަރިކަލުން ސުލްޠާން ޙަސަން 10 ގެ ދަރިކަލުން އިބްރާހީމް މަނިކުފާނުގެ ޙުސައިން މަނިކުފާނުގެ މުޙައްމަދު މަނިކުފާނު (މީދޫރަހާ)ގެ އިބްރާހީމް މަނިކުފާނުގެ ދޮންދީދީގެ މަރްޔަމްދީދީގެ ތުއްތުދޮންދީދީގެ އިބްރާހީމް ޙަލީމްގެ ދަރިކަލުން ޑރ. މުޙައްމަދު މުނައްވަރެވެ. ދިޔަމިގިލީ ދަރިކޮޅުގެ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ގެ ދަރިކަނބަލުން އައްނަބީލާ ޢާއިޝަތުދީދީ ގެ ދަރިކަލުން އައްނާއިބު ޙަސަންދީދީ (މީދޫ ގަނޑުވަރު ޙަސަންދީދީ) ގެ ދަރިކަލުން ކަޅިހާރު އަޙުމަދުދީދީގެ ދަރިކަލުން ހަސަންކާރު ޢަލީދީދީގެ ދަރިކަލުން އިބްރާހީމް ޙަލީމްގެ ދަރިކަލުން ޑރ. މުޙައްމަދު މުނައްވަރެވެ. މައިކަނބަލަކީ އައްސުލްޠަނު މުހައްމަދު ޣިޔާޘއްދީނުގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ އަލްއަމީރާ ޢާއިޝަތުދީދީ އާއި ގަނޑުވަރު އަލްޚަޠީބު މުހައްމަދު ތަކުރުފާނުގެ ދަރިކަލުން އައްނާއިބު ޙަސަންދީދީގެ ދަރިކަލުންއަލްޚަޠީބު ޢަބްދުﷲ ދީދީ އާއި ޚަދީޖާ ބިންތިލްޤާޟީ އިބްރާހިމް މަޖްދުއްދީނުގެ ދަރިކަލުން ހުސައިން ދީދީ، އެޅެގޭ އައްނާއިބުއަލްޚަޠީބު އިބްރާހިމްދީދީގެ އައްނާއިބު އަލްޚަޠީބު ޢަބްދުﷲ ދީދީ ގެ ދަރިކަނބަލުން މަރިޔަމްދީދީއާއި ކާވެނިބައްލަވައިގެން ލިބިވަޑަގަތް ދަރިކަނބަލުން ފާޠިމަތު ޒާހިރާއެވެ. ފާޠިމަތު ޒާހިރާގެ މަންމާފުޅުމަރިޔަމްދީދީ ގެ މައިކަނބަލަކީ ކަޅިހާރު އަހްމަދުދީދީއާއި އިބްރާހިމް މަޖްދުއްދީނުގެ ހައްވާދޮންމަނިކެގެ ދަރިކަނބަލުން ހަސަންކާރު އާމިނަތުދީދީއެވެ.

ޙަޔާތުގެ ކުރީކޮޅު[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު މުނައްވަރު އުފަންވެ ވަޑައިގަތީ 2 ޑިސެމްބަރު 1961 ގައި ސ.އަތޮޅު މީދޫ ގައެވެ. ޑރ މުޙައްމަދު މުނައްވަރު ގެ ޙަޔާތުގެ ކުރީކޮޅު ހޭދަކޮށްފައިވަނީ އުފަންރަށް ސ.މީދޫގައެވެ. ތަޢުލީމު ޙާޞިލް ކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަދަލުވީ 1971 ވަނަ އަހަރު އެވެ. ޑރ މުޙައްމަދު މުނައްވަރު ގެ ފުރަތަމަ ކައިވެނިން ދެ އަންހެންކުދިން ލިބިވަޑައިގެންފައި ވެއެވެ. މިހާރު އުޅެނީ ދެވަނަ ކައިވެންޏެއް ކުރައްވައިގެންނެވެ.


ތަޢުލީމީ ދައުރު[އުނިއިތުރު ގެންނަވާ]

ސާނަވީ ތަޢުލީމު ޑރ މުޙައްމަދު މުނައްވަރު ޙާޞިލްކުރެއްވީ މަޖީދިއްޔާ ސުކޫލުންނެވެ. ޑރ މުޙައްމަދު މުނައްވަރު ޙާޞިލްކުރައްވާފައިވާ ސެޓްފިކެޓްތަކާއި ޝަރަފްތައް ތިރީގައި މިވަނީ އެވެ.

  • ޑޮކްޓަރ އިން ސައިންސް އޮފް ލޯ- 1993 - ފުރިހަމަކުރެއްވީ ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީގައި.
  • މާސްޓަރ އޮފް ލޯ- 1989 - ފުރިހަމަކުރެއްވީ ކެނެޑާގެ ޑަލްހައުސީ ޔުނިވަސިޓީގައި.
  • ލެޖިސްލޭޓިވް ޑްރާފްޓިންގ ކޯރސް- 4 ނޮވެމްބަރު 1985ން 31 ޖެނުއަރީ 1986 އަށް - ފުރިހަމަ ކުރެއްވީ އިންޑިޔާގެ ނިއުދިއްލީ ގައި ހުންނަ ބިއުރޯ އޮފް ޕާލަމެންޓަރީ ސްޓަޑީޒް އެންޑް ޓްރޭނިންގ ގައި.
  • މާސްޓަރ އޮފް ލޯ- ޚާއްޞަވެ ވަޑައިގަތީ އިންޓަރނޭޝަނަލް ލޯއިން - 1985 - ރަޝިޔާގެ މޮސްކޯ ގައި ހުންނަ ޕެޓްރިސް ލަމަމްބާ ޕީޕަލް ފްރެންޑްޝިޕް ޔުނިވަސިޓީގައި.


ސިޔާސީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ޑރ މުޙައްމަދު މުނައްވަރު އުފަން އަތޮޅުގެ މެންބަރުކަން ދިވެހިރާއްޖޭގެ ބަރުލަމާނުގައި ކުރިން ފުރުއްވާފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން 1993ން 2003 އަށް ޑރ މުޙައްމަދު މުނައްވަރު ކުރައްވާފައި ވެއެވެ. ޖޫން 2007 ގައި ޑރ މުޙައްމަދު މުނައްވަރު ވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރައީސް ކަމަށް އެޕާޓީގެ މެންބަރުން ހޮވާފައެވެ. ޑރ މުޙައްމަދު މުނައްވަރު ރައީސްކަމަށް އިސްވުމަށްފަހު އެކުލަވާލި އެޕާޓީގެ ހިޔަނި ކެބިނެޓްގައި 10 މިނިސްޓަރުން ކަނޑައަޅުއްވާފައި ވެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]